Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްމާލެ

އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް

ރާއްޖޭގެ މާލީ ނިޒާމު ބަލަހައްޓަން ނޭނގުމުގެ ސަބަބުން ދައުލަތުގެ ކުންފުނިތަކުގެ ހިންގުމަށް ބުރޫއަރައި، ގެއްލުމުގައި ހިނގަން ޖެހިފައިވާ ކަމަށް އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލް ވިދާޅުވެއްޖެ. ދައުލަތުގެ ކޭޝްފްލޯއަށް ނުބަލައި ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ފެށުމަކީ ސަރުކާރުގެ ނާގާބިލްކަން ހާމަވާ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ވެސް ހުއްޓިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ރަސްމާލެ މަޝްރޫއު ނިންމައި އެތަނުގައި އާބާދުވެވޭނެ ކަމުގެ އުއްމީދު ރައްޔިތުންގެ މެދުގައި ވަނީ ކުޑަވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ޖޫން 2026 | އަންގާރަ 05:07
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކްރީސްޓަބަލް ކޮލޯން އިން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 1، 2025 ގައި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކްރީސްޓަބަލް ކޮލޯން އިން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 1، 2025 ގައި | އެކްސް

އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް މި ސަރުކާރުން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު ވެސް 3 އަހަރު ވެގެންދާ އިރު އަދި ހިއްކާ ނުނިމޭ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ނިޒާމަށް ބަލާއިރު މުޅި ނިޒާމު ހަލާކުވެގެން ދިޔަ އިރު ވެސް ސަރުކާރުން އެކަމަށް އަޅަން ޖެހޭ ރަނގަޅު ޒިންމާދާރު ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން މީގެ ކުރިން ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުނިތައް މިއަދު ނުހިނގާ ކަމަށާއި ފައިދާގައި ހިންގަމުން އައި ކުންފުނިތައް ގެއްލުމުގައި ހިންގަމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ދިވެހިރާއްޖޭގެ ވަރަށް ރަނގަޅު ރެވެނިއުއެއް، ވަރަށް ރަނގަޅު އިންކަމް އަކާ އެކީގައި ރަނގަޅު ފައިދާތަކެއް ލިބެމުން އައި ކުންފުނިތައް މިހާތަނަށް، ސްޓޭބަލްކޮށް ހިނގަމުން އައި ކުންފުނިތަކުގެ ހާލަތު، އެ ކުންފުނިތަކުގެ އެމްޑީންނަށް ވެސް ކިޔައިދޭން ނޭނގޭ ހާލަތަށް  އެ ކުންފުނިތަކުގެ ހާލަތު ވަނީ ގޮސްފަ. ދިވެހިރާއްޖޭގެ ފައިނޭންޝަލް ނިޒާމް މެނޭޖްކުރަން ނޭނގުމުގެ ނަތީޖާއަކީ ތި ވިދާޅުވި ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމަށް އިމާރާތްކުރަން ޖެހުން. އެމްއޭސީއެލް އިން ރާއްޖޭގެ ފަޅުތައް ފުންކުރަން ޖެހުން. ނުހިނގާނެ ކަން 100 ޕަސެންޓް ޔަގީންކަމާއެކު އަޅުގަނޑުމެންނަށް އެނގޭ ވަރުގެ ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ސަރުކާރުގެ ނެތް ފައިނޭންޝަލް ސްޓްރެންތެއްގައި މިސާލަކަށް މިތާކައިރީގައި އޮތް ރަސްމާލެ ކިޔާ ރަށެއް ހިއްކައި، އިންތިހާއަށް ބޮޑެތި ޚަރަދުތަކެއް. އަޅުގަނޑުމެންގެ ދައުލަތުގެ ސްޓްރެންތެއް ނެތޭ. އަޅުގަނޑުމެންގެ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކޮށްގެން އެއަށް ޚަރަދު ކުރާނެ އިންތިޒާމެއް ނެތޭ. އެވަރު އިންކަމް އެއް ދައުލަށް ޖެނެރޭޓެއް ނުކުރެވޭ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުއްސަމަދު 

ހަމައެކަނި ރަސްމާލެ މަޝްރޫއަށް ބެލި ނަމަވެސް ފެންނަނީ މި ސަރުކާރުގެ ނާގާބިލްކަން ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަސްމާލެ ހިއްކުމަށްޓަކައި ދުނިޔޭގެ އެކި ތަންތަނުން ބޮޑެތި ޑްރެޖަރުތައް ގެނަސްގެން ވެސް އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށެވެ. އަދިވެސް އެ ފަސްގަނޑު ހިއްކާ ނުނިންމޭއިރު އެތަނުގައި މީހުންނަށް ދިިރިއުޅެން ފެށޭނެ ދުވަހެއް އެނގޭ މީހަކު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ 18 ޑިސެންބަރު 2023 ގަ އެވެ. އަދި އެތަން 8 މަސް ދުވަހުން ހިއްކައި ރަސްމާލެ ނަމުގައި ތަރައްގީ ކުރާނެ ކަމަށް އޭރު ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭގެފަހުން މިމަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް އެތައް ދުވަހަކު މެދުކެނޑިފައި އޮތެވެ.

މި މަޝްރޫއާ ގުޅޭގޮތުން މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާތަނަށް ރަސްމާލޭގެ 60 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި މި އެތަނުން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މުޅި ރާއްޖޭގެ ތަރައްގީ ހުއްޓިފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫއާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުންފާޅު ކުރެ އެވެ. ކުރިއަށް އޮތް 10 ނުވަތަ 12 އަހަރުގެ ތެރޭގައިވެސް ފުށިދިއްގަރު ފަޅު ހިއްކައި، އެތަނުގައި އަސާސީ ޚިދުމަތްތައް ގާއިމުކޮށް، ރަނގަޅު ދިރިއުޅުމެއް ފެށިދާނެ ކަމުގެ އެއްވެސް އުއްމީދެއް މިހާރު ރައްޔިތުންގެ ނެތް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.  

ރަސްމާލެ އެމްޓީޑީސީތަޒްމީލް އަބްދުއްސަމަދުޑރ. މުޙައްމަދު މުޢިއްޒުފުށިދިއްގަރު ފަޅު

އިތުރަށް ކިޔާލަން

08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
08 ޖޫން 2026

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި
08 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
08 ޖޫން 2026

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

08 ޖޫން 2026
އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު