Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ވުޒާރާ

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

1 ޖޫން 2026 | ހޯމަ 07:15

ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖައްސާފައި އޮތީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުގެ ތެރެއިން، 16 ވަނަ ޓަވަރުގެ ކުރިމަތީގައި އޮންނަ ބިމުގައި. ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ފޭސް އެކެއްގައި ހުންނަ ޣާޒީ ސްކޫލު ކުރިމަތީގައި އޮންނަ ބިމުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 07:15
ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރުމަށް ކުޅިވަރު ވުޒާރާ އިން ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވީއިރު، އެ ދެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކުޅިވަރު ވުޒާރާ އިން މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ބައެއް އެހެން ކުޅިވަރު ތަކުގެ އުމްރާނީ ވަސީލަތްތައް ޤާއިމު ކުރުމަށް ވެސް ހަވާލު ކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ
Raajje.mv

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ބައިނަލްއަޤުވާމީ މިންގަނޑާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ ފުޓްސަލް ކޮމްޕްލެކްސް އެއް ހުޅުމާލޭ ފޭސް ދޭއްގައި ޤާއިމު ކުރުމަށް ނިންމާފައިވާއިރު، ބައިނަލްއަޤުވާމީ މިންގަނޑަށް ފަރުމާ ކުރެވިފައިވާ ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައަޅާފައި ވަނީ ފޭސް އެކެކެވެ. 

އެގޮތުން 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ވަނީ، ހުޅުމާލޭގައި ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ބޭނުންވާ ބިން ހަވާލު ކޮށްފަ އެވެ. އެ ދުވަހުގެ ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއި ކުރެެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އެވެ. 

މީގެ ތެރެއިން ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖައްސާފައި އޮތީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުގެ ތެރެއިން، 16 ވަނަ ޓަވަރުގެ ކުރިމަތީގައި އޮންނަ ބިމުގަ އެވެ. ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައަޅާފައިވާ ބިމުގެ ބޮޑު މިނަކީ 54،992 އަކަ ފޫޓެވެ. ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައެޅި ސަަރަހައްދުގައި އެ ކޮމްޕްލެކްސް ޤާއިމު ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ. ނަމަވެސް، އެ ސަރަހައްދުގައި މި ފަހުން އެޗްޑީސީ އިން ވަނީ ކުޅިވަރު ކުޅޭ ބައެއް ދަނޑުތައް ޤާއިމު ކޮށްފަ އެވެ. 

މީގެ އިތުރުން ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ފޭސް އެކެއްގައި ހުންނަ ޣާޒީ ސްކޫލު ކުރިމަތީގައި އޮންނަ ބިމުގައި ކަމަށްވާއިރު، އެއީ 50،142 އަކަ ފޫޓު ބޮޑު މިނުގެ ބިމެކެވެ. ނަމަވެސް، ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް  ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ. އެ ސަރަހައްދުގައި މިވަގުތު ވެސް ކާރުތަކާއި، ޕިކަޕުތައް ޕާކު ކޮށްފައި ހުރިއިރު، ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމުގެ އެއްވެސް މަސައްކަތެއް އެ ސަރަހައްދުގައި ކުރިއަކަށް ނުދެ އެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 މެއި 2026

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު
10 މެއި 2026

އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު

10 މެއި 2026
އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
28 އެޕްރީލު 2026

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

28 އެޕްރީލު 2026
ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!
08 އެޕްރީލު 2026

ސްޕޯޓްސް މިނިސްޓްރީގައި 250، އެނިމަލް މިނިސްޓްރީގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި!

08 އެޕްރީލު 2026
ސްޕޯޓްސް މިނިސްޓްރީގައި 250، އެނިމަލް މިނިސްޓްރީގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި!
03 މާރިޗު 2026

އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

03 މާރިޗު 2026
އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް
25 ފެބުރުއަރީ 2026

ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

25 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު
17 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސްގައި ޓްރާންސްޕޭރެންސީ އޮތުން މުހިންމު ކަމަށް އައްޒާމް ބުނެފި

17 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސްގައި ޓްރާންސްޕޭރެންސީ އޮތުން މުހިންމު ކަމަށް އައްޒާމް ބުނެފި
15 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން

15 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން
14 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

14 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް