Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

ހޮނިހިރު ދުވަހު ޣައްޒާ އަށް ވައިގަދަވެ، ގަދަ ވިއްސާރަ ކޮށްފައިވާއިރު، ފިނި ހޫނު މިން ވެސް ވަނީ ދަށްވެފައި. މޫސުމާ ބެހޭ މާހިރެއް ކަމަށް ލައިތު އަލް އައްލާމީ ބުނެފައިވާ ގޮތުގައި، މިއީ ޣައްޒާ އަށް މި ފަހުން ގަދަ ވިއްސާރަ އާއި ބާރު ވައިގެ އަސަރު ކޮށްފައިވާ ތިން ވަނަ ފަހަރެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަމުގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 04:58
ޓެންޓު ތަކެއް ހުރި ސަރަހައްދުގައި ފެން ބޮޑުވެފައި އޮތުމުން، ފެން ހިއްކުމުގެ މަސައްކަތް މީހަކު ކުރަނީ

ޓެންޓު ތަކެއް ހުރި ސަރަހައްދުގައި ފެން ބޮޑުވެފައި އޮތުމުން، ފެން ހިއްކުމުގެ މަސައްކަތް މީހަކު ކުރަނީ

ޣައްޒާގައި ހިމާޔަތް ހޯދައިގެން ދިރި އުޅެމުން އަންނަ އެތައް ހާސް ބަޔަކަށް ގަދަ ވިއްސާރަ އާއި ފިނީގެ ސަބަބުން ގިނަ އުނދަގޫ ތަކެއް ތަހަންމަލު ކުރަން ޖެހިއްޖެ އެވެ. 

ދެ އަހަރަށް ވުރެ ދިގު ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގައި، އިސްރާއީލްގެ ހަމަލާ ތަކުގައި މުޅި ޣައްޒާ ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ. އެއާ އެކު، ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު އަންނަނީ ޓެންޓުތަކާއި، ފޭލި ގެތަކުގައި ދިރިއުޅެމުންނެވެ. 

ހޮނިހިރު ދުވަހު ޣައްޒާ އަށް ވައިގަދަވެ، ގަދަ ވިއްސާރަ ކޮށްފައިވާއިރު، ފިނި ހޫނު މިން ވެސް ވަނީ ދަށްވެފަ އެވެ. މޫސުމާ ބެހޭ މާހިރެއް ކަމަށްވާ ލައިތު އަލް އައްލާމީ ބުނެފައިވާ ގޮތުގައި، މިއީ ޣައްޒާ އަށް މި ފަހުން ގަދަ ވިއްސާރަ އާއި ބާރު ވައިގެ އަސަރު ކޮށްފައިވާ ތިން ވަނަ ފަހަރެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަމުގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. 

2023 ވަނަ އަހަރުން ފެށިގެން ގިނަ އާއިލާ ތަކުން ދިރިއުޅެމުން އަންނަނީ ޓެންޓު ތަކުގަ އެވެ. ޚާއްސަކޮށް ޣައްޒާގެ ނަސްލު ނައްތާލުމަށް އިސްރާއީލް އިން ފަށާފައިވާ ހަނގުރާމައިގައި، ޣައްޒާގެ މުޅި އާބާދީ އަށް ވަނީ ހީނަރުކަން ކުރިމަތިވެފަ އެވެ. ގެދޮރު ދޫކޮށް އެތައް ބަޔަކަށް ހިޖުރަ ކުރަން ވެސް މަޖުބޫރުވެފައިވާއިރު، އިސްރާއީލްގެ އަނިޔާވެރިކަން އަދި ވެސް ކުރިއަށް ދެ އެވެ. 

މިހާރު ޣައްޒާ ސިޓީގައި ހިމާޔަތް ހޯދައިގެން އުޅެމުން އަންނަ މީހެއް ކަމަށްވާ މުޙައްމަދު މަސްލަޙު އަލް ޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، ޓެންޓު ތަކުގައި ހިމާޔަތް ހޯދައިގެން އުޅެން ޖެހިފައި ވަނީ އެހެން ތަނެއް ނެތުމުންނެވެ. އޭނާ ބުނީ އުޅޭނެ ތަނެއް ނުލިބުމުން، އެފަދަ ޙާލަތެއްގައި އުޅެން މަޖުބޫރުވެފައިވާ ކަމަށާއި، އޭނާގެ ގެދޮރު ވެސް ވަނީ އިސްރާއީލްގެ ބާރުގެ ދަށުގައި ކަމަށެވެ. އިތުރަށް އޭނާ ބުނީ ވިއްސާރައިގައި އެތައް ގެއްލުމެއް ވެފައިވާ ކަމަށާއި، ވާރޭ ވެހެން ފެށިތާ ގިނައިރު ތަކެއް ނުވަނީސް އެންމެ ތެމި ފޯވެފައިވާ ކަމަށެވެ. 

ދީރުއަލްބަލާހުން، އުތުރުގެ ޖަބާލިއާ އަށް ބަދަލުވެގެން އުޅެމުން އަންނަ ހަތަރު ދަރިންގެ މަންމައެއް ކަަމަށް ޝައިމާ ވާދީ ބުނެފައި ވަނީ، ޓެންޓު ތަކުގައި އެ މީހުން ދިރިއުޅެމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ވިއްސާރަައިގެ ސަބަބުން ކޮންމެ ފަހަރަކު ވެސް ޓެންޓު ވެއްޓި ހަލާކުވާ ކަމަށާއި، އެއާ އެކު އަނެއްކާ އައު ޓެންޓެއް ހެދުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ޣައްޒާގެ ޙާލަތު އިންތިހާ އަށް ދަށްވެފައިވާއިރު، އާމްދަނީ ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން ދަރިން ލާނެ ހެދުމެއް، ނުވަތަ އޮށޯވެލާނެ އެއްޗެއް ވެސް ގަނެވެން ނެތް ކަމަށް އޭނާ ބުންޏެވެ. 

މި މަހުގެ ކުރީ ކޮޅު ވެސް ޣައްޒާ އަށް ވަނީ ގަދަ ވިއްސާރަ ކޮށްފަ އެވެ. އެ ވިއްސާރައިގެ ސަބަބުން ހުރިހާ ހިސާބެއްގައި ހުރި ޓެންޓު ތަކާއި، ވަގުތީ ހިޔާތަކަށް ވެސް ވަނީ ފެން ވަދެ، ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ. އިސްރާއީލްގެ ހަމަލާ ތަކުގައި ޣައްޒާގެ ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެ، މުޅިން ފުނޑު ފުނޑުވެފަ އެވެ. 

ޣައްޒާގެ ކަމާ ބެހޭ އިދާރާ ތަކުން ބުނެފައި ވަނީ މި ހިނގާ ޑިސެމްބަރު މަހުގެ މިހާތަނަށް، ވިއްސާރަ އާއި ފިނީގެ ސަބަބުން ބަނޑުހައި ހޫނު ކަމުގައި ތިން ކުދިން ހިމެނޭހެން، ޖުމުލަ 15 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އިންސާނީ އެހީތެރިކަން ދެމުން އަންނަ ޖަމިއްޔާތަކާއި، ބައިނަލްއަޤުވާމީ މުޖުތަމައުން އިސްރާއީލް އަށް ގޮވާލަމުން އަންނަނީ، ޣައްޒާ އަށް އިތުރު އިންސާނީ އެހީ ވެއްދުމަށް ފުރުސަތު ދިނުމަށެވެ. 

ޣައްޒާ ބަނދަރު ސަރަހައްދުގެ ސިވިލް ޑިފެންސްގެ މައިދާނީ އޮޕަރޭޝަން ތަކުގެ ވެރިޔާ އިބްރާހީމް އަބޫ އަލް ރީޝް ވިދާޅުވެފައި ވަނީ، ބަދަލު ވެގެން އުޅޭ މީހުން ޓެންޓުތައް ހަދާފައިވާ ތަންތަނުގައި މޫސުމުގެ ޙާލަތު ގޯސްވެ، އެކި ކަހަލަ އެހީތެރި ކަމަށް އެދި ގުޅަމުން އަންނަ ކަމަށެވެ. 

އަލް ޖަޒީރާ އިން ބުނެފައިވާ ގޮތުގައި ސަލާމަތީ ހިމާޔަތެއް ނެތް ހާހަކަށް ވުރެ ގިނަ މީހުންނަށް އިތުރު އުނދަގޫތަކާއި، ދަތިކަން ދިމާވެފައިވާ ކަމަށެވެ. ވާރޭ ވެހޭ ކޮންމެ ފަހަރަކު އެކި ސަރަހައްދު ތަކުގައި ފެން ބޮޑުވެ، އެތައް ކަންތައް ތަކެއް ހިނގަމުން އަންނަ ކަމަށް ވަނީ ފާހަގަވެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލް-ޣައްޒާއިންސާނީ އެހީމޫސުމީ ކާރިސާޣައްޒާ ހަނގުރާމަޣައްޒާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025
ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި

ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު