Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރި ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ތުހުމަތު ކުރެއްވި. މީގެ އިތުރުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދެނީ އަމިއްލަ މަސްލަހަތާއި ސިޔާސީ ލެގަސީއަށް ކަމަށް ވިދާޅުވެ އާޒިމް ވަނީ ފާޑުވިދާޅުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:22
މާލޭގެ މޭޔަރ އާދަމް އާޒިމް ރާއްޖެ ޓީވީ އަށް އިންޓަރވިއު ދެއްވަނީ.

މާލޭގެ މޭޔަރ އާދަމް އާޒިމް ރާއްޖެ ޓީވީ އަށް އިންޓަރވިއު ދެއްވަނީ. | ރާއްޖެ އެމްވީ

މި ސަރުކާރުން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިންތިހާ އަށް ކުޑަކޮށްފި، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ ކަމަށް މާލޭގެ މޭޔަރ އަދި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ކައުންސިލްގެ ސިވިލް މުވައްޒަފުންނަށް ވެސް މުސާރަ ބޮޑުކޮށްދީފައިވާ ކަމަށް ދާދި ފަހުން ސަރުކާރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިން ކަމަށް ބުނެ ސަރުކާރުން ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ދޮގު ވާހަކަތައް ކަމަށެވެ. އެތައް ބައިވަރު ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަ ކުޑަ ވުމުން އެ ޝަކުވާ ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

"މިއަދު މި ލިބެނީ ދޮގުހަދާ އޮޅުވާލާ މީހުންނަށް ނޫނެކޭ ބުނަން ރަނުގެ ފުރުސަތެއް އެ ފުރުސަތުގެ ބޭނުން ހިއްޕަވަންވީ. ރައްޔިތުންނަށް އޮޅުވާލާ މީހުންނަށް ފުރުސަތު ދީގެން ނުވާނެ." އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ އަމިއްލަ އެދުން އިސްކުރާ އުސޫލުން ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމާއި ، ބޯހިޔާވަހިކަމުގެ އެހެނިހެން ޕްރޮޖެކްޓްތައް ނިންމުމުގައި ވެސް ސަރުކާރުން ގެންގުޅެނީ ސަރުކާރުގެ މަސްލަހަތު އިސްކުރުމުގެ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ. 10 ފޫޓު 10 ފޫޓު ކޮޓަރީގައި ރައްޔިތުން ހާލުގައި ތިއްބާ، އަމިއްލަ ލެގަސީ އަށް ރަސްމާލެ އަށް ޚަރަދު ކުރުމަކީ ރައްޔިތުން އިސްނުކުރުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ރައްޔިތުން އެހާ ހާލުގައި ތިއްބާ އެ ކަންބޮޑުވުންތައް ހައްލު ނުކޮށްދީ ދެން މި ކުރާ ކަންކަމަކީ މިއީ ސަރުކާރުގެ މަސްލަހަތު އިސްކުރުން. ރައްޔިތުންގެ ކަންބޮޑުވުންތައް މުހިންމު ނުވާ ބަޔަކަށް ރައްޔިތުންނަށްޓަކާ ކޮށްދެވޭނެ ކަމެއް ނޮ އޮންނާނެ." އޭނާ ވިދާޅުވި އެވެ.

އާދަމް އާޒިމްމާލެއެމްޑީޕީސިވިލް ސަރވިސްރަސްމާލެ ލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2026

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

23 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް
23 ފެބުރުއަރީ 2026

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

23 ފެބުރުއަރީ 2026
މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް
22 ފެބުރުއަރީ 2026

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"

22 ފެބުރުއަރީ 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"
22 ފެބުރުއަރީ 2026

މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

22 ފެބުރުއަރީ 2026
މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް
22 ފެބުރުއަރީ 2026

ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ

22 ފެބުރުއަރީ 2026
ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު