Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މިގޮތުން އަތޮޅުތެރޭގެ ހައުސިންގ މަޝްރޫޢުތަކާއި ރަސްމާލެ ބިންހިއްކުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށާއި، ބޭންކުތައް މެދުވެރިކޮށް ލުއި ލޯނު ސްކީމްތަކާއި ފައިނޭންސިންގ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް މުއިއްޒު ވިދާޅުވި. މީގެ އިތުރުން، ގޯއްޗާއި ފްލެޓްގެ ލިސްޓުތައް ފުރިހަމައަށް ވެރިފައިކުރުމަށްފަހު، އެއްވެސް ނުފޫޒެއް ނެތި ހާމަކަން ބޮޑު ގޮތެއްގައި ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 10:18
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް  ނިންމަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި. | ރައީސް އޮފީސް

ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމުގައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ނިންމައި، ރައްޔިތުންނާ ހަވާލުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޯމަ ދުވަހުގެ ހެނދުނު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޝްރޫޢުތައް ހަމައެކަނި ނިންމުމުގެ ބަދަލުގައި، ފްލެޓްތައް ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެ ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ކުރީގެ ސަރުކާރުތަކުން ފެނިފައިނުވާ މިންވަރަށް މި ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުކުރެއްވި 13 ރަށެއްގެ ހައުސިންގ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ނިމި، މާލީ އިންތިޒާމުތަކާއި އެޑްވާންސް ފައިސާ ދޫކުރުމުގެ ކަންކަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހުޅުމާލެއާއި ވިލިމާލޭގައި ހިންގާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހައުސިންގ ފައިނޭންސް މަޝްރޫޢުތައް ވެސް ހިމެނޭއިރު، އަންނަ ޖުލައި މަހު، އެއް މަޝްރޫޢެއް ފިޔަވައި އެހެން ހުރިހާ މަޝްރޫޢެއްގެ ބިންގާ އެޅުމާއި ކޮންކްރީޓް މަސައްކަތްތައް ފަށައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރު ބީއެމްއެލް މެދުވެރިކޮށް ދޫކުރި އެފޯޑަބަލް ހައުސިންގ ލޯން ސްކީމްތައް މި އަހަރު ވެސް ކުރިއަށްގެންދަވާނޭ ކަމަށެވެ. އަދި ހައުސިންގ ޓްރަސްޓް ފަންޑު އިތުރަށް ފުޅާކޮށް، އާންމު ރައްޔިތުންނަށް ގެދޮރު އެޅުމަށް ފަސޭހަ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން، އިކުއިޓީ ފައިނޭންސިންގ ގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ފަންޑު ފުޅާކުރުމަށް އަންނަ އަހަރުގެ ބަޖެޓުން ޖާގަ ހޯދުމުގެ އިތުރުން، މިހާރު ހުރި ފަންޑު ބޭނުންކޮށްގެން ވެސް މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ބޭންކުތައް މެދުވެރިކޮށް އިމާރާތްތައް އެޅުމަށް ފަސޭހަ މާލީ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅުތަކުގައި ހުއްޓިފައި ހުރި އެހެނިހެން މަޝްރޫޢުތައް އަލުން ފަށައި، އިތުރު މާލީ މޮޑެލްތަކާއެކު އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ހުއްޓިފައިވާ ކުޅުދުއްފުށީގެ 400 ހައުސިންގ ޔުނިޓްގެ މަޝްރޫޢު އަލުން ފަށައި، އެ މަސައްކަތް ޕްރައިވެޓް ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ އެއްބަސްވުމުގެ މަރުހަލާ މި ހަފުތާގައި ނިމޭނެ ކަމަށާއި، ހަމަ އެ ރަށުގައި ހިންގާ އަތޮޅުތެރޭގެ އެންމެ ބޮޑު ހައުސިންގ މަޝްރޫޢު ކަމަށްވާ، 2000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު، ދެ އަހަރުބައިން ނިންމުމަށް ރާއްވަވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރަސްމާލޭގެ ބިންހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށައި، މި އަހަރުގެ ފަހުކޮޅު ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ލިސްޓުތައް އާންމުކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ލިސްޓުތައް އާންމުކުރުމުގެ ކުރިން ފުރިހަމައަށް ވެރިފައިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތާ ޚިލާފަށް، މި ސަރުކާރުން މިކަން ކުރިއަށްގެންދަނީ ހާމަކަން ބޮޑުކޮށް، އިންތިޒާމުތަކުގެ ތެރެއިން ކަމަށާއި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހައްގުވެރިންނަށް ގޯއްޗާއި ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ، އެހެން ސަރުކާރުތަކުން ނުކުރާ މިންވަރަށް ނަތީޖާ ނެރެދީ، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ފުރިހަމަ ހާމަކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެއްކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުބޯހިޔާވަހިކަންހުޅުމާލެ ކުޅުދުއްފުށިރަސްމާލެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ ޖޭޕީމޯގަންއަށް ވިއްކާލަން އުޅޭ ކަމަށާއި، ރަސްމާލެއިން ބޭރުގެ ކުންފުންޏަކަށް ބިން ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ދޮގުކުރައްވައިފި. ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މިއީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް.

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
29 ޖޫން 2026

ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!

ލާމު އަތޮޅުގައި އަލަށް ތަރައްޤީކުރާ އެއާޕޯޓު އިސްދޫކަލައިދޫގައި އެޅުމަށް ނިންމީ އިޤްތިސާދީ ގޮތުންނާއި ޚަރަދުގެ ގޮތުން އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މި ނިންމުމާ ގުޅިގެން މާވަށު ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިފައިވާއިރު، އެ ރަށުގެ ރައްޔިތުން ދަނީ އެއާޕޯޓު އެޅުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުން.

29 ޖޫން 2026
ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!
29 ޖޫން 2026

އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ބޮޑު ބައެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައި، މީހުން ވައްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި. މި އަހަރުގެ ތެރޭގައި ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެކަން ފާހަގަކުރައްވައި، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށާއި ފްލެޓް ލިސްޓުވެސް މިއަހަރު އިއުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.

29 ޖޫން 2026
އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!
28 ޖޫން 2026

ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުން މި ހިތާމަވެރި ދަނޑިވަޅުގައި ސަޢޫދީއާއެކު ސާބިތުކަންމަތީ ތިބިކަން ހާމަކުރައްވައި، ވަކިވެދިޔަ މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައި. މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައި.

28 ޖޫން 2026
ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި 27 ފުލުހަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުލައާއި މެޑަލް ހަވާލުކޮށްދެއްވާފައި. މީގެ ތެރެއިން 20 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިވަޑައިގަތްއިރު، އިސް ހަތް އޮފިސަރަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވާފައި. މެޑަލް ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ތިން އެސިސްޓަންޓް ކޮމިޝަނަރުންނާއި، ދެ ޗީފް ސުޕްރިންޓެންޑެންޓުންގެ އިތުރުން ދެ ސުޕްރިންޓެންޑެންޓުން ހިމެނިވަޑައިގަންނަވާ.

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު