Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ

29 ޖޫން 2026 | ހޯމަ 14:39

ޣައްޒާގެ ދީރުލް ބަލާހަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު މަރުވެފައިވާއިރު، މިއީ ޓެރަރިސްޓުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ވަނީ ބުނެފައި. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގެ ތުހުމަތު ދެފަރާތުން ކުރަމުންދާއިރު، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއިން މަރުވި މީހުންގެ އަދަދު ވަނީ 1،041 އަށް އަރާފައި

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 14:39
ޣައްޒާގެ ދީރުލް ބަލާހްގައި 2026 ޖޫން 27 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަމުންދަނީ.

ޣައްޒާގެ ދީރުލް ބަލާހްގައި 2026 ޖޫން 27 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަމުންދަނީ. | ގެޓީ އިމޭޖަސް

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ހޯމަ ދުވަހު ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ގައްޒާގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބި މަޑުޖެހިފައިވާއިރު، އިސްރާއީލާއި ހަމާސްއިން ދަނީ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގެ ތުހުމަތުތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެއްބަޔަކު އަނެއްބަޔަކަށް ކުރަމުންނެވެ. މި ހަމަނުޖެހުންތަކާއެކު ޣައްޒާގެ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

Advertisement - worldAdvertisement

އަލް-އަގްސާ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ޑްރޯން ހަމަލާއެއް އާންމުންގެ ބަޔަކަށް އަމާޒުވުމުގެ ސަބަބުން ތިން މީހަކު މަރުވެ، އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލާހްގެ ސަރަހައްދަކަށެވެ.

އިސްރާއީލުގެ އަސްކަރީ މަސްދަރަކުން ވަނީ މި ހަމަލާ ދިންކަން ކަށަވަރުކޮށްދީފަ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އިސްރާއީލުގެ އަސްކަރީ މަސްދަރަކުން ބުނީ، އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ހަމަލާ ދިނީ ޖިހާދީ ޓެރަރިސްޓުންނަށް އަމާޒުކޮށްގެން ކަމަށާއި، އެ ހަމަލާގައި ލިބުނު ގެއްލުންތައް އަދިވެސް ބަލަމުންދާ ކަމަށެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ހިނގަން ފެށި ފަހުންވެސް، ޣައްޒާގައި ފަލަސްތީނުގެ މަދުވެގެން 1،041 މީހުން ވަނީ މަރުވެފަ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަ އެ މުއްދަތުގެ ތެރޭގައި އެ ގައުމުގެ ސިފައިންގެ ތެރެއިން މަރުވެފައިވަނީ ހަ މީހުންނެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލު-ހަމާސްޣައްޒާފަލަސްތީނުއަލް އަގްސާ ހޮސްޕިޓަލްއައިޑީއެފް

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު

05 އޮކްޓޯބަރު 2026
2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު
05 އޮކްޓޯބަރު 2026

ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި

05 އޮކްޓޯބަރު 2026
ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި
03 އޮކްޓޯބަރު 2026

ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ

03 އޮކްޓޯބަރު 2026
ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ
03 އޮކްޓޯބަރު 2026

އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ

03 އޮކްޓޯބަރު 2026
އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ
03 އޮކްޓޯބަރު 2026

އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު

03 އޮކްޓޯބަރު 2026
އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު
01 އޮކްޓޯބަރު 2026

ފަލަސްތީނުގެ ބިންތައް ފޭރުމާއި އިސްރާއީލުގެ އާބާދީ ފުޅާކުރުމާ ދެކޮޅަށް އެމެރިކާގެ ހައުސްއަށް ބިލެއް ހުށަހަޅަނީ

01 އޮކްޓޯބަރު 2026
ފަލަސްތީނުގެ ބިންތައް ފޭރުމާއި އިސްރާއީލުގެ އާބާދީ ފުޅާކުރުމާ ދެކޮޅަށް އެމެރިކާގެ ހައުސްއަށް ބިލެއް ހުށަހަޅަނީ
01 އޮކްޓޯބަރު 2026

17 ދުވަހުގެ މަސައްކަތަށް ފަހު ޣައްޒާގެ އިމާރާތެއްގެ ދަށުން 105 މީހެއްގެ ހަށިތައް ހޯދައިފި

01 އޮކްޓޯބަރު 2026
17 ދުވަހުގެ މަސައްކަތަށް ފަހު ޣައްޒާގެ އިމާރާތެއްގެ ދަށުން 105 މީހެއްގެ ހަށިތައް ހޯދައިފި
01 އޮކްޓޯބަރު 2026

'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު

01 އޮކްޓޯބަރު 2026
'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު
30 ސެޕްޓެމްބަރު 2026

ނަތަންޔާހޫއަކީ "ހަނގުރާމައިގެ ކުށްވެރިއެއް"، ދޯހާއިން މެދުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ: ޝައިޚް މުޙައްމަދު

30 ސެޕްޓެމްބަރު 2026
ނަތަންޔާހޫއަކީ "ހަނގުރާމައިގެ ކުށްވެރިއެއް"، ދޯހާއިން މެދުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ: ޝައިޚް މުޙައްމަދު
29 ސެޕްޓެމްބަރު 2026

ގޫގުލް މެޕްސް އިން އަލަށް އާންމުކުރި ސެޓެލައިޓް ފޮޓޯތަކުން ޣައްޒާ ސުންނާފަތިވެފައިވާކަން ހާމަވެއްޖެ

29 ސެޕްޓެމްބަރު 2026
ގޫގުލް މެޕްސް އިން އަލަށް އާންމުކުރި ސެޓެލައިޓް ފޮޓޯތަކުން ޣައްޒާ ސުންނާފަތިވެފައިވާކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް