Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާގައި ހުކުރު ދުވަހު ވަގުތީ ހިޔާވެއްސެއްގެ ގޮތުގައި ބޭނުންކުރާ ސްކޫލަށް ހަމަލާދީ ހަތް ފަލަސްތީނު މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލައިފި. އޮކްޓޯބަރު 11 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްފަހު އިޒްރޭލުން 738 ފަހަރު އެއްބަސްވުމާ ޚިލާފުވެ 394 ފަލަސްތީނު މީހުން މަރުވެފައިވާއިރު މަރުވި މީހުންގެ 95 ޕަސެންޓަކީ އާންމުން.

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 12:43
ޣައްޒާ ސްޓްރިޕްގައި ހުންނަ ނުސެއިރާތު ކޭމްޕްގައި ހުރި ގެއަކަށް އިޒްރޭލުން ބޮންއަޅާ ފުނޑުފުނޑު ކޮށްލާފައި - ޑިސެމްބަރު 19، 2025

ޣައްޒާ ސްޓްރިޕްގައި ހުންނަ ނުސެއިރާތު ކޭމްޕްގައި ހުރި ގެއަކަށް އިޒްރޭލުން ބޮންއަޅާ ފުނޑުފުނޑު ކޮށްލާފައި - ޑިސެމްބަރު 19، 2025

އިޒްރޭލުން ހުކުރު ދުވަހު ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި އެވެ.

ވަގުތީ ހިޔާވެއްސެއްގެ ގޮތުގައި ބޭނުން ކުރާ މި އިމާރާތައް ދިން ހަމަލާ ގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

ހަމަލާގެ ބާރު ގަދަ ކަމުން ބައެއް މީހުންގެ ހަށިތައް ކުދިކުދިވެފައިވާ ކަމަށް ލޯކަލް ރިޕޯޓުތައް ބުނެ އެވެ.

އޮކްޓޯބަރު 10 ގައި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްފަހު، އިޒްރޭލުން މަދުވެގެން 738 ފަހަރު އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވެއެވެ.

އިޒްރޭލުން 205 ފަހަރު އާންމުންނަށް ބަޑިޖަހާފައިވާ ކަމަށާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް 37 ފަހަރު ހަމަލާދީފައިވާ ކަމަށާއި، ޣައްޒާ އަށް 358 ފަހަރު ބޮމުގެ ހަމަލާ ދީފައިވާ ކަމަށާއި، 138 ފަހަރު މީހުންގެ ގެދޮރު ބިމާހަމަކޮށްފައި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޣައްޒާ ގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނީ އޮކްޓޯބަރު 11، ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ދުވަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 394 ފަލަސްތީނު މީހުން މަރުވެފައިވާ ކަމަށެވެ. އިތުރު 1،075 މީހުން ވަނީ ޒަހަމްވެފައެވެ.

ހަމާސްގެ ލީޑަރު ޣާޒީ ހަމާސް އަންގާރަ ދުވަހު ބުނީ އިޒްރޭލުން 813 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްފަހު، ގާތްގަނޑަކަށް 400 މީހުން މަރުވެފައިވާ ކަމަށާއި، މަރުވި މީހުންގެ 95% އަށްވުރެ ގިނައީ އާންމުން ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާ ގައި އިޒްރޭލުން ދިން ނަސްލު ނައްތާލުމުގެ ހަމަލާތަކުގައި 20،150 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ގޮތުން 70،600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެފައިވެއެވެ.

ހުކުރު ދުވަހު ޣައްޒާ ސިޓީގައި ހުންނަ ސްކޫލަކަށް އިޒްރޭލުން ދިން އަނިޔާވެރި ހަމަލާ ހަމާސްއިން ވަނީ ކުށްވެރިކޮށްފައެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި، ހަމާސް އިން ބުނީ މިއީ ހަނގުރާމައިގެ ޖަރީމާ އެއް ކަމަށާއި އިޒްރޭލުގެ މި ކުށްތައް ހުއްޓުވުމަށް "ބައިނަލްއަގުވާމީ މުޖްތަމައު ހިމޭން ވެފައިވާ ކަމަށާއި އަދި ފެއިލްވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އިޒްރޭލް-ފަލަސްޠީންހަމާސްހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންހަނގުރާމައިގެ ކުށްތައްޣައްޒާ ހަނގުރާމަޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

13 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު