Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑީބީއެމް

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ ޖޭޕީމޯގަންއަށް ވިއްކާލަން އުޅޭ ކަމަށާއި، ރަސްމާލެއިން ބޭރުގެ ކުންފުންޏަކަށް ބިން ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ދޮގުކުރައްވައިފި. ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މިއީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖޫން 2026 | ހޯމަ 08:12
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން | ރައީސް އޮފީސް

މި ސަރުކާރުން އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާ، އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ޖޭޕީމޯގަން ޗޭސް އެންޑް ކޯ އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.

ރައީސް މިކަން ދޮގުކުރެއްވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް "ގޮސިޕް" އެއް ކަމަށެވެ. އަދި މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް މުޖުތަމައުގައި ވަރަށް ބޮޑަށް ފެތުރިފައިވާކަން ފާހަގަކުރައްވައި، އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަސްމާލެއިން ޔޫއޭއީގެ ކުންފުންޏަކަށް "ޕާލް ރެސިޑެންސް" ޕްރޮގްރާމް ހިންގުމަށްޓަކައި ބިމެއް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަސްމާލޭގެ އެއްވެސް ސަރަހައްދެއް އެފަދަ ޕްރޮގްރާމެއް ހިންގުމަށް އެއްވެސް ބަޔަކަށް ދިނުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކުގެ ކަންތަކުގައި ދެކެވޭ ވާހަކައަކީ ވެސް ތެދު ވާހަކައެއް ނޫން ކަމަށެވެ. އަދި ޖޭޕީ މޯގަންއާ ގުޅުވައިގެން ދެކެވޭ ވާހަކައަކީ ވެސް ހަގީގަތެއް ނޫން ކަމަށާއި، މިފަދަ ކަންކަމުގައި ވަރަށް ބޮޑަށް ދޮގު ވާހަކަތައް ފެތުރިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިވެލޮޕްމެންޓް ބޭންކްގެ ކަންތަކުގަ އެއީ ތެދު ވާހަކައެއް ނޫން. ޖޭޕީ މޯގަންއާ ގުޅުވައި ވިދާޅުވި ވާހަކައަކީ ވެސް ހަގީގަތެއް ނޫން. ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް ވަރަށް ބޮޑަށް ފެތުރިފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ސަރުކާރުން ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުންކަމަށް ބުނެފައިވީނަމަވެސް، މިއަދާ ހަމައަށްވެސް މި ބޭންކުގެ މަންފާ ރައްޔިތުންނަށް ނުކުރާކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެ ބޭންކަކީ ރާއްޖޭގެ ތަރައްގީއަށް ފައިސާ ހޯދާ، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުފެއްދި ބޭންކެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މަސައްކަތް މިހާރު އޮތީ ކޮން މަރުހަލާ އެއްގައިކަންވެސް ސަރުކާރަށް ބުނެއެއް ނުދެވެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ޖޭޕީމޯގަން ޗޭސް އެންޑް ކޯޑރ. މުޙައްމަދު މުޢިއްޒުޕާލް ރެސިޑެންސްރަސްމާލެ

އިތުރަށް ކިޔާލަން

29 ޖޫން 2026

ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!

29 ޖޫން 2026
ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!
29 ޖޫން 2026

އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!

29 ޖޫން 2026
އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!
28 ޖޫން 2026

ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

28 ޖޫން 2026
ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
27 ޖޫން 2026

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

27 ޖޫން 2026
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު