Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްމާލެ

އަނެއްކާވެސް ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓަންޓުން ހޯދަން އިއުލާނު ކޮށްފި

30 ޖޫން 2026 | އަންގާރަ 12:04

ރަސްމާލެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ކޮންސަލްޓަންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން އަލުން އިޢުލާނުކޮށްފި. މި މަސައްކަތުގެ ދަށުން ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނާއި ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ގާއިމުކުރުމުގެ ކަންކަން ތަރުތީބުކުރާނެ ކަމަށް ބުނޭ. ބިން ހިއްކުމުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ތެލުގެ އަގު އުފުލުމުގެ ސަބަބުން ލަސްވި މި މަޝްރޫޢު މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނޭ.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 12:04
ރަސްމާލެ ހިއްކުމުގެ މަޝްރޫއު

ރަސްމާލެ ހިއްކުމުގެ މަޝްރޫއު | އެމްއޭސީއެލް

ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.

ކުރިން މިކަމަށް ކުރި އިއުލާނަށް ވީގޮތެއް އެނގިފައިނުވާއިރު، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް، ކޮންސަލްޓަންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމަށް، ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.

ހުސްވި އަހަރު މިމަސައްކަތައް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާނު ކުރީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިންނެވެ. އެ ފަހަރުގެ އިއުލާނުގައި ވަނީ ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ޕްރޮޕޯސަލް، 2025 އޮކްޓޫބަރު 14 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަންވާނެ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން މިފަހަރު ކުރި އިއުލާނުގައި ރަސްމާލޭގެ ކޮންސަލްޓަންސީ މަސައްކަތަށް ބިޑް ހުށައެޅުން އޮންނާނީ ޖުލައި މަހުގެ 13 ވަނަ ދުވަހު، 10:00ގައި ކަމަށް ބުނެފައިވެ އެވެ.

ކޮންސަލްޓަންސީ މަސައްކަތަށް ހުޅުވާލާފައިވަނީ ބޭސްލައިން ސްޓަޑީ ހެދުމާއި އަރބަން ޑިވެލޮޕްމަންޓް ފްރޭމްވަރކް އެކުލަވާލުމާއި ބިން ބޭނުންކުރާނެގޮތުގެ ޕްލޭން އެކުލަވާލުމާއި ހިއްކާ ބިން ހިމާޔަތްކޮށް ތަރައްޤީކުރުމުގެ މަސައްކަތްތަކާ ކަމާގުޅޭ އިދާރާތަކާއި ފަރާތްތައް ގުޅިގެން މަސައްކަތްތައް ރާވާ ކުރިއަށްގެންދާނެ ގޮތުގެ ކަންކަން ތަރުތީބުކުރުމަށް ކަމަށް ބުނެފައިވެ އެވެ. މާސްޓަރ ޕްލޭންގެ ދަށުން، ރަސްމާލޭގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތައް ކުރުމާއި ޔުޓިލިޓީގެ ޚިދުމަތުގެ ޕްލޭނާއި ދަތުރުފަތުރާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ އެކްސިސިބިލިޓީއަށްވެސް ބަލާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

ޑިސެމްބަރު 2023 ގައި އިޢުލާނުކުރި ރަސްމާލެ މަޝްރޫޢުގެ މަޤްޞަދު ކަމަށް ސަރުކާރުން ބުނެފައިވަނީ 1,153 ހެކްޓަރަށްވުރެ ބޮޑު ބިމެއް ހިއްކައި، އެތައް ހާސް ރައްޔިތުންނަކަށް އާބާދުވެވޭނެ ފަދަ ސިޓީއެއް ބިނާކުރުމެވެ. މި ތަރައްޤީގެ ތެރޭގައި މީހުން ދިރިއުޅޭ އަވަށްތަކާއި، ވިޔަފާރި ސަރަޙައްދުތަކާއި، އާންމު ބަގީޗާތަކާއި، ދަތުރުފަތުރުގެ ނިޒާމުތަކުގެ އިތުރުން، ދިގުމުއްދަތުގެ އާބާދީއަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ވައުދާއެކު ފެށިތާ ދެ އަހަރާއި ބައި ވެފައިވާއިރު، މި މަޝްރޫޢު ނިންމުމަށް މިހާރު ވަނީ ފަސްވަނަ ފަހަރަށް ސުންގަޑިއެއް ކަނޑައަޅާފަ އެވެ.

ރަސްމާލެ މަޝްރޫއު (ވީޑިއޯ: އެމްއޭސީއެލް)

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހިނގާ ޖޫން މަހުގެ 29 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ އެކު ސަރުކާރަށް ފުރަތަމަ ކަނޑައެޅި ސުންގަޑިއަށް މަސައްކަތް ނިންމާނުލެވުނު ކަމަށެވެ.

އެހެން ނަމަވެސް، މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން، އެންމެ ލަސްވެގެން ވެސް މި މަސައްކަތް ނިންމާލާނެ ކަމަށެވެ.

"އަޅުގަނޑުމެން ލަފާކުރަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ބިން ހިއްކުމުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މެދުކަނޑާލާފައި އޮތް މި މަޝްރޫޢުގެ މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރަސްމާލެ މަޝްރޫޢު އިފްތިތާޙުކުރީ 18 ޑިސެމްބަރު 2023 ގައެވެ. އެ މަޝްރޫޢު ފެށީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް، އަށް މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާނެ ކަމުގެ ވައުދާއެކުގަ އެވެ.

ރަސްމާލެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގމާސްޓަރ ޕްލޭންމިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
29 ޖޫން 2026

އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!

29 ޖޫން 2026
އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!
09 ޖޫން 2026

އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް

09 ޖޫން 2026
އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް
06 ޖޫން 2026

ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު

06 ޖޫން 2026
ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު
26 މެއި 2026

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

26 މެއި 2026
ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް
22 މެއި 2026

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

22 މެއި 2026
2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު
18 މާރިޗު 2026

ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ

18 މާރިޗު 2026
ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ
01 މާރިޗު 2026

ބިން ހިއްކާއިރު ކިސަޑު އާދޭ، އެ މަންޒަރު ފެންނަން ވެސް ފެނޭ، އެކަމަކު ބިން ހިއްކަން ޖެހޭ: މިނިސްޓަރު ތޯރިގް

01 މާރިޗު 2026
ބިން ހިއްކާއިރު ކިސަޑު އާދޭ، އެ މަންޒަރު ފެންނަން ވެސް ފެނޭ، އެކަމަކު ބިން ހިއްކަން ޖެހޭ: މިނިސްޓަރު ތޯރިގް
23 ފެބުރުއަރީ 2026

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް