Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް

މޮޅާ އެކު އާޖެންޓީނާ އިން ގުރޫޕުގެ އެއް ވަނަ ހޯދީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު. މުބާރާތުގެ ދެ ވަނަ ބުރުގައި އާޖެންޓީނާ ނިކުންނާނީ ކޭޕް ވާޑްއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 04:30
މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ޖޭގައި ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާޖެންޓީނާ އިން ފުރިހަމަ ރެކޯޑާ އެކު ގުރޫޕުގެ އެއް ވަނަ ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާާފުގައި އާޖެންޓީނާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޖޯޑަން އިން ލަނޑު ޖެހި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މޫސާ ތަމޭރީ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ ކުޅެން ނިކުމެފައި އެވެ.

މެޗުގައި އާޖެންޓީނާގެ ތިން ވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ މެސީ އެވެ. އެއީ އާޖެންޓީނާ އަށް ލިބުނު ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑެކެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ ޖެހި ހަ ވަނަ ލަނޑެވެ. 

މި ގުރޫޕުގައި އޮސްޓްރިއާ އާއި އަލްޖީރިއާ ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. އެއާ އެކު ދެ ވަނައިގައި އޮވެ އޮސްޓްރިއާ ދެ ވަނަ ބުރަށް ދިޔައިރު، ތިން ވަނަ އަަށް ދިޔަ އަލްޖީރިއާ އަށް ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ލިބިފައި އެވެ. 

މޮޅާ އެކު އާޖެންޓީނާ އިން ގުރޫޕުގެ އެއް ވަނަ ހޯދީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި އާޖެންޓީނާ ނިކުންނާނީ ކޭޕް ވާޑްއާ ދެކޮޅަށެވެ. މި ގުރޫޕުގެ ދެ ވަނައިގައި ހަ ޕޮއިންޓާ އެކު ދެ ވަނަ ބުރުން ޖާގަ ހޯދީ އަލްޖީރިއާ އެވެ. 

ފީފާ ވާރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުޖޯޑަން ޤައުމީ ފުޓުބޯޅަ ޓީމުއަލްޖީރިއާ ޤައުމީ ފުޓުބޯޅަ ޓީމުއޮސްޓްރިއާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނެލް މެސީ

އިތުރަށް ކިޔާލަން

28 ޖޫން 2026

ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ

މި ނަތީޖާއާ އެކު މި ގުރޫޕުގެ އެއް ވަނަ ކޮލަމްބިއާ އަށް ލިބުނީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ހަތް ޕޮއިންޓާ އެކު. ދެ ވަނަ އަށް ދިޔަ ޕޯޗުގަލް އަށް ތިން މެޗުން ލިބެނީ ފަސް ޕޮއިންޓު.

28 ޖޫން 2026
ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ
28 ޖޫން 2026

ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް

މި ނަތީޖާ އާއެކު މި ގުރޫޕުގެ އެއް ވަނައިގައި އިންގްލެންޑު ދެ ވަނަ ބުރަށް ދަތުރު ކުރީ ތިން މެޗުން ހަތް ޕޮއިންޓާ އެކު. ދެ ވަނައިގައި ކްރޮއޭޝިއާ އަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓު. ތިން ވަނަ އަށް ދިޔަ ގާނާ އަށް ހަތަރު ޕޮއިންޓު ލިބޭއިރު، އެ ޓީމަށް ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ލިބިފައި.

28 ޖޫން 2026
ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް
27 ޖޫން 2026

މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި

މި މުބާރާތުގެ "ސުޕީރިއާ ޕްލޭޔާ އޮފް ދަ މެޗް" އެވޯޑުގެ ރަސްމީ ސްޕޮންސަރަކީ ބަނގުރާ އުފައްދާ ކުންފުންޏެއް ކަމަށްވާ "މިޝެލޮބް އަލްޓްރާ". ނަމަވެސް އައު އުސޫލުގެ ދަށުން، ބަނގުރާ ބްރޭންޑާ ގުޅެން ބޭނުން ނުވާ ކުޅުންތެރިންނަށް ދޭ ޓްރޮފީ އާއި، ފޮޓޯ ނަގާއިރު ފަހަތުން ފެންނަން ހުންނަ ބެކްޑްރޮޕްގައި ހުންނާނީ ހަމައެކަނި އެވޯޑުގެ ނަމާއި ފީފާގެ ލޯގޯ އެކަނި.

27 ޖޫން 2026
މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި
27 ޖޫން 2026

އުރުދުން އާޖެންޓިނާ މެޗުގައި މެސީ ފުރަތަމަ އިންނާނީ ބެންޗުގައި: ކޯޗު

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައިވާ މެސީއަށް އަރާމުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އުރުދުންއާ ދެކޮޅަށް ކުޅޭ މެޗު ބެންޗުން ފެށުމަށް އާޖެންޓީނާގެ ކޯޗު ވަނީ ނިންމާފައި.

27 ޖޫން 2026
އުރުދުން އާޖެންޓިނާ މެޗުގައި މެސީ ފުރަތަމަ އިންނާނީ ބެންޗުގައި: ކޯޗު
27 ޖޫން 2026

އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ

މުބާރާތް ފެށުމުގެ ކުރިން ފީފާގެ ރެފްރީންގެ އިސްވެރިޔާ އަދި ތަޖުރިބާކާރު ރެފްރީ ޕިއަލޫއީޖީ ކޮލީނާ ވަނީ ވަރަށް ސާފުކޮށް މިކަން ބަޔާން ކޮށްފައި. އޭނާ ބުނީ ކުޅުންތެރިންގެ އަތާއި ޖާޒީން އަނގަ ނިވާ ކޮށްގެން ރަހުމަތްތެރިންނާ ވާހަކަ ދައްކަން ހުރެވިދާނެ ކަމަށް. އެގޮތުން މެޗުގެ ކުރިން އަދި މެޗުގެ ފަހުން ވެސް ވާާހަކަ ދެއްކުމަކީ އާންމު ކަމެއް ކަމަށް ކޮލީނާ ބުނި.

27 ޖޫން 2026
އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު