Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދާއި ރަފަހް އަދި ދީރު އަލް-ބަލާހް ސިޓީއަށް ހަމަލާތައް ދީފައިވާއިރު، ޚާން ޔޫނިސް އާއި ޣައްޒާ ސިޓީގެ އަވަށްތަކަށް ބަޑިޖަހައި އިމާރާތްތަކެއް ތަޅާލާފައިވޭ.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 10:23
ޣައްޒާގެ ޖަބާލިއާގެ ހުޅަނގުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ޑިސެމްބަރު 24، 2025 ގައި އިޒްރޭލުގެ އަސްކަރިއްޔާ އިން ބައިތު ލާހިޔާ އަށް ދިން ހަމަލާ އެއްގެ ސަބަބުން ދުން އަރަނިކޮށްނެވެ.

ޣައްޒާގެ ޖަބާލިއާގެ ހުޅަނގުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ޑިސެމްބަރު 24، 2025 ގައި އިޒްރޭލުގެ އަސްކަރިއްޔާ އިން ބައިތު ލާހިޔާ އަށް ދިން ހަމަލާ އެއްގެ ސަބަބުން ދުން އަރަނިކޮށްނެވެ.

ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެ އިޒްރޭލުން ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

ފަލަސްތީނުގެ މީޑިއާ ތަކުން އެ ސަރަހައްދުގެ މަސްދަރުތަކުން ލިބުނު މައުލޫމާތުތަކާ ހަވާލާދީ ބުނެފައި ވަނީ، ބުރާސްފަތި ދުވަހުގެ ހެނދުނު އިޒްރޭލުގެ ބަޑީގެ ޔުނިޓްތަކުން ޣައްޒާ ސިޓީގެ އިރުމަތީ ގެ ސަރަހައްދަކަށް ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި އާންމު ރައްޔިތުންނަށް ލިބުނު ގެއްލުންތަކާއި، ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މިންވަރު އަދި ދެނެގަނެވިފައި ނުވެއެވެ.

މީގެ އިތުރުން އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ރަފަހް ގެ އިރުމަތީ ހިސާބުތަކަށް ބޮޑެތި ހަމަލާތައް ވެސް ދީފައިވެއެވެ. ރަފަހް އަކީ ޣައްޒާގެ ދެކުނުގައި މިސްރުގެ ބޯޑަރާ ކައިރީގައި އޮންނަ ސަރަހައްދެކެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރު އަލް-ބަލާހް ސިޓީގެ އިރުމަތީ ސަރަހައްދަށް އިޒްރޭލުން ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް އެ ސަރަހައްދުގެ އާންމުން ވެސް ރިޕޯޓްކޮށްފައިވެއެވެ.

އިމަޖެންސީ ޚިދުމަތްތަކުން ބުނާ ގޮތުގައި، މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައެއް ނުވެއެވެ.

އޭގެ އިތުރުން އިޒްރޭލު ސިފައިން ވަނީ ޚާން ޔޫނިސް އަދި ޣައްޒާ ސިޓީގެ އަވަށްތަކަށް ބަޑިޖަހާފައި ކަމަށާއި، ޚާން ޔޫނިސް ގައި ފަލަސްތީނު ރައްޔިތުންގެ އިމާރާތްތަކެއް ތަޅާލާފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލް-ޣައްޒާޣައްޒާ ސިޓީރަފަހްޚާން ޔޫނިސްދީރް އަލް ބަލާޙުހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންޣައްޒާ ހަނގުރާމަޣައްޒާ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން
23 ޑިސެމްބަރު 2025

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025
އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި
21 ޑިސެމްބަރު 2025

ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި

21 ޑިސެމްބަރު 2025
ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި
21 ޑިސެމްބަރު 2025

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް
21 ޑިސެމްބަރު 2025

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025
ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި
20 ޑިސެމްބަރު 2025

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި
19 ޑިސެމްބަރު 2025

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟
16 ޑިސެމްބަރު 2025

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި
13 ޑިސެމްބަރު 2025

ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

13 ޑިސެމްބަރު 2025
ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު