Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އެ ފޯރަމްގައި މަނާލް ވަނީ އިސްރާއީލް ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މިހާރު އޮތީ، ދެ ދައުލަތުގެ ޙައްލާ ދެކޮޅު ހަދާ އިސްރާއީލްގެ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ، މިހާރު އޮތް އިސްރާއީލްގެ ސަރުކާރަކީ ފަލަސްޠީނާއި، އަރަބިން އަދި މުސްލިމުންނާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްްގައި ހަމަލާދޭ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ މިނިސްޓަރ ބުނީ ފަލަސްތީނު ދައުލަތެއް ގާއިމުނުވާ ހާލަތެއްގައި އިސްރާއީލާ ގުޅުން ނޯމަލައިޒް ނުކުރާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2025 | ހޯމަ 07:57
ދޯހާ ފޯރަމްގައި މަނާލް ރަދްވާން ވާހަކަ ދައްކަވަނީ

ދޯހާ ފޯރަމްގައި މަނާލް ރަދްވާން ވާހަކަ ދައްކަވަނީ

އިސްލާޙު ބޭނުން ވަނީ އިސްރާއީލް ގެ ސަރުކާރަށް ކަމަށާއި، ފަލަސްޠީނު ސަރުކާރަށް ނޫން ކަމަށް ސައުދީ އަރަބިއްޔާ ގެ އިސް ޑިޕްލޮމަޓެއް ކަމަށްވާ މަނާލް ރަދްވާން ވިދާޅުވެއްޖެ އެވެ.

ސައުދީ ގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލެއްގެ ގޮތުގައި ހުންނެވި މަނާލް ވިދާޅުވީ، ފަލަސްޠީނު އޮތޯރިޓީ އިން އިސްލާޙީ މަސައްކަތްތަކަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އިސްރާއީލް ސަރުކާރުގެ އޮފިޝަލުން ސުލްޙަ އަށް ދިޔުމުގެ ހުރިހާ މަގަކަށް ހުރަސް އަޅަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ޤަތަރު ގެ ދޯހާ ފޯރަމް ގައި ބޭއްވި ޕެނަލް ޑިސްކަޝަނެއް ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ، ފާއިތުވި 30 އަހަރު ވަންދެން އިސްލާޙު ގެނެސްފައިވާ ކަމަށެވެ. އަދި ފަލަސްޠީނު އޮތޯރިޓީގެ ރައީސް މަޙުމޫދު އައްބާސް، އިސްލާޙީ ޕްލޭނަކަށް ވައުދުވެ ވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމަށް ވައުދުވެ ވަޑައިގެންފައި ވަނީ، އެއީ ފަލަސްޠީނުގެ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސައުދީ އަރަބިއްޔާ އިން އެކަމުގައި ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގާތް ގަނޑަކަށް ކޮންމެ ދުވަހަކު ވެސް، ފަލަސްޠީނުގެ އޮތޯރިޓީ އާއެކު އިސްލާޙީ ޕްލޭނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ސައުދީ އަރަބިއްޔާ އިން ވެސް ބޭނުން ވަނީ ދެމެހެއްޓެނިވި ސުލްޙަ އާއި، ސަލާމަތް ކަމަށެވެ. އަދި ހަނގުރާމަ އެއްކޮށް ނިންމަން ބޭނުންވާ ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްޙައިގެ ޕްލޭން ތަންފީޒު ކުރުމަށާއި، ސަލާާމަތީ މަޖިލީހު ގެ ޤަރާރު ތަންފީޒު ކުރުމަށް އެދޭ ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އިސްލާޙު ގެންނަންވީ އިސްރާއީލް ގެ ސަރުކާރަށް ކަމަށެވެ.

އެ ފޯރަމްގައި މަނާލް ވަނީ އިސްރާއީލް ސަރުކާރު ގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މިހާރު އޮތީ، ދެ ދައުލަތުގެ ޙައްލާ ދެކޮޅު ހަދާ އިސްރާއީލް ގެ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ، މިހާރު އޮތް އިސްރާއީލް ގެ ސަރުކާރަކީ ފަލަސްޠީނާއި، އަރަބިން އަދި މުސްލިމުންނާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްްގައި ހަމަލާދޭ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ސުލްޙަ އަށް ބޭނުންވާ ބައިވެރިއެއް މިހާރު ފެންނަން ނެތް ކަމަށެވެ. އަދި ދާއިމީ ހުއްޓުމަކަށާއި، ދެމެހެއްޓެނިވި ޙައްލަކަށް ބައިވެރިވާނެ، އަދި އެ ގޮތް ބޭނުންވާ ބައިވެރިއެއް ވެސް ނުފެންނަ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ސައުދީ އަރަބިއްޔާ އިން އުންމީދު ކުރަމުން އަންނަނީ ހަގީގީ އަދި މުހިންމު އިސްލާޙެއްގެ ފެށުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މަނާލް ވިދާޅުވީ ސައުދީ އަރަބިއްޔާ ގެ ވިސްނުން ދިގު މުއްދަތަކަށް ވަރަށް ސާފުކޮށް އޮތް ކަމަށެވެ. އެގޮތުން ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ނުވާ ޙާލަތެއްގައި، އިސްރާއީލް އާއެކު ގުޅުން ޤާއިމުކޮށް، އެ ގުޅުން އާންމު ޙާލަތަކަށް ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ސައުދީ އަރަބިއްޔާ އިން އަބަދު ވެސް ބުނަމުން އަންނަ ވާހަކައެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ހަމަ އެހެންމެ، އޭނާ ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތާާއި ސިޔާސީ އުންމީދުތައް ފުއްދައި ނުދީފި ނަމަ، އިސްރާއީލް އަދި ސަރަހައްދުގެ ބާކީ ޤައުމު ތަކަށް ވެސް، އަދި މުޅި ދުނިޔެ އަށް ވެސް ސަލާމަތެއް ނުލިބޭނެ ކަމަށެވެ.

ސައުދީގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލެއްގެ ގޮތުގައި ހުންނެވި މަނާލް މިހެން ވިދާޅުވެފައިވާއިރު، ސައުދީގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ވެސް ވަނީ އެ ވާހަކަތައް މީގެ ކުރިން ދައްކަވާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެންމެ ފަހުން އެމެރިކާގެ ރައީސް ޓްރަމްޕް އާއެކު އޮތް ބައްދަލުވުމުގައި ސައުދީގެ ވަލީ އަޙުދު އެ ވާހަކަތައް ދައްކަވާފައިވާ ކަމަށް ބުނެފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ސައޫދީ އަރަބިއްޔާފަލަސްތީނުއިޒްރޭލްމަޙްމޫދު އައްބާސްޣައްޒާޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު