Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސް

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ހަމާސްގެ އިސް މަސްއޫލުވެރިޔަކު އުސާމާ ހަމްދާން ވިދާޅުވީ އެ ޖަމާއަތުން ބޭރުގެ ބާރަކަށް ހަތިޔާރު ދޫނުކުރާނެ ކަމަށާއި، އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޚިލާފުވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޣައްޒާ ހިސޯރުކޮށް ބަންދުކޮށްފައި އޮތުން ދެމިގެންދިއުމަކީ އަލުން ޙަމަލާދިނުމުގެ ނިޔަތް އޮތް ކަމުގެ ދަލީލެއް ކަމަށާއި، އެމެރިކާއާއި އިޒްރޭލުން މި ސަރަހައްދުގައި ބާރުވެރިކަން ގާއިމް ކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 08:27
ފަލަސްތީނުގެ ރެސިސްޓެންސް މޫވްމަންޓް ހަމާސްގެ ސީނިއަރ އޮފިޝަލް އުސާމާ ހަމްދާން

ފަލަސްތީނުގެ ރެސިސްޓެންސް މޫވްމަންޓް ހަމާސްގެ ސީނިއަރ އޮފިޝަލް އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ ކަމަށް އެ ޖަމާއަތުގެ އިސް މަސްއޫލުވެރިޔަކު ވިދާޅުވެއްޖެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭރުގެ ނުފޫޒުތައް ފަލަސްތީނުގެ މައްޗަށް ގަދަ ކުރަން އުޅުމުގެ ބަދަލު ގައި މުހިންމީ އިޒްރޭލާއެކު ހެދިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދިނުން ކަމުގަ އެވެ.

ޔަމަންގެ އަލް-މަސީރާ ޓީވީ އަށް އަންގާރަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި، އުސާމާ ހަމްދާން ވަނީ ހަމާސް އިން ބޭރުގެ ބާރަކަށް އެ ޖަމާއަތުގެ ހަތިޔާރުތައް ދޫ ނުކުރާނެ ކަމަށް ވިދާޅުވެ، އަދި ބޭރުގެ ސިފައިން އެ ޖަމާއަތުގެ ހަތިޔާރު އަތުލުމަށް އައުމަކީ އެ ޖަމާއަތުން ބަލައިގަންނާނެ ކަމެއް ނޫން ކަމުގައެވެ. އޭނާ ވިދާޅުވީ، "ހަތިޔާރު ބެހެއްޓުމުގެ ޚިޔާލަކީ ހަމާސް އިން ޤަބޫލު ނުކުރާނެ ޚިޔާލެއް،" ކަމަށެވެ.

ހަމްދާން ވަނީ އިޒްރޭލާއެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލުން ޚިލާފުވަމުންދާކަން ފާހަގަ ކޮށް، އެ އެއްބަސްވުމުގެ ދެން އޮތް މަރުހަލާގެ ކަންކަން އިތުރަށް ސާފު ޔަގީންކަން ބޭނުންވާކަން ހާމަކޮށްފައެވެ.

"ޒަޔަނިސްޓު ދުޝްމަނުން އެއްބަސްވުންތަކަށް ތަބާނުވޭ، އަދި އެމީހުން ހަދާ ބައިނަލްއަޤްވާމީ އެއްބަސްވުންތަކަށް ވެސް ފާޅުގައި ޚިލާފުވަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަށް ފަހު ވެސް ޣައްޒާ ގެ ހިސޯރު ދެމިގެން ދިއުމަކީ ހަނގުރާމަ އަލުން ފެށުމުގެ ސިގްނަލެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

"ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ދެމިގެން ދިއުމަކީ އިޒްރޭލުގެ ފަރާތުން ޣައްޒާއަށް އަލުން ޙަމަލާދިނުމުގެ ނިޔަތް އޮތް ކަމުގެ ދަލީލެކެވެ،" ހަމްދާން ވިދާޅުވިއެވެ.

ޣައްޒާ ހިސޯރު ކޮށްގެން އެކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުން ފަލަސްޠީނުގެ ހިތްވަރު ބަލިކަށިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ސަރަހައްދުގައި އިޒްރޭލާއި އެމެރިކާގެ ސިޔާސަތުތައް ކުށްވެރިކޮށް، ހަމްދާން ވަނީ އެ ސިޔާސަތުތަކަކީ ހުޅަނގު އޭޝިޔާގައި އަސްކަރީ ބާރުވެރިކަން ގާއިމް ކުރުމަށް ހިންގާ ބޮޑު ރޭވުމެއްގެ ބައެއް ކަމަށް ސިފަކޮށްފައެވެ.

"އެމެރިކާ އިން ބޭނުންވަނީ ސަރަހައްދުގައި އެމީހުންގެ ބާރުވެރިކަން ގާއިމްކުރަން، ޒަޔަނިސްޓު ދައުލަތަކީ މި ބާރުވެރިކަމުގެ ބިންގާ ކަމުގައި އޮވެގެން،" އޭނާ ވިދާޅުވިއެވެ. އަދި ހަމާސް ގެ ހަތިޔާރު އަތުލެވެމުން އިޒްރޭލަށް މުޅި ސަރަހައްދުގައި އެއްވެސް ހުރަހެއްނެތި ބާރު ހިންގުމުގެ ފުރުސަތު ލިބޭނެކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާ ކުރިއަށްދިޔަ ކަމުގައިވިޔަސް، ހަމްދާން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ކެތްތެރިކަމާއި ސާބިތު ކަމަށް އިތުބާރު ކުރައްވާ، "އަދި މި ހަނގުރާމައިގެ ނަތީޖާ އަކަށް ވާނީ އިޒްރޭލު ނެތިގެން ދިއުން ކަމަށް ޔަޤީން ކުރާ،" ކަމަށް އޭނާ ވިދާޅުވެފަ އެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު އެމެރިކާގެ ބައިވެރިވުމާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 10 ގައި ވެވިފައެވެ. ފުރަތަމަ މަރުހަލާގެ ދަށުން، އިޒްރޭލުން ޣައްޒާއަށް ވަދެވޭ ހުރިހާ މަގުތަކެއް ހުޅުވާލައި، ކާބޯތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާއިރު، ހަމާސްގެ ބާރުގެ ދަށުގައި ތިބި ހުރިހާ ރަހީނުން ދޫކޮށްލުމުގެ ބަދަލުގައި ހަނގުރާމަ ހުއްޓާލުމަށް ވަނީ އެއްބަސްވެފަ އެވެ.

ހަމާސްފަލަސްތީނުއުސާމާ ހަމްދާންޣައްޒާ ހަނގުރާމަޣައްޒާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025
ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި

ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި

21 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު