Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!

މޭރީލޭންޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޑިމޮކްރެޓިކް ޕާޓީގެ އިވެންޓެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ބައިޑަން ވަނީ، ޓްރަމްޕް އަކީ ވަރަށް ނާކާމިޔާބު ބޭފުޅެއް ކަމަށް ވިދާޅުވެފައި. އަދި ޓްރަމްޕްގެ ސަރުކާރުގައި ހިންގަމުން އަންނަ ކޮރަޕްޝަން އާއި، ނޭއްގާނީ ކަންކަމުގެ ވާހަކަ ބައިޑަން ވަނީ ދައްކަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 10:34
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން. | ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ހޫނު ބަހުގެ ހަމަލާ ތަކެއް އަމާޒު ކުރައްވައިފި އެވެ.

މޭރީލޭންޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޑިމޮކްރެޓިކް ޕާޓީގެ އިވެންޓެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ބައިޑަން ވަނީ، ޓްރަމްޕް އަކީ ވަރަށް ނާކާމިޔާބު ބޭފުޅެއް ކަމަށް ވިދާޅުވެފައި އެވެ. އަދި ޓްރަމްޕްގެ ސަރުކާރުގައި ހިންގަމުން އަންނަ ކޮރަޕްޝަން އާއި، ނޭއްގާނީ ކަންކަމުގެ ވާހަކަ ބައިޑަން ވަނީ ދައްކަވައިފަ އެވެ. 

ބައިޑަން ވަނީ ޓްރަމްޕްގެ ވެރި ކަމުގެ ދެ ވަނަ ދައުރުގައި ކުރައްވަމުން އަންނަ ގިނަ ކަންކަމުގެ ވާހަކަ ދައްކަވައި، އެކަންކަމަށް ފާޑު ވިދާޅުވެފައި އެވެ. އެގޮތުން ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލައި ބޯލް ރޫމެއް ހެއްދެވުމާއި، ކެނެޑީ ސެންޓަރުގައި ޓްރަމްޕްގެ އަމިއްލަ ނަން ޖެއްސެވުމާއި، އަމިއްލަ ޝަރަފުގައި ބިނާތައް ކުރެއްވުމަށް ކުރެއްވި މަސައްކަތް ތަަކަށް ބައިޑަން މަލާމަތް ކުރެއްވި އެވެ. 

އެއާ އެކު ބައިޑަން ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ ސަރުކާރުގައި ހިންގަމުން އަންނަ ކޮރަޕްޝަން އަކީ، މީގެ ކުރިން އެމެރިކާގެ އެއްވެސް ސަރުކާރެއްގައި ފެނިފައި ނުވާ ފަދަ ބޮޑު ކޮރަޕްޝަނެއް ކަަމަށް ބައިޑަން ތުހުމަތު ކުރެއްވި އެވެ. 

މިއީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބަހުސްގައި ބައިޑަން އާއި ޓްރަމްޕްގެ ކުރިމަތިލުމަށް ފަހު، ބައިޑަން ޓްރަމްޕްއާ ގުޅޭ ގޮތުން މިހާ ބޮޑަށް ފާޑު ވިދާޅުވި ފުރަތަމަ ފަހަރެވެ. ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހު ހިނގި ހަމަނުޖެހުން ތަކުގައި ބައިވެރިވި މީހުންނަށް މާލީ ގޮތުން އެހީތެރިކަން ދިނުމަށް ޓްރަމްޕް ބޭނުންވާތީ، ބައިޑަން ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައި އެވެ. ބައިޑަން ވިދާޅުވީ، އެ ދުވަހުގެ ހަމަނުޖެހުން ތަކުގައި ބައިވެރިވި މީހުންނަށް ބަދަލު ދޭން ނުޖެހޭ ކަމަށާއި، އެމީހުންނަށް ހައްގުވަނީ ދިގު މުއްދަތުގެ ޖަލު ޙުކުމެއް ކަމަށެވެ. 

2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބައިޑަންގެ ރިޔާސީ ދައުރު ނިމުނު ފަހުން ވެސް، އެކި ފަހަރު މަތިން ބައިޑަން ވަނީ ޓްރަމްޕް އަށް ފާޑު ވިދާޅުވެފައި އެވެ. ވެރިކަމަށް ފަހު ބައިޑަން ސިޔާސީ ކަންކަމުގައި އުޅުއްވަނީ ވަރަށް މަދުންނެވެ. ބައިޑަންގެ ޞިއްޙީ ޙާލަތު ހުރި ގޮތުން ގިނައިން އޭނާ އުޅުއްވަނީ އަމިއްލަ ކަންކަމުގައި އެވެ. 

އުމުރުން މިހާރު 83 އަހަރުވެފައިވާ ބައިޑަން ގެންދަވަނީ ކަށީގެ ކެންސަރަށް ފަރުވާާ ހޯއްދަވަމުންނެވެ. ބައިޑަން ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސް ތަކެއް ވެފައިވާއިރު، ބައިޑަންގެ އަނބިކަނބަލުން ޖިލް ބައިޑަން ވިދާޅުވެފައި ވަނީ ބައިޑަންގެ މުޅި އުމުރުގައި އުޅުއްވަން ޖެހޭނީ އެ ބައްޔާ އެކު ކަމަށެވެ. މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް، ބައިޑަން ގެންދަވަނީ އޭނާގެ ރިޔާސީ ލައިބްރަރީ ޤާއިމު ކުރުމާއި، އަމިއްލަ ޙަޔާތުގެ މައްޗަށް ލިޔުއްވާ ފޮތުގެ މަސައްކަތް ކުރައްވަމުންނެވެ.

މަސްދަރު: ސީއެންއެން

އެމެރިކާޖޯ ބައިޑަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޑިމޮކްރެޓިކް ޕާޓީ - އެމެރިކާ

އިތުރަށް ކިޔާލަން

28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
28 ޖޫން 2026

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

28 ޖޫން 2026
އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ
27 ޖޫން 2026

ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް

27 ޖޫން 2026
ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް
27 ޖޫން 2026

ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި

27 ޖޫން 2026
ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި
25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް

25 ޖޫން 2026
ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް
25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
24 ޖޫން 2026

ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ

24 ޖޫން 2026
ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ
24 ޖޫން 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި

24 ޖޫން 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި
24 ޖޫން 2026

ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް

24 ޖޫން 2026
ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު