Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިޒްރޭލް-ފަލަސްތީން

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

އިޒްރޭލުން ބުނީ ހުއްދަ ބާތިލު ކުރަނީ މި ޖަމިއްޔާތަކުން އެމީހުންގެ މުވައްޒަފުންގެ "ފުރިހަމަ" މައުލޫމާތު ދީފައި ނުވާތީ ކަމަށް. ނަމަވެސް، މި މައުލޫމާތު ހާމަ ކުރުމަކީ އެމީހުންނަށް ނުރައްކަލެއް ވެދާނެ ކަމެއް ކަމަށް އެ ޖަމްއިއްޔާ ތަކުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 16:49
އިޒްރޭލުން ބުނީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާ ތަކުގެ ލައިސަންސް ބާތިލު ކުރަން ނިންމީ މުވައްޒަފުންގެ "ފުރިހަމަ" ޒާތީ މައުލޫމާތު ނުދިނުމުން ކަމަށް

އިޒްރޭލުން ބުނީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާ ތަކުގެ ލައިސަންސް ބާތިލު ކުރަން ނިންމީ މުވައްޒަފުންގެ "ފުރިހަމަ" ޒާތީ މައުލޫމާތު ނުދިނުމުން ކަމަށް

ޣައްޒާ އަދި ހުޅަނގު އައްސޭރީ ގައި އެހީގެ މަސައްކަތްކުރާ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ (އައި.އެން.ޖީ.އޯ) ގެ ލައިސަންސް ބާތިލުކުރަން އިޒްރޭލުން ނިންމައިފި އެވެ. އެއީ ޖަމްއިއްޔާ ތައް ރަޖިސްޓްރީ ކުރުމުގެ އައު އުސޫލުތަކަށް ފުރިހަމަ އަށް އަމަލު ނުކުރުމުގެ ސަބަބުން ކަމަށް އިޒްރޭލުން ބުނެއެވެ.

އާރާ ސޮސައިޓީ، އިންޓަނޭޝަނަލް ރެސްކިޔު ކޮމިޓީ، މެޑިސިންސް ސަންސް ފްރޮންޓިއަރސް (ޑޮކްޓަރސް ވިތްއައުޓް ބޯޑަރސް)، އަދި ނޯވޭޖިއަން ރެފިއުޖީ ކައުންސިލް ފަދަ އެހީދޭ ޖަމިއްޔާތަކުގެ ލައިސަންސް ޖަނަވަރީ 1 ގައި ބާތިލުވާނެ އެވެ. އަދި މި ޖަމިއްޔާތަކުގެ މަސައްކަތްތައް 60 ދުވަސް ތެރޭގައި ނިންމާލަން ޖެހޭނެއެވެ.

Advertisement - newsAdvertisement

އިޒްރޭލުން ބުނި ގޮތުގައި، މި ޖަމިއްޔާތަކުން އެމީހުންގެ މުވައްޒަފުންގެ "ފުރިހަމަ" މައުލޫމާތު ދީފައި ނުވެއެވެ. ނަމަވެސް، މި މައުލޫމާތު ހާމަ ކުރުމަކީ އެމީހުންނަށް ނުރައްކަލެއް ވެދާނެ ކަމެއް ކަމަށް އެ ޖަމްއިއްޔާ ތަކުން ވަނީ ބުނެފައެވެ.

މި ނިންމުން 10 ގައުމަކުން ވަނީ ކުށްވެރިކޮށްފައެވެ. އެ ގައުމުތަކުން ބުނީ މި އުސޫލުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ހުރަހެއް ކުރިމަތިވާނެ ކަމަށެވެ.

އިނގިރޭސިވިލާތް، ފްރާންސް، ކެނެޑާ، ޑެންމާކް، ފިންލެންޑް، އައިސްލެންޑް، ޖަޕާން، ނޯވޭ، ސުވިޑްން އަދި ސްވިޒަލޭންޑްގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އައި.އެން.ޖީ.އޯ ތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެއް ކަމަށާއި، އެ ޖަމިއްޔާތަކުގެ މަސައްކަތަށް ހުރަސްއެޅުމަށް ކުރާ ކޮންމެ މަސައްކަތެއްވެސް "ގަބޫލުނުކުރެވޭނެ" ކަމަށެވެ.

އެ ގައުމު ތަކުން އިންޒާރުދީ ބުނެފައިވަނީ، "މި ޖަމިއްޔާތައް ނެތި، ބޭނުންވާ މިންވަރަށް ހުރިހާ ބޭނުންތަކެއް ފުއްދައި ދިނުމަކީ ނުވާނެ ކަމެކެވެ."

ޔޫރަޕިއަން ޔޫނިއަންގެ އިންސާނީ އެހީގެ ވެރިޔާ ހާޖާ ލަހްބީބު ވިދާޅުވީ، "ޣައްޒާގައި އައި.އެން.ޖީ.އޯ ތައް ހުއްޓުވުމަށް އިޒްރޭލުން ރާވާފައިވާ ރޭވުންތަކުގެ މާނައަކީ، ފުރާނަ ސަލާމަތްކުރާ އެހީ ހުއްޓުވުން" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބައިނަލްއަޤްވާމީ އިންސާނީ ގާނޫނުތަކުގައި "އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭން ޖެހޭކަމާމެދު އެއްވެސް ޝައްކެއް އުފެދޭނެ ޖާގައެއް ނޯންނާނެ،" ކަމަށެވެ.

އ.ދ. ގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ ވޮލްކަރ ޓާކް، އައި.އެން.ޖީ.އޯ ތަކުގެ ލައިސަންސް ހުއްޓާލުމުގެ ނިންމުން ސިފަކުރެއްވީ "އަމިއްލަ އެދުމަށް" ނިންމި ނިންމުމެއްގެ ގޮތުގައެވެ. އަދި އެއީ "ޣައްޒާގެ ރައްޔިތުންނަށް ކުރިން ވެސް އުނދަގޫވެފައިވާ ހާލަތު އިތުރަށް ގޯސްކޮށްލާނެ" ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އ.ދ. ގެ އެކި އޭޖެންސީތަކާއި 200 އަށްވުރެ ގިނަ ކައުންސިލް ޖަމިއްޔާތައް އެކުގައި މަސައްކަތް ކުރާ ޕްލެޓްފޯމް ކަމަށްވާ - ހިއުމެނިޓޭރިއަން ކަންޓްރީ ޓީމް އޮފް ދަ އޮކިއުޕައިޑް ޕަލެސްޓީނިއަން ޓެރިޓަރީ އިން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން މި ނިންމުމާ މެދު އަލުން ވިސްނާލުމަށް ވަނީ ގޮވާލާފައެވެ.

އެ ޓީމުން ބުނެފައިވަނީ ޣައްޒާގެ ގިނަ ފީލްޑް ހޮސްޕިޓަލްތަކާއި އަސާސީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ކުއްލި ހާލަތުތަކުގައި ދޭ ހިޔާވަހިކަމުގެ އެހީތަކާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތަކާއި، ކުޑަކުދިންނަށް ދިމާވާ ކާނާގެ ދަތިކަމަށް އެހީދޭ މަރުކަޒުތަކާއި، ވަރަށް މުހިންމު ހަރަކާތްތައް ހިންގަނީ ނުވަތަ އެހީދެނީ މި އައި.އެން.ޖީ.އޯ ތަކުން ކަމަށެވެ.

ޖަމްއިއްޔާ ތަކުގެ ރަޖިސްޓްރޭޝަން ގެ ކަންކަން ބަލަހައްޓާ އިޒްރޭލުގެ ޑައިއަސްޕޯރާ އެފެއަރޒް މިނިސްޓްރީން ބުނީ، މި އާ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާ އަށް ފޯރުކޮށްދޭ އިންސާނީ އެހީގެ ކަންކަމަށް އަސަރެއް ނުކުރާނެ ކަމަށެވެ.

ޑައިއަސްޕޯރާ އެފެއަރޒް މިނިސްޓްރީން ބުނީ އައި.އެން.ޖީ.އޯ ތަކުގެ ލައިސަންސް ބާތިލުކުރި މައިގަނޑު ސަބަބަކީ "އެމީހުންގެ މުވައްޒަފުންނާ ބެހޭ ފުރިހަމަ މައުލޫމާތު ދިނުމަށް ދެކޮޅު ހެދުން" ކަމަށެވެ. އެއީ "ޓެރަރިސްޓް ހަރަކާތްތެރިން އިންސާނީ ޚިދުމަތްތެރިންގެ ތެރެއަށް ވަނުން ހުއްޓުވުމަށް ވަރަށް މުހިންމު" ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ވެސްޓް ބޭންކްއިންސާނީ އެހީ މަސައްކަތްއިޒްރޭލް-ފަލަސްޠީންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު