Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމާ ބެހޭގޮތުން އެމެރިކާގެ އިސްނެގުމުގައި މިއާމީ ގައި އޮތް ޑިޕްލޮމެޓިކް ބައްދަލުވުމެއްގައި ފުރަތަމަ ފިޔަވަހި ކާމިޔާބުކަމަށް އެމެރިކާއިން ސިފަކުރި ނަމަވެސް އިޒްރޭލުން ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާތަކަށް ހުއްޓުމެއް އައިސްފައެއް ނުވޭ.

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 08:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު މެދުއިރުމަތީ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ވައިޓް ހައުސް ގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު މެދުއިރުމަތީ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ވައިޓް ހައުސް ގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ޣައްޒާ ގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައިވާ "ދެވަނަ ފިޔަވަހި" ތަންފީޒުކުރުމާ ބެހޭގޮތުން އެމެރިކާގެ އިސްނެގުމުގެ ދަށުން ބޭއްވި ޑިޕްލޮމެޓިކް ބައްދަލުވުމެއްގައި ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ސިފަކޮށްފި އެވެ.

ފުރަތަމަ މަރުހަލާ ކާމިޔާބު ކަމަށް ބުނި  ނަމަވެސް، އިޒްރޭލް ސަރުކާރުން ޣައްޒާ ގައި ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. 

ހޮނިހިރު ދުވަހު، އެމެރިކާ އިން އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ އެންވޯއި ސްޓީވް ވިޓްކޮފް އެކްސްގައި، އިއުލާންކުރެއްވި ގޮތުގައި އެމެރިކާ، މިސްރު، ޤަތަރު އަދި ތުރުކީ ތަމްސީލު ކުރި މަންދޫބުންނާ އެކު މިއާމީ ގައި ބައްދަލުކޮށް އޮކްޓޯބަރު މަހުގެ ކުރީކޮޅު އިޒްރޭލް އާއި ހަމާސް އާ ދެމެދު ހަދާފައިވާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ތަންފީޒުކުރުން ވަނީ މުރާޖައާ ކޮށްފަ އެވެ.

ވިޓްކޮފް ވިދާޅުވީ މި ބައްދަލުވުމުގައި "ދެވަނަ ފިޔަވަހި" ތަންފީޒުކުރުމަށް ތައްޔާރުވުމަށް ފޯކަސްކޮށްފައިވާ ކަމަށާއި، ފުރަތަމަ ފިޔަވަހީ ގައި ހިމެނިފައި ވަނީ އޭނާ ވިދާޅުވާ ގޮތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޣައްޒާ ގައި ތިބި އިޒްރޭލުގެ ރަހީނުން އަނބުރާ ގެނައުމާއި، އިޒްރޭލުގެ ބައެއް ސިފައިން އަނބުރާ ގެންދިއުމާއި، އަދި ހަނގުރާމައިގެ އަމަލުތައް ކުޑަކުރުން ކަމަށެވެ.

"ފުރަތަމަ ފިޔަވަހިން ކުރިއެރުން ލިބިފައިވެއެވެ،" ވިކްޓޮފް ވިދާޅުވިއެވެ. އެހެން ނަމަވެސް އިޒްރޭލު ސަރުކާރުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާ ގައި ކުރިއަށް ގެންދާ މީހުން މެރުމުގެ ޖަރީމާ ތަކަށް އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ. 

ޑޮނަލްޑް ޓްރަމްޕް ހުށަހެޅެއްވި 20 ޕޮއިންޓް ޕްރޮޕޯސަލްގެ ބައެއްގެ ގޮތުގައި ސޮއިކުރި އެއްބަސްވުމާ ޚިލާފުވެ ފަލަސްތީނުގެ އެތައް ސަތޭކަ މީހުން މަރާލާފައިވާއިރު، އެމެރިކާގެ ރައީސް ވިދާޅުވާ ގޮތުން މި ޕްރޮޕޯސަލްގެ މަޤްސަދަކީ އިޒްރޭލް ސަރުކާރުން އެ ސަރަހައްދުގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ނިންމުމެވެ.

ވިޓްކޮފް ވިދާޅުވީ "ދެވަނަ ފިޔަވައްސާ" ބެހޭ މަޝްވަރާތަކުގައި ބައިވެރިން ފާހަގަކުރީ "އާންމުންނަށް ރައްކާތެރިކަން ދިނުމަށާއި އާންމު ނިޒާމު ބެލެހެއްޓުމަށް ގުޅިފައިވާ  އޮތޯރިޓީއެއްގެ ދަށުން ޣައްޒާ ގައި ވެރިކަން ކުރާ "ބޮޑީއެއް" އުފެއްދުން ކަމަށެވެ.

އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި "ވިޔަފާރި އަށް މަގު ފަހި ކުރުމާއި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، އަދި ހަކަތަ އާއި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމާ ބެހޭ ވާހަކަތައް،" ދެކެވުނު ކަމަށެވެ.

މި ފްރޭމްވޯކްގެ ތެރޭގައި، ޕާޓީތަކުން ތާއީދުކުރީ އާންމުންގެ ކަންކަން ބެލެހެއްޓުމަށާއި، ސެކިއުރިޓީ، އަދި ޣައްޒާ އަލުން އިމާރާތްކުރުމުގެ މަސައްކަތްތައް ބަލަހައްޓާ "ވަގުތީ ސަރުކާރެއް" ގެ ދައުރު އަދާކުރާ "ބޯޑް އޮފް ޕީސް" އަވަހަށް ގާއިމުކުރުމަށް ކަމަށް އެންވޯއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި ޓްރަމްޕް ހުށަހަޅުއްވާފައިވާ "ކޮމްޕްރިހެންސިވް ޕީސް ޕްލޭން ފޯ ގާޒާ"  ތަންފީޒުކުރުމަށް ދެން އޮތް ފިޔަވަހިތައް ރިވިއުކޮށްފައިވާ ކަމަށާއި، 20 ޕޮއިންޓް ހިމެނޭ އެ ޕްލޭންގެ ހުރިހާ ބައެއްގައި ވެސް ކޮމިޓްމަންޓް އަލުން ކަށަވަރުކޮށްފައިވާ ކަމަށާއި، އަންނަ ހަފްތާތަކުގައި އިތުރު މަޝްވަރާތައް ރާވާފައިވާ ކަމަށެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލުން ވަނީ އެ ޕްލޭން އެންޑޯޒް ކުރުމުގެ ގޮތުން ރެޒޮލިއުޝަން 2803 ފާސްކޮށްފައެވެ. މި ގަރާރު ފާސްވީ 13 ގައުމަކުން ތާއީދު ކޮށްގެންނެވެ. ރަޝިއާ އަދި ޗައިނާ ވަކި ކޮޅަކަށް ވޯޓު ދީފަ އެއް ނުވެ އެވެ.

މި ޕްލޭން އަށް ފަލަސްތީނާއި ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ފުޅާ ދާއިރާއެއްގައި ފާޑުކިޔާފައިވާއިރު، އެމީހުން ދެކޭގޮތުގައި މިއީ އިޒްރޭލު ކޮޅަށް ބުރަވެފައިވާ، އަދި ޣައްޒާ ގައި ހިންގި ޖަރީމާތަކަށް ދޭ އިނާމެކެވެ.

ހަނގުރާމައިގެ ތެރޭގައި، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ސެކިއުރިޓީ ކައުންސިލް އަށް ހުށަހެޅި ހަ ގަރާރެއް އެމެރިކާ އިން ވީޓޯ ކޮށްފައިވާ އިރު، އެމެރިކާ އިން ވަނީ އިޒްރޭލާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް ފާޅު ގައި ހުރަސް އެޅުމުގެ ރެކޯޑެއް ދަމަހައްޓާފަ އެވެ.

އިޒްރޭލު-ހަމާސްސްޓީވް ވިޓްކޮފްޣައްޒާ ހަނގުރާމަޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު