Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިންގަޕޫރު

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026 | ހޯމަ 08:39

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނޭ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ސިންގަޕޫރަށް ކުރައްވާ 8 ވަނަ ދަތުރުފުޅު ކަމަށްވާއިރު، މި ދަތުރުފުޅުގެ މުއްދަތާއި އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 25 މެއި 2026 | ހޯމަ 08:39
ރައީސް ޑރ.މުހައްމަދު މުއިއްޒު، މިއީ އެމަނިކުފާނު ސިންގަޕޫރަށް ނުރަސްމީކޮށް ކުރައްވާ 7 ވަނަ ދަތުރުފުޅު.

ރައީސް ޑރ.މުހައްމަދު މުއިއްޒު، މިއީ އެމަނިކުފާނު ސިންގަޕޫރަށް ނުރަސްމީކޮށް ކުރައްވާ 7 ވަނަ ދަތުރުފުޅު. | ރައީސް އޮފީސް

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވައިފި އެވެ. 

އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ.  

ރައީސް މުއިއްޒު އާއި، އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް އެންމެފަހުން ވަޑައިގެންނެވީ 27 ޑިސެންބަރު 2025 ގަ އެވެ. 

މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރައްވާ 8 ވަނަ ދަތުރުފުޅެވެ. އެއީ ނުރަސްމީ 7 ދަތުރާއި ރަސްމީ އެއް ދަތުރުފުޅެވެ.  ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންނެވީ 29 ޖޫން 2025ން 2 ޖުލައި 2025 ށެވެ. 

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ ބޭސްފަރުވާ އަށް ކަމަށް މީގެ ކުރިން އަޑުފެތުރިފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި އެއްވެސް ޖަވާބެއް ދީފައިނުވެ އެވެ. ރައީސުންގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ބައެއް އެހެން ގައުމުތަކުގައި މައުލޫމާތު އާންމުކުރި ނަމަވެސް ރާއްޖޭގައި އެކަން ކުރަމުން ނުދާތީ މިކަމުގެ ހަގީގަތް ސާފު ކުރެވިފައެއް ނުވެ އެވެ.

ރައީސްގެ ދަތުރުފުޅުގެ މުއްދަތާއި އަނބުރާ ވަޑައިގަންނަވާނެ ތާރީހާ ބެހޭ ގޮތުން ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަޟްހާ އީދުސިންގަޕޫރުރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

24 މެއި 2026

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ
22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
21 މެއި 2026

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

21 މެއި 2026
މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
20 މެއި 2026

އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ

20 މެއި 2026
އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ
20 މެއި 2026

ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް

20 މެއި 2026
ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް
20 މެއި 2026

އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު

20 މެއި 2026
އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު
20 މެއި 2026

ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި

20 މެއި 2026
ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި
16 މެއި 2026

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު
13 މެއި 2026

މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި

13 މެއި 2026
 މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި
10 މެއި 2026

އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު

10 މެއި 2026
އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް