Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ 60 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށާއި، މި ސަރުކާރުން މިހާތަނަށް އެކި ރަށްރަށުން 1100 ހެކްޓަރަށްވުރެ ގިނަ ބިން ހިއްކާފައިވާ ކަމަށް. މީގެ އިތުރުން ވެސް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ފިނިޝިންގެ މަސައްކަތް ފިޔަވައި، ހުރިހާ މަސައްކަތެއް ނިންމާފައިވާ ގެދޮރުވެރިޔާ ފްލެޓްތަކާ ގުޅޭގޮތުން ވެސް ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ބޮޑު ބައެއް ނިންމީ މިސަރުކާރުން ކަމަށް. ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މުޅި ރާއްޖޭގެ ތަރައްގީ ހުއްޓިފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 08:51
ބުރާސްފަތި ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ބުރާސްފަތި ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ 18 ޑިސެންބަރު 2023 ގަ އެވެ. އަދި އެސިޓީ 8 މަސް ދުވަހުން ހިއްކާ ރަސްމާލެ ނަމުގައި ތަރައްގީ ކުރާނެ ކަމަށް އޭރު ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭގެފަހުން މިމަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް އެތައް ދުވަހަކު މެދުކެނޑިފައި އޮތެވެ.

Advertisement - newsAdvertisement

މިމަޝްރޫއާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ރަސްމާލޭގެ 60 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި މި ސިޓީން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފިނިޝިންގެ މަސައްކަތް ފިޔަވައި، ހުރިހާ މަސައްކަތެއް ނިންމާފައިވާ ގެދޮރުވެރިޔާ ފްލެޓްތަކާ ގުޅޭގޮތުން ވެސް ރައީސް މުއިއްޒު ވާހަކަ ދެއްކެވި އެވެ. 

އެމަނިކުފާނު ވިދާޅުވީ އެމަޝްރޫއުގެ ބޮޑު އިންސައްތައެއް ނިންމީ މިސަރުކާރުން ކަމަށެވެ. 

ރަސްމާލެ އަޅުގަނޑު މި ހިއްކަން މި ފެށީ. އެއީ، މިތާ ކައިރި ހިއްކުން ހިއްކައި ނިމުނީ. ރަސްމާލެ އާއި، ދެން އުތުރު ތިލަފަޅާ. އެހެންވީމާ، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު އެ ގާތްގަނޑަކަށް 60 ޕަސެންޓް ނިމުނީ. ދެން އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް ގޮސް ނިންމާލެވޭނެ. އެތަނުން ގޯތި ބޭނުންވާ އެންމެންނަށް މިހާރު އެތި ސްކީމެއް ހުޅުވާލާފައި، އެއަށްވެސް ކުރިމަތިލަމުން އެބަދޭ. ދެން މި މަހުގެ ނިޔަލަށް މިއޮތީ ޑެޑްލައިން. ކުރިމަތިލުމުގެ ޑެޑްލައިން. އަޅުގަނޑުގެ މި އަމާޒަކީ، އަޅުގަނޑުމެން ދޭން ގޯތިދޭނީ ބިން ހިއްކާފައި ކަމަށް. މިދިޔަ ސަރުކާރުން ގޯތިދިނިއިރުގައި ހިއްކިފައި އޮތޯ ނުވެ ބަލާ. ދެން އަޅުގަނޑުމެން ދެން މި ބެލީ، މިދިޔަ ސަރުކާރުން ދެން ނިމި ފްލެޓްތައް ދޭން. އެހެންވީމާ، އެ ތަންތަން ހުރީ ނުނިންމާ، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ 4000 ފްލެޓް. ދެން އެ ތަންތަން ނުނިންމާ ހުރީ. ދެން އަޅުގަނޑުމެންނާ ހަވާލުވިއިރުގައި ގާތްގަނޑަކަށް 70 ޕަސެންޓް ނުނިންމާ ހުރީ. ދެން އެ މަސައްކަތް ނިންމާ މިހާރު ހުރިހާ ފްލެޓުތަކަށް މީހުން ވައްދާފައި އެހުރީ. މިދިޔަ ސަރުކާރުގެ ލިސްޓަށް މި ދިނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ބިން ހިއްކުމުގެ މަޝްރޫއުތަަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މިސަރުޚާރުން މިހާތަނަށް 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާ ކަަމަށެވެ. 

ބިން ހިއްކުމަށް އެކަނި ބެލިކަމުގައި ވިޔަސް 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކިއްޖެ، ގާތްގަނޑަކަށް އެކާވީހަކަށް ރަށުގެ މަސައްކަތް މިއީ. ދެން މީގެތެރެއިން ބޮޑު ޗަންކެއް އޮފްކޯޒް ރަސްމާލެއަށް އެބަ ރަސްމާލެއަށް އެކަނި 500އެއްހާ ހެކްޓަރު މިހާރުވެސް ހިއްކިއްޖެ. އެހެންވީމަ ބާލީ 500 އެއީ އެހެން ރަށްރަށް. އެހެންވީމަ އެކި ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް. ބިން ހިއްކަނީ ކީއްކުރަން. ބިން ހިއްކަނީ ބިން ނެތީމަ، އޭގެ ސަބަބުން އުމްރާނީ ތަރައްގީގެ ފުރުސަތަށް ނެތީމަ، ބޯހިޔާވަހިކަމުގެ ފުރުސަތު ނެތީމަ، އެއަރޕޯޓް އަޅަންޖެހޭ ރަށުގެ އެއަރޕޯޓް އަޅާނެ ފުރުޞަތުތައް ނެތީމަ. އެހެންވީމާ، މި މަޝްރޫއަކީ ހަމަ ޚަރަދު ބޮޑު، އެހެންނަމަވެސް، އޭގެ ދެމެހެއްޓެނިވި ތަރައްގީގެ ނަޒަރިއްޔާތަކުން ބަލަންޏާ މުހިންމު މަޝްރޫއެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މުޅި ރާއްޖޭގެ ތަރައްގީ ހުއްޓިފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫއާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުންފާޅު ކުރެ އެވެ.

ރަސްމާލެ ފުށިދިއްގަރު ފަޅުއިބްރާހިމް މުހައްމަދު ސޯލިހުގެދޮރުވެރިޔާފަހި ދިރިއުޅުން ކޯޕަރޭޝަންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

21 މެއި 2026
އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު

އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު

21 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

21 މެއި 2026
އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު

އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު