Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

އެމެރިކާއިން އީރާނުގެ އައްސޭރިފަށަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ އައި.އާރް.ޖީ.ސީ އިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފިއެވެ. އެމެރިކާއިން އީރާނަށް ހަމަލާތައް ދިނީ މުދާ އުފުލާ އުޅަނދަކަށް ޑްރޯން ހަމަލާދިން އެއް ކަމަށް ބުނެ.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 08:07
ހުރްމުޒް ކަނޑުއޮޅި ކައިރިން މުދާ އުފުލާ ބޯޓުފަހަރުތަކެއް ދަތުރުކުރަނީ.

ހުރްމުޒް ކަނޑުއޮޅި ކައިރިން މުދާ އުފުލާ ބޯޓުފަހަރުތަކެއް ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި އެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އައި.އާރް.ޖީ.ސީ އިން ބުނީ، ބަދަލުހިފުމުގެ ގޮތުން ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ސަރަހައްދުގައި ގާއިމުވެފައިވާ "އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާގެ މަރުކަޒުތަކަށް" ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލުހިފުމުގެ ހަމަލާ ދީފައިވަނީ އެމެރިކާއިން ވެފައިވާ އިގުރާރުތަކާ ޚިލާފުވުމުގެ ސިޔާސަތުގެ ދަށުން، އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެމެރިކާގެ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކާ ގުޅިގެންނެވެ. އެމެރިކާއިން މި ހަމަލާތައް ދީފައިވަނީ ހުރްމުޒް ކަނޑުއޮޅިން ހުއްދަނޫން މަގަކުން އުޅަނދެއް ދަތުރުކުރުން ފަދަ އެކި ބަހަނާތައް ދެއްކުމަށްފަހު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ ކުރިން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

ހުޅަނގު އޭޝިއާ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން ބަލަހައްޓާ ސެންޓްކޮމް އިން ބުނި ގޮތުގައި، އެމެރިކާއިން ހަމަލާ ދިނީ ބުރާސްފަތި ދުވަހު ސިންގަޕޫރުގެ ދިދަ ޖަހާފައިވާ "އެމް.ވީ އެވަރ ލަވްލީ" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދަކަށް ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި މި ހަމަލާ ދީފައިވަނީ އޮމާންގެ އައްސޭރިފަށުން ހުރްމުޒް ކަނޑުއޮޅިން އެ އުޅަނދު ނުކުންނަނިކޮށެވެ.

އަސްކަރީ ނޫން އަމާޒުތަކަށް ހަމަލާދޭ ކަމަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް އީރާނުން އަބަދުވެސް ދޮގުކުރެ އެވެ. އަދި އީރާނުގެ ބޮލުގައި އިލްޒާމް އެޅުވުމަށްޓަކައި "ފޯލްސް ފްލެގް" ނުވަތަ އަމިއްލައަށް ރާވައިގެން ހިންގާ އޮޕަރޭޝަންތަކާ މެދު އީރާނުން ވަނީ އިންޒާރު ދީފަ އެވެ.

އައި.އާރް.ޖީ.ސީ ގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި، އެމެރިކާއިން ދަނީ އެކި ގޮތްގޮތުން އުދުވާނީ އަމަލުތައް ހިންގައި، ދެ ފަރާތުގެ ދެމެދުގައި ފަހުން ސޮއިކުރެވުނު ފަހުމުނާމާއާ ޚިލާފުވާން މަސައްކަތް ކުރަމުންނެވެ.

އިތުރު އުދުވާނީ އަމަލުތައް ނުހިންގުމަށް އިންޒާރު ދެމުން، އައި.އާރް.ޖީ.ސީ ގެ ބަޔާނުގައި ބުނެފައިވަނީ އެމެރިކާގެ އަމަލުތަކަށް މިހާރު ވާނީ އެކަށީގެންވާ ރައްދު ދީފައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް އުސޫލަކާ ޚިލާފުވެއްޖެނަމަ އަމަލުކުރާނީ ހަމަ މިފަދައިން ކަމަށް ބުނެފައިވެ އެވެ.

"މިފަދަ އުދުވާނީ އަމަލެއް ތަކުރާރުކޮށްފިނަމަ، އަހަރެމެންގެ ރައްދު މިހާރަށްވުރެ މާ ވަރުގަދަވާނެ،" ބަޔާނުގައިވެ އެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިން، އޭޕްރިލް 7 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމެއް އިއުލާން ކުރައްވާފަ އެވެ. އެއީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި އުދުވާނީ އަމަލުތަކަށް ފަހުގަ އެވެ.

އެ އިއުލާނަށްފަހުވެސް އެމެރިކާއިން ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާއިރު، ކޮންމެ ފަހަރަކުވެސް އީރާނުން ދަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.

އީރާން-އެމެރިކާއައިއާރުޖީސީހުރްމުޒް ކަނޑުއޮޅިސެންޓްރަލް ކޮމާންޑް

އިތުރަށް ކިޔާލަން

27 ޖޫން 2026

އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި

27 ޖޫން 2026
އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި
26 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި

26 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި
26 ޖޫން 2026

ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި

26 ޖޫން 2026
ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި
26 ޖޫން 2026

އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި

26 ޖޫން 2026
އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި

25 ޖޫން 2026
ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި
25 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ފީ ނެގުމުގެ މައްސަލައިގައި އެމެރިކާ އާ އީރާން ބޮޑު އަރާރުމަކަށް

25 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ފީ ނެގުމުގެ މައްސަލައިގައި އެމެރިކާ އާ އީރާން ބޮޑު އަރާރުމަކަށް
25 ޖޫން 2026

ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ

25 ޖޫން 2026
ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ
25 ޖޫން 2026

ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް

25 ޖޫން 2026
ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް
25 ޖޫން 2026

އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ

25 ޖޫން 2026
އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު