Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމާވެއްޓަށް ލިބޭ ގެއްލުން

ބިން ހިއްކާއިރު ކިސަޑު އާދޭ، އެ މަންޒަރު ފެންނަން ވެސް ފެނޭ، އެކަމަކު ބިން ހިއްކަން ޖެހޭ: މިނިސްޓަރު ތޯރިގް

ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ކަނޑުފަޅުތަކަށް ކިސަޑު ފެތުރި ތިމާވެއްޓަށް ގެއްލުންވާކަން ގަބޫލުކުރައްވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި. ނަމަވެސް، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ބިން ހިއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ތިމާވެއްޓަށް ލިބޭ ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް މިފަދަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި. ރަސްމާލެ އާއި ހުޅުމާލެ ފޭސް 3 ހިއްކުމުގެ ތެރޭގައި ފަރުތަކަށް ކިސަޑު ފެތުރޭ މަންޒަރު ފެންނަ ފޮޓޯތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 14:19
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ތިމާވެއްޓާ ބެހޭ ވަޒީހު ތޯރިގް އިބްރާހިމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ތިމާވެއްޓާ ބެހޭ ވަޒީހު ތޯރިގް އިބްރާހިމް | އެންވަރަންމަންޓް މިނިސްޓްރީ

ބިން ހިއްކާއިރު ކިސަޑު އަންނަ ކަމަށާ އެ މަންޒަރުތައް ފެނިވަޑައިގަތް ނަމަވެސް ބިން ހިއްކުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށްޓާ ބެހޭ ވަޒީހު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު އެހެން ވިދާޅުވީ އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސަރަހައްދުގެ ކިލަނބުކަން ޑްރޯން ފޮޓޯތަކާއި މަތިންދާ ބޯޓުތަކުގެ އިތުރުން ސެޓަލައިޓު ފޮޓޯތަކަށް ވެސް އަރާފައިވާއިރު ޚާއްސަކޮށް ރަސްމާލެ ސަރަހައްދަށް ބޭރުގެ ކުންފުންޏެއްގެ ބޮޑު ޑްރެޖަރުން ވެލި އަޅަމުންދާ އިރު ފަރުމައްޗަށް ކިސަޑު ފައިބައިގެން ދާ މަންޒަރު ފެންނާތީ އެކަމާ ގުޅިގެން ރާއްޖެޓީވީ އިން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އެ ހުރިހާ މަންޒަރެއް ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. ފޮޓޯ ތަކުންނާ ދަތުރު ކުރައްވާއިރު އެ މަންޒަރުތައް ފެނިވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑަށް ވެސް ފެނިފަ ހުރީ ފޮޓޯ ތައް. ނުފެނެއެކޭ ނުދަންނަވަން. މަތިން ދާއިރުވެސް ފެނޭ. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީހު ތޯރިގް އިބްރާހިމް

މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް ބިން ހިއްކުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ގެދޮރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެސް އެކަން ކުރަން ޖެހޭ އިރު ބިން ހިއްކުން ފަދަ ކޮންމެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ވެސް އޭގެ ސަބަބުން ކޮންމެވެސް ވަރަކަށް ތިމާވެއްޓަށް ގެއްލުންވާ ޕްރޮޖެކްޓުތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ބިން ހިއްކާއިރު ކިސަޑު އަންނާނެ. އެކަމު ބިން ހިއްކުމަކީ ވެސް ކުރަން ޖެހޭ ކަމެއް. އެއީ އަޅުގަނޑުމެންގެ ގެދޮރު އެޅުމަށް އެބަ ޖެހޭ ބިން ހިއްކަން. އެއީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލު ކުރާ ކަމެއް. ރާއްޖޭގަ ގެދޮރުވެރިކަން އެބަ ބޭނުންވޭ ކަން. ބިން ހިއްކާފަ، ކުރިއަށް އޮތް ތަނުގަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރިއަށް ވުރެ ރަނގަޅަށް ބިން ހިއްކައިގެން އަޅުގަނޑުމެން ތަންތަން އުފައްދަން ޖެހެނީ. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީހު ތޯރިގް އިބްރާހިމް

މިނިސްޓަރު ވިދާޅުވީ އެހެން ކަމުން މިކަންކަން ކުރުމުގައި ބަލަނީ އެންމެ ގެއްލުން ކުޑަކޮށް އެކަމެއް ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުމަކީ ކޮބައިތޯ ބަލައި، އެ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަމުން ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މާލެ ސަރަހައްދުގެ ކިލަނބުކަން ޑްރޯން ފޮޓޯތަކާއި މަތިންދާ ބޯޓުތަކުގެ އިތުރުން ސެޓްލައިޓު ފޮޓޯތަކަށް ވެސް އަރަ އެވެ. ޚާއްސަކޮށް ރަސްމާލެ ސަރަހައްދަށް ބޭރުގެ ކުންފުންޏެއްގެ ބޮޑު ޑްރެޖަރުން ވެލި އަޅަމުންދާ އިރު ފަރުމައްޗަށް ކިސަޑު ފައިބައިގެން ދާ މަންޒަރު ފެންނަ ވިީޑިއޯތައް ވަނީ ރަސް،ީ މިޑީއާތަކުގައި ވެސް ދައުރުވެފަ އެވެ. އޭގެ އިތުރުން ފޭސް ތިނެއް ހިއްކުމަށް އަޅަމުންދާ ވެލީގެ ސަބަބުން އުފެދޭ ކިސަޑާއި އޮޅަ ހުޅުމާލެ ފަޅުން ބޭރުވެ ހުޅުލޭގެ ފަޅާއި އެ ދިމާ ބޭރަށް ފެތުރޭ މަންޒަރުތަކުގެ ވީޑިއޯ ވެސް އާންމުވެފައިވާ އިރު ކިސަޑާއި ވެލި ގުޅި އަދި މާފުށީގެ އިތުރުން އެ ހިސާބުގައިވާ ފަޅުތަކާއި އެ ފަޅުތަކުގައި ހުރި ރިސޯޓުތަކުގެ ފަރަށް ފެތުރި އެކަމުގެ ކަންބޮޑުވުން ވެސް ގިނަބަޔަކު ވަނީ ފާޅު ކޮށްފަ އެވެ. 

މި މަޝްރޫއުތަކާ ގުޅިގެން ތިމާވެށީގެ މައްސަލަތަކުގައި މިހާތަނަށް ކިހާ ޝަކުވާއެއް ލިބިފައިވޭތޯ އާއި އެކަމާ ގުޅިގެން ކޮންޓްރެކްޓަރަށް އެއްވެސް ފިޔަވަޅެއް އެޅިންތޯ ރާއްޖެޓީވީ އިން  މީގެ ކުރިން ވެސް މިނިސްޓަރާ ސުވާލު ކުރި ނަމަވެސް މިނިސްޓަރު ވަނީ ކުރި މެސެޖަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. 

ތޯރިގް އިބްރާހީމް ރަސްމާލެ ހުޅުމާލެ މާފުށިތިމާވެށީގެ ގެއްލުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

01 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

26 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

25 ފެބުރުއަރީ 2026
ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

25 ފެބުރުއަރީ 2026
5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު