Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޣައްޒާގަ ފަހާ ހެދުން

ޣައްޒާގެ ފަހާ މީހަކު ބޭކާރުވެފައިވާ ފޮތިކޮޅުތައް ބޭނުންކޮށްގެން އަންހެން ކުދިންނަށް ހެދުން ފަހައިދެނީ

ޣައްޒާގެ ބާޒާރުތަކުން އަންނައުނު ހުސްވެ އަގުތައް އުފުލިފައިވާއިރު، އާމިރު އަލް ރަންތީސީ ދަނީ އުކާލާ ފޮތިކޮޅުތައް ބޭނުންކޮށްގެން ކުޑަކުދިންނަށް ހެދުން ފަހައިދެމުން. މި ހެދުންތައް އޭނާ ހިލޭ ނުވަތަ ވަރަށް ހެޔޮ އަގުގައި ފޯރުކޮށްދެނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމުގެ މަގުސަދުގަ. މިއީ ބިރުވެރިކަމުގެ ތެރޭގައި އުޅޭ ކުދިންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދީ، އެކުދިންނަށް އުންމީދެއް ހޯދައިދިނުމަށް އޭނާ ކުރާ އިންސާނީ މަސައްކަތެއް.

ޖިނާ
ޖިނާ | 30 ޖޫން 2026 | އަންގާރަ 14:05
ޣައްޒާގެ ޚާން ޔޫނިސްގައި، އުމުރުން 24 އަހަރުގެ އާމިރު އަލް ރަންތީސީ ދަނީ އުކާލާފައިވާ ފޮތިތަކާއި ހަލާކުވެފައިވާ ހެދުންތައް ބޭނުންކޮށްގެން  ހެދުންތަކެއް ފަރުމާކުރަމުން

ޣައްޒާގެ ޚާން ޔޫނިސްގައި، އުމުރުން 24 އަހަރުގެ އާމިރު އަލް ރަންތީސީ ދަނީ އުކާލާފައިވާ ފޮތިތަކާއި ހަލާކުވެފައިވާ ހެދުންތައް ބޭނުންކޮށްގެން ހެދުންތަކެއް ފަރުމާކުރަމުން | އޭއެފްޕީ

ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް-ބަލާހްގައި ދިރިއުޅޭ އާމިރު އަލް ރަންތީސީ ނަމަކަށް ކިޔާ މި ފަހާ މީހާ ބުނި ގޮތުގައި، އޭނާ މި މަސައްކަތް ފެށީ ހަނގުރާމައިގެ ސަބަބުން އާ ހެދުން ގަންނާނެ ތަނެއް ނެތުމުންނާއި، އާންމުންގެ އަތްމަތި ދަތިވެފައިވާތީ ކުޑަކުދިންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނުމުގެ މަގުސަދުގަ އެވެ.

Your browser does not support the video tag.

"އަޅުގަނޑު ފޮތި ހޯދުމަށްޓަކައި ގައްޒާ ސިޓީއަށް ދާއިރު، ފޮތި މި ހޯދަނީ އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ތަންތަނުން. އެގޮތުން އެތަންތަނުން ލިބެން ހުރި ބާ ފޮތިތައް އަޅުގަނޑު ނަގާއިރު، އޭގެ ތެރޭގައި ގޮވާތަކެތީގެ އެތިކޮޅުތައް އަރައި ހަލާކުވެފައިވާ ފޮތިތަކާއި އަދި އަލިފާނުގެ ސަބަބުން އަނދާފައިވާ ފޮތިތައް ވެސް ހިމެނެ" އާމިރު އަލް ރަންތީސީ ބުންޏެވެ

އުމުރުން 24 އަހަރުގެ އާމިރު އަލް ރަންތީސީ ބޭނުންކުރަނީ ފަހާ ތަންތަނުން އުކާލާފައި ހުންނަ ކުދި ފޮތިކޮޅުތަކާއި، ބާވެފައިވާ ހެދުންތަކުން ނަގާ ފޮތިތަކެވެ. އޭނާ ބުނި ގޮތުގައި އެކި ކުލަކުލައިގެ ފޮތިކޮޅުތައް ގުޅުވައިގެން ފަހާ މި ހެދުންތަކަކީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި އުޅޭ ކުދިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގައި، ފަލަސްތީނުގެ އަންހެނުންތަކެއް ހެދުން ގަތުމަށް ބާޒާރު ކުރަނީ

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގައި، ފަލަސްތީނުގެ އަންހެނުންތަކެއް ހެދުން ގަތުމަށް ބާޒާރު ކުރަނީ | އޭއެފްޕީ

ޣައްޒާގެ ބާޒާރުތަކުން އަންނައުނު ހުސްވެ، ލިބެން ހުރި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ޙަމްދާން ފަހާ މި ހެދުންތައް އޭނާ ބަހަނީ ހިލޭ ނުވަތަ ވަރަށް ކުޑަ އަގަކަށެވެ. މީގެ ސަބަބުން ވަގުތީ ފޭލިގެތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބިގެންދެ އެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގައި، ފަލަސްތީނުގެ ފަހާ މީހަކު ފަހާ ފޮށްޓެއްގެ ކައިރީގައި އިށީނދެގެން އިނދެ ހެދުމެއް ފަހާ ފުރިހަމަކުރަނީ

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގައި، ފަލަސްތީނުގެ ފަހާ މީހަކު ފަހާ ފޮށްޓެއްގެ ކައިރީގައި އިށީނދެގެން އިނދެ ހެދުމެއް ފަހާ ފުރިހަމަކުރަނީ | އޭއެފްޕީ

މި މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަމުން ޙަމްދާން ބުނީ، ކޮންމެ ހެދުމަކީވެސް އުންމީދުގެ ރަމްޒެއް ކަމަށާއި، ހަނގުރާމައިގެ ސަބަބުން ކުޑަކުދިންގެ ކިބައިން ފޭރިގެންފައިވާ އުފާވެރިކަން ކޮންމެވެސް މިންވަރަކަށް އަނބުރާ ހޯދައިދިނުމަކީ އޭނާގެ އެންމެ ބޮޑު އުންމީދު ކަމަށެވެ.

ޣައްޒާއާމިރު އަލް ރަންތީސީ

އިތުރަށް ކިޔާލަން

29 ޖޫން 2026

ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ

29 ޖޫން 2026
ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ
31 ޑިސެމްބަރު 2025

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

31 ޑިސެމްބަރު 2025
ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި
28 ޑިސެމްބަރު 2025

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025
ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި
27 ޑިސެމްބަރު 2025

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް
25 ޑިސެމްބަރު 2025

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި
25 ޑިސެމްބަރު 2025

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން
21 ޑިސެމްބަރު 2025

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް
20 ޑިސެމްބަރު 2025

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު