Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ

މެސީގެ ކުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މެސީގެ ފެންވަރާ ބެހޭ ގޮތުން ސުވާލު ކުރިޔަސް އޭނާ އަށް ބުނާނެ އެއްޗެއް ނޭނގޭ ކަމަށް. އަދިވެސް މެސީ ގެންދަނީ އޭނާ ހައިރާން ކުރުވަމުން ކަމަށް ވެސް ސްކަލޯނީ ބުނި. އެއާ އެކު ސްކަލޯނީ ބުނީ، މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ބޭނުންވީ މެސީ އަމިއްލަ އަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 05:31
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އަދި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އަދި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނުހިމެނީ، އެހެން ކުޅުންތެރިންނަށް ވަގުތު ދޭން މެސީ ބޭނުންވާތީ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ. 

މެޗުގައި މެސީ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެވެ. އެއަށް ފަހު އާޖެންޓީނާ އަށް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށް، މެސީ ލަނޑު ޖެހި އެވެ. މިއީ މިފަހަރުގެ މުބާރާތުގައި މެސީ ޖެހި ހަ ވަނަ ލަނޑެވެ. އެ ލަނޑާ އެކު މެސީ ވެގެން ގޮސްފައި ވަނީ، ވޯލްޑް ކަޕްގެ ހަތް މެޗުގައި ޖެހި ޖެހިގެން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. 

މެސީގެ ކުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މެސީގެ ފެންވަރާ ބެހޭ ގޮތުން ސުވާލު ކުރިޔަސް އޭނާ އަށް ބުނާނެ އެއްޗެއް ނޭނގޭ ކަމަށެވެ. އަދިވެސް މެސީ ގެންދަނީ އޭނާ ހައިރާން ކުރުވަމުން ކަމަށް ވެސް ސްކަލޯނީ ބުންޏެވެ. އެއާ އެކު ސްކަލޯނީ ބުނީ، މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ބޭނުންވީ މެސީ އަމިއްލަ އަށް ކަމަށެވެ. 

އެގޮތުން މެސީ ބޭނުންވީ އާޖެންޓީނާގެ އެހެން ކުޅުންތެރިންނަށް ކުޅުމުގެ ވަގުތު ދިނުމަށް ކަމަށާއި، މެސީ ބޭނުން ވަނީ ކުރިއަށް އޮތް މެޗަށް ފުރިހަމަ އަށް ތައްޔާރުވާން ކަމަށް ވެސް ސްކަލޯނީ ބުންޏެވެ. ސްކަލޯނީ ބުނީ މެސީ ހުރީ މެޗުގެ 90 މިނެޓު ކުޅެވޭ ޙާލަތުގައި ކަމަށާއި، ނަމަވެސް ފުރަތަމަ 11 ގައި ކުޅެން އަރަން މެސީ ބޭނުން ނުވީ ކަމަށެވެ. އެއާ އެކު ސްކަލޯނީ ބުނީ، މެސީ އަށް ނަންބަރު ތަކާއި، ރެކޯޑު ތަކަކީ އެހާ މުހިންމު އެއްޗެއް ނޫން ކަމަށެވެ. 

މީގެ އިތުރުން ސްކަލޯނީ ބުނީ މެޗުގައި އާޖެންޓީނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މުބާރާތުގެ ކޮންމެ ވަގުތެއްގައި ވެސް އެ ކުޅުންތެރިންނަށް އިތުބާރު ކުރެވޭނެކަން، އެ ކުޅުންތެރިން ސާބިތު ކޮށްދީފައިވާ ކަމަށް ސްކަލޯނީ ބުންޏެވެ. އޭނާ ބުނީ އާޖެންޓީނާގެ ޓީމު އޮތީ ވަރަށް ބޮޑު އިތުބާރެއްގައި ކަމަށާއި، ކުރިއަށް އޮތް ބުރަށް ޓީމު ނިކުންނާނީ އެ އިތުބާރާާ އެކު ކަމަށެވެ. 

ފީފާ ވާރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނެލް މެސީލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

29 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް

29 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!
28 ޖޫން 2026

ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް

28 ޖޫން 2026
ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް
28 ޖޫން 2026

ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ

28 ޖޫން 2026
ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ
28 ޖޫން 2026

ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް

28 ޖޫން 2026
ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް
27 ޖޫން 2026

މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި

27 ޖޫން 2026
މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި
27 ޖޫން 2026

އުރުދުން އާޖެންޓިނާ މެޗުގައި މެސީ ފުރަތަމަ އިންނާނީ ބެންޗުގައި: ކޯޗު

27 ޖޫން 2026
އުރުދުން އާޖެންޓިނާ މެޗުގައި މެސީ ފުރަތަމަ އިންނާނީ ބެންޗުގައި: ކޯޗު
27 ޖޫން 2026

އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ

27 ޖޫން 2026
އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ
27 ޖޫން 2026

ފުރަތަމަ ފަހަރަށް މިޞްރު ދެ ވަނަ ބުރަށް، ނިއުޒިލެންޑު ބަލިކޮށް ބެލްޖިއަމް އަށް ގުރޫޕުގެ އެއް ވަނަ

27 ޖޫން 2026
ފުރަތަމަ ފަހަރަށް މިޞްރު ދެ ވަނަ ބުރަށް، ނިއުޒިލެންޑު ބަލިކޮށް ބެލްޖިއަމް އަށް ގުރޫޕުގެ އެއް ވަނަ
27 ޖޫން 2026

އުރުގުއޭ ބަލިކޮށް ސްޕެއިން އަށް އެއް ވަނަ، ކޭޕް ވާޑް ވެސް ދެ ވަނަ ބުރަށް

27 ޖޫން 2026
އުރުގުއޭ ބަލިކޮށް ސްޕެއިން އަށް އެއް ވަނަ، ކޭޕް ވާޑް ވެސް ދެ ވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު