Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓާއި ގޯތި

އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ބޮޑު ބައެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައި، މީހުން ވައްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި. މި އަހަރުގެ ތެރޭގައި ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެކަން ފާހަގަކުރައްވައި، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށާއި ފްލެޓް ލިސްޓުވެސް މިއަހަރު އިއުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖޫން 2026 | ހޯމަ 08:05
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން.

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން. | ރައީސް އޮފީސް

ސަރުކާރުން ހިންގަމުންދާ ހައުސިންގ މަޝްރޫއުތަކުގެ ބޮޑު އިންސައްތައެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

 ރައީސް މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރެވި އޮތް ކަމެއް ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިންގ ޕްރޮޖެކްޓްތައް ނިންމައި، އެ ފްލެޓްތަކަށް ނުވަތަ ހައުސިންގ ޔުނިޓްތަކަށް މީހުން ވައްދައިދިނުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އަމަލީ ގޮތުން ފްލެޓް އެޅުމުގެ އަދި ހައުސިންގ ޔުނިޓް އެޅުމުގެ ވަރަށް ބޮޑު ކުރިއެރުންތަކެއް މި އަހަރު ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އަދި ހައުސިންގ ވައުދަކީ އެންމެ ސަމާލުކަން ދީގެން ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށާއި، އެފޯޑަބަލް ހައުސިންގ ލޯން ސްކީމްގެ ތެރެއިން މި އަހަރުވެސް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ތެރެއިން ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ މަޝްރޫޢުތައް ހިންގަން ހަވާލުކޮށްފައިވާއިރު، މިހާރު އެ މަޝްރޫޢުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ހަމަޖައްސާދީ، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ 2028 ގެ މެދަކާއި ހަމައަށް ދާއިރު، ހައުސިންގ މަޝްރޫއުތަކުގެ ވަރަށް ބޮޑު އިންސައްތައެއް ނިމެނޭ ކަމަށާއި، ހައުސިންގ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު، މި ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަސްމާލެ 60 އިންސައްތައަށް ހިއްކާ ނިމިފައިވާ ކަމަށާއި، އެ މަސައްކަތަށް މަޑުޖެހުމެއް އައީ ތެލުގެ ދަތިކަމާއި ޚަރަދުގެ ދަތިކަން ކުރިމަތިވުމުން ކަމަށެވެ. އަދި މިއަހަރު ނިމެންވާއިރު އެ މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދު ކުރެވޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، 2028 ގެ މެދުތެރެއަށްދާއިރު، މާލެ ސަރަޙައްދުގައި އަޅާ ހުރިހާ ފްލެޓެއް ނިންމޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރުގެ ތެރޭގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފްލެޓު ލިސްޓުވެސް ނެރުއްވާނެކަމަށެވެ.

2028 އަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރަށްވާއިރު، އިންތިޚާބާ ދިމާކޮށް ސަރުކާރުތަކުގެ ފަހު އަހަރު ތެރޭގައި މަޝްރޫއުތަކުގެ މަސައްކަތްތައް ހިނގާތީ އެކަމަށް ފާޑުކިޔުމަށްފަހު ވެރިކަމަށް އައިސް ރައީސް މުއިއްޒުވެސް މި ކަންކަން ކުރައްވަނީ ހަމަ އެހެން ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުރަސްމާލެ ރާއްޖޭގެ ބޭންކުތައްއެފޯޑަބަލް ހައުސިންގ ލޯން ސްކީމް

އިތުރަށް ކިޔާލަން

28 ޖޫން 2026

ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

28 ޖޫން 2026
ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
27 ޖޫން 2026

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

27 ޖޫން 2026
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
26 ޖޫން 2026

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026
އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު
26 ޖޫން 2026

އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު

26 ޖޫން 2026
އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު
25 ޖޫން 2026

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު

25 ޖޫން 2026
ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު