ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ
މި ނަތީޖާއާ އެކު މި ގުރޫޕުގެ އެއް ވަނަ ކޮލަމްބިއާ އަށް ލިބުނީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ހަތް ޕޮއިންޓާ އެކު. ދެ ވަނަ އަށް ދިޔަ ޕޯޗުގަލް އަށް ތިން މެޗުން ލިބެނީ ފަސް ޕޮއިންޓު.


ޕޯޗުގަލް އާއި ކޮލަމްބިއާ ބައްދަލު ކުރި މެޗުގެ ތެރެއިން. | ގެޓީ އިމޭޖަސް
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަަޕްގެ ގުރޫޕު ކޭގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކޮލަމްބިއާ އިން ގުރޫޕުގެ އެއް ވަނަ ހޯދައިފ އެވެ.
އާދީއްތަ ދުވަހުގެ ފަތިހު ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން ކޮލަމްބިއާ އަށް އެއް ވަނަ ހޯދުމުގެ ފުރުސަތު އޮތްއިރު، ޕޯޗުގަލް އަށް އެއް ވަނަ ހޯދުމުގެ ފުރުސަތު އޮތީ މެޗުން މޮޅުވެގެންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. ނަމަވެސް އެއްވެސް ޓީމަކަށް ލިބުނު ފުރުސަަތުގެ ބޭޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު، ކޮލަމްބިއާގެ ލުއިސް ޑިއާޒް އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ.
މި ގުރޫޕުގައި ކޮންގޯ އާއި އުޒްބެކިސްތާން ބައްދަލު ކުރި މެޗު 3-1 އިން ކާމިޔާބު ކޮށްފައި ވަނީ ކޮންގޯ އެވެ. މެޗުގައި އުޒްބެކިސްތާން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ކޮންގޯ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި އެވެ.
މި ނަތީޖާއާ އެކު މި ގުރޫޕުގެ އެއް ވަނަ ކޮލަމްބިއާ އަށް ލިބުނީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ކޮލަމްބިއާ އިން ވަނީ ކޮންގޯ އަދި އުޒްބެކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފައި އެވެ. ދެ ވަނަ އަށް ދިޔަ ޕޯޗުގަލް އަށް ތިން މެޗުން ލިބެނީ ފަސް ޕޮއިންޓެވެ. ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް އެއްވަރުވީއިރު، އުޒްބެކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ މޮޅުވެފައި އެވެ. މި ގުރޫޕުގެ ތިން ވަނަ އަށް ދިޔަ ކޮންގޯ އަށް ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ލިބިފައި އެވެ.





