Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބިލިއަނަރު ގުއޯ ވެންގުއީ

ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި

30 ޖޫން 2026 | އަންގާރަ 12:54

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ފާޑުކިޔަމުންދިޔަ މަހުޖަނު ގުއޯ ވެންގުއީ، މާލީ ބޮޑު އޮޅުވާލުމެއްގެ މައްސަލައިގައި 30 އަހަރަށް ޖަލަށްލުމަށާއި ގެއްލުންވި މީހުންނަށް 889 މިލިއަން ޑޮލަރު ދެއްކުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި. އޭނާގެ މައްޗަށް މަނީ ލޯންޑަރިންނާއި މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެފައިވާއިރު، ފަނޑިޔާރު ވިދާޅުވީ ގުއޯ މި ފައިސާ ހޯދާފައިވަނީ ޗައިނާއަށް ޑިމޮކްރަސީ ގެންނަން ބޭނުންވި މީހުންނަށް އޮޅުވާލައިގެން އަމިއްލަ މުއްސަނދި ދިރިއުޅުމެއް އުޅުމަށް ކަމަށް.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 12:54
ޗައިނާގެ މަހުޖަނު ގުއޯ ވެންގުއީ

ޗައިނާގެ މަހުޖަނު ގުއޯ ވެންގުއީ | ގެޓީ އިމޭޖަސް

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް އަޑުއުފުލަމުންދިޔަ އަދި އަމިއްލައަށް އަރުވާލެވިގެން އެމެރިކާގައި އުޅެމުންދިޔަ ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ، މާލީ ޚިޔާނާތުގެ މައްސަލައިގައި 30 އަހަރަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ފެޑަރަލް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި ގުއޯ ހިންގި މި ޚިޔާނާތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 1،000 އަށްވުރެ ގިނަ މީހުންގެ އެތައް މިލިއަން ޑޮލަރެއް ވަނީ ގެއްލިފަ އެވެ.

މީގެ ދިހަ އަހަރު ކުރިން ޗައިނާއިން ފިލައިގެން އެމެރިކާއަށް ގޮސް، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެއްގެ ގޮތުގައި މަޝްހޫރުވި ގުއޯ ވެންގުއީގެ މައްޗަށް މި ހުކުމް އިއްވީ ހޯމަ ދުވަހު މެންހަޓަންގެ ކޯޓެއްގައި ފަނޑިޔާރު އަނަލީސާ ޓޮރޭޒް އެވެ. އެއްޒަމާނެއްގައި ޗައިނާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނުނު ގުއޯގެ މައްޗަށް، ގެއްލުންވި މީހުންނަށް ބަދަލުގެ ގޮތުގައި 889 މިލިއަން ޑޮލަރު ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މީގެއިތުރުން، 2024 ވަނަ އަހަރު ޖޫރީން ވަނީ އިއްތިފާގުން ގުއޯގެ މައްޗަށް މާލީ އޮޅުވާލުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި ކުށްތަކާއި، ވަޔަރ ފްރޯޑް އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ނިންމާފަ އެވެ.

އެފްބީއައި އިން ގުއޯ ހައްޔަރުކުރީ މިދިޔަ އަހަރު، މެންހަޓަންގެ ސެންޓްރަލް ޕާކް ފެންނަ ގޮތަށް ހުންނަ އޭނާގެ އަގުބޮޑު އެޕާޓްމަންޓުންނެވެ.

ހޯމަ ދުވަހުގެ ހުކުމް އިއްވުމުގެ މަޖިލީހުގައި ފަނޑިޔާރު ޓޮރޭޒް ވިދާޅުވީ، މައިލްސް ގުއޯ އަދި ހޯ ވަން ކުއޮކްގެ ނަމުންވެސް މަޝްހޫރުވެފައިވާ ގުއޯ، އަމިއްލަ މުއްސަނދި ދިރިއުޅުމެއް އުޅުމަށްޓަކައި ފައިސާ ހޯދާފައިވަނީ ޗައިނާއަށް ޑިމޮކްރަސީ ގެންނަން ބޭނުންވި މީހުންނަށް އޮޅުވާލައިގެން ކަމަށެވެ.

ކޯޓުގައި ވާހަކަދައްކަމުން ގުއޯ ވަނީ އޭނާގެ ސިއްހީ ހާލަތާ މެދު ޝަކުވާކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކާ ގުޅޭގޮތުން ކުރުކޮށް ވާހަކަދައްކަމުން، އޭނާ އެމެރިކާއަށް އައީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ "ނައްތާލުމަށް" ކަމަށް ބުނެ އޭނާގެ އަމަލުތައް ވަނީ ދިފާއުކޮށްފަ އެވެ.

ފަނޑިޔާރު ޓޮރޭޒް ވަނީ އޭނާއަށް ލިބިފައިވާ އަނިޔާލިބުނު މީހުންގެ ސިޓީތަކުގެ ބައެއް ބައިތައް ކިޔައިދީފައެވެ. އެ ސިޓީތަކުގައި މީހުން ބުނެފައިވަނީ، އުމުރުދުވަހު އެއްކުރި ފައިސާ ގެއްލުމުގެ ސަބަބުން ނަފްސާނީ ބޮޑު ބިރުވެރިކަމަކާއި ލަދުވެތިކަމެއް ތަހައްމަލު ކުރަންޖެހުނު ކަމަށާއި، ނުބައި އިންވެސްޓްމަންޓެއް ކުރެވުމުގެ ސަބަބުން އާއިލާގެ މެންބަރުންވެސް އެމީހުންނާ ދެކޮޅުވެފައިވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި، ގުއޯ އޭނާގެ އަމަލުތަކުގެ ޒިންމާ ނެގުމުގެ ބަދަލުގައި، އޭނާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ބުނެ ދޮގު ހަދަމުންދާ ކަމަށެވެ.

ޝަރީއަތުގައި ހެކިބަސް ދިން ވޭ ޗެން ނަމަކަށް ކިޔާ މީހަކު ފަނޑިޔާރު ޓޮރޭޒް ގާތު ބުނީ، ގުއޯ ހިންގި މި އޮޅުވާލުމުގެ ސަބަބުން އޭނާގެ ދިރިއުޅުމާއި އޭނާގެ އާއިލާ މުޅިން ހަލާކުވެފައިވާ ކަމަށެވެ.

ޕްރޮސެކިއުޓަރުން ވަނީ ގުއޯގެ މައްޗަށް މަދުވެގެން 30 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފައެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި 2018 އިން 2023 އަށް އޭނާ ހިންގި "ބޮޑު" އޮޅުވާލުމުގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ދިރިއުޅުން ހަލާކުވެ، މާލީ ގޮތުންނާއި، ނަފްސާނީ ގޮތުން އެތައް އާއިލާއެއް ވަނީ ބިކަވެފަ އެވެ.

ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ގުއޯގެ ވަކީލުން ބުނެފައިވަނީ، އޭނާއަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ރޭވުމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށެވެ.

ވަކީލުން ކޯޓުގައި ބުނި ގޮތުގައި، ގުއޯގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވުމަކީ ޗައިނާއިން އޭނާގެ އަބުރު ކަތިލުމަށް ހިންގާ ކެމްޕޭނަށް ލިބޭ ބާރަކަށް ވާނެ ކަމަށާއި، މީގެ ސަބަބުން ޗައިނާގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މީހުން ނައްތާލުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.

ރިއަލް އެސްޓޭޓްގެ ވިޔަފާރިން ބޮޑު މުއްސަނދިކަމެއް ހޯދި ގުއޯ، ޗައިނާއިން ފިލައިގެން އެމެރިކާއަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ.

ނިއު ޔޯކްގައި ދިރިއުޅެމުންދިޔަ ގުއޯ އަމިއްލައަށް ސިފަކުރަމުން ދިޔައީ ޗައިނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ، ޑިމޮކްރަސީގެ ދިފާއުގައި މަސައްކަތްކުރާ މީހެއްގެ ގޮތުގަ އެވެ. 

މަސްދަރު: ބީބީސީ

ގުއޯ ވެންގުއީޗައިނާއެމެރިކާޗައިނާގެ ކޮމިއުނިސްޓް ޕާޓީމަނީ ލޯންޑަރިންގ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!

13 އޯގަސްޓު 2026
ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!
13 އޯގަސްޓު 2026

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި

13 އޯގަސްޓު 2026
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި
12 އޯގަސްޓު 2026

ރާއްޖެ އަށް ގިނަ ރޮނގުތަކުން އެހީވެދެއްވި އަދި ރާއްޖެ އަށް ޒިޔާރަތްކުރެއްވި ފުރަތަމަ ޗައިނާގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ އަވަހާރަވެއްޖެ

12 އޯގަސްޓު 2026
ރާއްޖެ އަށް ގިނަ ރޮނގުތަކުން އެހީވެދެއްވި އަދި ރާއްޖެ އަށް ޒިޔާރަތްކުރެއްވި ފުރަތަމަ ޗައިނާގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ އަވަހާރަވެއްޖެ
12 އޯގަސްޓު 2026

މުޅި ހަށިގަނޑަށް ކެންސަރު ފެތުރި އެކަމާ ދެކޮޅަށް ހިތްދަތި ހަނގުރާމައެއް ކުރަމުންދާ ކަމަށް ދަރިކަލުން ވިދާޅުވި ފަހުން، ފުރަތަމަ ފަހަރަށް ބައިޑަން އާންމުންގެ ތެރެއަށް ނުކުންނަވައިފި

ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!

12 އޯގަސްޓު 2026
ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!
12 އޯގަސްޓު 2026

ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި

12 އޯގަސްޓު 2026
ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި
11 އޯގަސްޓު 2026

މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި

11 އޯގަސްޓު 2026
މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި
11 އޯގަސްޓު 2026

ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ

11 އޯގަސްޓު 2026
ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ
09 އޯގަސްޓު 2026

ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ

09 އޯގަސްޓު 2026
ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ
09 އޯގަސްޓު 2026

އެމެރިކާގެ ޔޫޓާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި، ޕައިލެޓާއި ކްރޫއެއް މަރުވެއްޖެ

09 އޯގަސްޓު 2026
އެމެރިކާގެ ޔޫޓާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި، ޕައިލެޓާއި ކްރޫއެއް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް