Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި

ހުރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެމެރިކާއާއި އީރާނުން ގަތަރުގައި ބައްދަލުވުމެއް ބޭއްވުމަށް އުންމީދުކުރާ ކަމަށް ރިޕޯޓުތައް ބުނެފި. އެމެރިކާއިން މި މަޝްވަރާތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ބުނި ނަމަވެސް، އީރާނުން ވަނީ އެއްބަސްވުމުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ބުނެ ބައެއް ބައްދަލުވުންތަކުގައި ބައިވެރިވުމަށް އިންކާރުކޮށްފައި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 05:55
އެމެރިކާ އާއި އީރާނުގެ ދިދަ

އެމެރިކާ އާއި އީރާނުގެ ދިދަ | ރޮއިޓާސް

އެމެރިކާއާއި އީރާނާ ދެމެދު އެއްގައުމުން އަނެއް ގައުމަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ "އެކްސިއޯސް" ނޫހުން އާދިއްތަ ދުވަހު ރިޕޯޓުކޮށްފި އެވެ.

ތެލުގެ ވިޔަފާރީގައި މުހިންމު ސަރަހައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ގަތަރުގެ ވެރިރަށް ދޯހާގައި އަންގާރަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ދެ ފަރާތުން އުންމީދުކުރާ ކަމަށްވެސް އެކްސިއޯސްއިން ބުނެފައިވެ އެވެ.

އެމެރިކާގެ އޮފިޝަލަކު "އަލް އަރަބިއްޔާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ފަންނީ ވާހަކަތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްވަރާތައް ކެންސަލްކޮށްފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ބައްދަލުވުންތައް ބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއާ ހިލާފަށް، އީރާނުގެ ރޫހާނީ ލީޑަރުގެ އޮފީހުގެ އޮފިޝަލެއް ކަމަށްވާ މަހްދީ ފަޒާއީލީ އެގައުމުގެ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާދިއްތަ ދުވަހަށް ތާވަލުކުރި ފަންނީ މަޝްވަރާތަކުގައި އީރާނުން ބައިވެރިވެފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިންމުން ނިންމީ ދާދިފަހުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނާއި، އެމެރިކާއާއެކު ވެފައިވާ ފަހުމުނާމާގެ (އެމް.އޯ.ޔޫ) ޝަރުތުތައް ފުރިހަމަވެފައި ނުވާތީ އެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ފަޒާއީލީ ވިދާޅުވީ، މަޝްވަރާތަކުގައި ބައިވެރިނުވި އެއް ސަބަބަކީ އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމުން އެ ފައިސާއަށް އެގައުމަށް އެކްސެސް ލިބޭތޯ ބެލުން ކަމަށެވެ. އަދި އެ ފައިސާ ބޭނުންކުރުމުގެ ފުރުސަތު ނެތް ނަމަ، އެއީ އެއްބަސްވުމުގެ ޝަރުތުތައް ފުރިހަމަނުވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިގަތަރު

އިތުރަށް ކިޔާލަން

28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
27 ޖޫން 2026

އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް

27 ޖޫން 2026
އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް
27 ޖޫން 2026

އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

27 ޖޫން 2026
އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި
26 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި

26 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި
26 ޖޫން 2026

އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި

26 ޖޫން 2026
އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި
25 ޖޫން 2026

ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި

25 ޖޫން 2026
ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި
25 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ފީ ނެގުމުގެ މައްސަލައިގައި އެމެރިކާ އާ އީރާން ބޮޑު އަރާރުމަކަށް

25 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ފީ ނެގުމުގެ މައްސަލައިގައި އެމެރިކާ އާ އީރާން ބޮޑު އަރާރުމަކަށް
25 ޖޫން 2026

ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ

25 ޖޫން 2026
ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު