Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

އެތައް ގޮންޖެހުންތަކާ އެކު ހޮސްޕިޓަލް ހިންގަމުން އަންނައިރު، އެ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައި ވަނީ އެ ޚިދުމަތްތައް ދިނުމަށްޓަކައި ކުޑަ ޖަނެރޭޓަރެއް ކުއްޔަށް ހިފަން މަޖުބޫރުވެފައިވާ ކަމަށް. އާންމު ޙާލަތުގައި އެ ހޮސްޕިޓަލަށް ކޮންމެ ދުވަހަކު ވެސް، 1000 އާއި 2000 އާ ދެމެދުގެ ލީޓަރުގެ ޑީސަލް ބޭނުންވާއިރު، މިހާރު ހުރީ 800 ލީޓަރު ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 07:16
ޣައްޒާގެ ހޮސްޕިޓަލްގެ ކައިރީގައި ބަލި މީހުން އުފުލުމަށް ޙަރަކާތްތެރިވާ އެމްބިއުލާންސް ތަކެއް މަޑު ކޮށްފައި

ޣައްޒާގެ ހޮސްޕިޓަލްގެ ކައިރީގައި ބަލި މީހުން އުފުލުމަށް ޙަރަކާތްތެރިވާ އެމްބިއުލާންސް ތަކެއް މަޑު ކޮށްފައި

ޣައްޒާގެ މެދު ތެރޭގައި ހުންނަ މުހިންމު ހޮސްޕިޓަލަކުން ތެޔޮ ހުސްވުމުގެ ސަބަބުން، ގިނަ ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް ހާމަ ކޮށްފި އެވެ. 

ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ހަނގުރާމައިގެ ސަބަބުން، މުޅި ޣައްޒާ ވަނީ އެއްކޮށް ފުނޑު ފުނޑުވެފަ އެވެ. އަދި ޣައްޒާގެ އިންސާނީ ޙާލަތު ވެސް ވަނީ އިންތިހާ އަށް ދަށްވެފަ އެވެ. 

ޣައްޒާގެ މެދު ތެރޭގެ ނުސައިރަތުގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލް އިން ހުކުރު ދުވަހު ބުނެފައި ވަނީ، އެ ހޮސްޕިޓަލްގައި ގާތް ގަނޑަކަށް 60 މީހުންނަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް، ގާތް ގަނޑަކަށް 1000 މީހުން ފަރުވާ ހޯދުމަށް އަންނަ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. ޣައްޒާ ހަނގުރާމައިގެ ސަބަބުން މި ހޮސްޕިޓަލަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ. 

އެ ހޮސްޕިޓަލް އިން ބުނެފައި ވަނީ، މިވަގުތު ހިންގަމުން އަންނަނީ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭން ޖެހޭ ޑިޕާޓްމަންޓުތައް އެކަނި ކަމަށެވެ. އެއީ އިމަޖެންސީ ޔުނިޓާއި، މެޓާނިޓީ ވޯޑު އަދި ޕީޑިއެޓްރިކްސް ޑިޕާޓްމަންޓް އެވެ. 

އެތައް ގޮންޖެހުންތަކާ އެކު ހޮސްޕިޓަލް ހިންގަމުން އަންނައިރު، އެ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައި ވަނީ އެ ޚިދުމަތްތައް ދިނުމަށްޓަކައި ކުޑަ ޖަނެރޭޓަރެއް ކުއްޔަށް ހިފަން މަޖުބޫރުވެފައިވާ ކަމަށެވެ. އާންމު ޙާލަތުގައި އެ ހޮސްޕިޓަލަށް ކޮންމެ ދުވަހަކު ވެސް، 1000 އާއި 2000 އާ ދެމެދުގެ ލީޓަރުގެ ޑީސަލް ބޭނުންވާއިރު، މިހާރު ހުރީ 800 ލީޓަރު ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ ހޮސްޕިޓަލުގެ އޮފިޝަލު ބުނެފައި ވަނީ މިވަގުތު ކުރިމަތި ވެފައި ވަނީ ވަގުތީ ހުއްޓުމެއް ކަމަށާއި، އެއީ ތެޔޮ ލިބުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ވަނީ އެ ހޮސްޕިޓަލް ހިންގުމަށް ބޭނުންވާ ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިފަ އެވެ. ތެޔޮ ހުސްވުން ދިގު ލައިގެން ގޮސްފި ނަމަ، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހޮސްޕިޓަލަށް ސީދާ ގޮތުން ނުރައްކާތައް ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ. 

ނުސައިރަތު ސަރަހައްދުގައި ހިމާޔަތް ހޯދާފައިވާ އުމުރުން 30 އަހަރުގެ ޚިތާމް އަޔާދާ ބުނީ، ކިޑްނީގެ މައްސަލަ އޭނާ ގެ ހުންނަ ކަމަށާއި، ރިއްސާތާ ދުވަސް ކޮޅެއް ވެފައިވާތީ އެ ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އެކަމަކު، ޚިދުމަތް ހޯދުމުގައި އެތައް އުނދަގޫ ތަކެއް ދިމާވި ކަމަށާއި، އެކްސްރޭ ނެގުމަށް ކަރަންޓު ނެތް ކަމަށް ފާހަގަ ކުރި އެވެ. އޭނާ ބުނީ، ފަރުވާ ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. 

އެއާ އެކު ރިހުން ކުޑަ ކުރުމަށް އޭނާ އަށް ބޭހެއް ދީފައިވާ ކަމަށާއި، ބޭސް ބޭނުން ކޮށްގެން ރިހުން ކުޑަ ނުވާ ނަމަ، އެހެން ހޮސްޕިޓަލަކަށް ދިޔުމަށް އެދިފައިވާ ކަމަށް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނެފައި ވަނީ، އެ މީހުންގެ ދިރިއުޅުމަށް ބޭނުންވާ އެއްވެސް އެއްޗެއް ނެތް ކަމަށާއި، އެންމެ ކުޑަ މިނުން އަސާސީ ޚިދުމަތް ލިބޭނެ މިންވަރު ވެސް ނެތް ކަމަށެވެ. 

މިއަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައި ވީ ނަަމަވެސް، ޣައްޒާގެ އިންސާނީ ޙާލަތު ވަނީ އިންތިހާ އަށް ދަށްވެފަ އެވެ. އެއްބަސްވުމުގެ ދަށުން، ޣައްޒާ އަށް ކޮންމެ ދުވަހަކު 600 އެހީގެ ލޮރީ ވަންނަން ވާނެ ކަމަށް ބުނެފައި ވީ ނަމަވެސް، މިހާރު ޣައްޒާ އަށް ދުވާލަކު ވަންނަމުން އަންނަނީ 100 އާއި 300 އާ މެދުގެ އެހީގެ ލޮރީ ކަމަށް ބުނެފައިވެ އެވެ. 

ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ދާއިރާ އަކީ ޣައްޒާގެ ޞިއްޙީ ދާއިރާ އެވެ. ހަނގުރާމައިގެ ތެރޭގައި އިސްރާއީލްގެ ސިފައިން ވަނީ ޣައްޒާގެ ހޮސްޕިޓަލުތަކާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނަށް ވެސް ހަމަލާ ދީފަ އެވެ. އެއީ ހަމާސް ޖަމާއަތުން އެ ތަންތަނުގައި ކޮމާންޑު ސެންޓަރުތައް ހިންގާ ކަމަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ހަމާސް އިން ވަނީ އެކަން ދޮގު ކޮށްފަ އެވެ. 

މަސްދަރު: އޭއެފްޕީ

އަލް އަވްދާ ހޮސްޕިޓަލްނުސައިރަތުހަމާސްއިޒްރޭލް-ޣައްޒާޣައްޒާ ހަނގުރާމަޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

25 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025
ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި

ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު