Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި

27 ޖޫން 2026 | ހޮނިހިރު 10:10

މި މުބާރާތުގެ "ސުޕީރިއާ ޕްލޭޔާ އޮފް ދަ މެޗް" އެވޯޑުގެ ރަސްމީ ސްޕޮންސަރަކީ ބަނގުރާ އުފައްދާ ކުންފުންޏެއް ކަމަށްވާ "މިޝެލޮބް އަލްޓްރާ". ނަމަވެސް އައު އުސޫލުގެ ދަށުން، ބަނގުރާ ބްރޭންޑާ ގުޅެން ބޭނުން ނުވާ ކުޅުންތެރިންނަށް ދޭ ޓްރޮފީ އާއި، ފޮޓޯ ނަގާއިރު ފަހަތުން ފެންނަން ހުންނަ ބެކްޑްރޮޕްގައި ހުންނާނީ ހަމައެކަނި އެވޯޑުގެ ނަމާއި ފީފާގެ ލޯގޯ އެކަނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2026 | ހޮނިހިރު 10:10
ބައެެއް ކުޅުންތެރިންނަށް ދީފައިވާ ޓްރޮފީގައި ބަނގުރާ ކުންފުނީގެ ލޯގޯ ނެތް މަންޒަރު ފެންނަ ފޮޓޯއެއް.

ބައެެއް ކުޅުންތެރިންނަށް ދީފައިވާ ޓްރޮފީގައި ބަނގުރާ ކުންފުނީގެ ލޯގޯ ނެތް މަންޒަރު ފެންނަ ފޮޓޯއެއް. | ސޯޝަލް މީޑިއާ

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ މެޗު ތަކުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ އެވޯޑުގައި ހިމެނޭ ބަނގުރާ ކުންފުނީގެ އިޝްތިހާރު އުނި ކުރަން ފީފާ އިން ނިންމައިފި އެވެ. 

މި ބަދަލަކީ މުސްލިމު ކުޅުންތެރިންނާއި، އުމުރުން ހަގު ކުޅުންތެރިންގެ އިތުރުން ބަނގުރާ އިޝްތިހާރު ކުރަން ބޭނުން ނުވާ ކުޅުންތެރިންނަށް އިހުތިރާމް ކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ.

މި މުބާރާތުގެ "ސުޕީރިއާ ޕްލޭޔާ އޮފް ދަ މެޗް" އެވޯޑުގެ ރަސްމީ ސްޕޮންސަރަކީ ބަނގުރާ އުފައްދާ ކުންފުންޏެއް ކަމަށްވާ "މިޝެލޮބް އަލްޓްރާ" އެވެ. ނަމަވެސް އައު އުސޫލުގެ ދަށުން، ބަނގުރާ ބްރޭންޑާ ގުޅެން ބޭނުން ނުވާ ކުޅުންތެރިންނަށް ދޭ ޓްރޮފީ އާއި، ފޮޓޯ ނަގާއިރު ފަހަތުން ފެންނަން ހުންނަ ބެކްޑްރޮޕްގައި ހުންނާނީ ހަމައެކަނި އެވޯޑުގެ ނަމާއި ފީފާގެ ލޯގޯ އެކަންޏެވެ.

މި ސިޔާސަތަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ އެންމެ އަވަސް ލަނޑު ޖެހި މޮރޮކޯގެ މިޑްފީލްޑަރު އިސްމާއިލް ސައިބާރީ އަށް ލޯގޯ ނެތް ޓްރޮފީއެއް ދިނުމާ ގުޅިގެންނެވެ. ބްރެޒިލްގެ "އޯ ގްލޯބޯ" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިހާތަނަށް މިޞްރުގެ އިމާމް އަޝޫރު، ޖޯޑަންގެ އަލީ އޮލްވާން، އީރާންގެ ރާމިން ރެޒާއިއާން، ޤަތަރުގެ ގޯލު ކީޕަރު މަހްމޫދު އަބޫނަދާ، އައިވަރީ ކޯސްޓުގެ ޔާން ދިއޮމާންޑޭ، ކެނެޑާގެ އިސްމާއިލް ކޯނޭ އަދި ސްވިޒަލޭންޑްގެ ޔޯއާން މަންޔަމްބީ އަށް ވެސް ވަނީ ސްޕޮންސަރުގެ ލޯގޯ ނެތް ޓްރޮފީ ދީފައި އެވެ.

"ސްޕޯޓް ބައިބަލް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބަނގުރާ އިޝްތިހާރު ނެތް ޓްރޮފީއެއް ބޭނުންވާ ކޮންމެ ކުޅުންތެރިއަކަށް ވެސް އެ ފުރުސަތު ފީފާ އިން ވަނީ ހުޅުވާލާފައި އެވެ. މިއީ ދީނީ ގޮތުން ބަނގުރާ ބޭނުން ކުރުން މަނާ މުސްލިމު ކުޅުންތެރިންނާއި، ޤާނޫނީ ގޮތުން ބަނގުރާ ބުއިން މަނާ އުމުރުގެ ކުޅުންތެރިންގެ ހައްގު ތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެކެވެ.

ފީފާ އިން މީގެ ކުރިން 2025 ވަނަ އަހަރުގެ ކުލަބް ވޯލްޑް ކަޕްގައި ވެސް މި އުސޫލަށް އަމަލު ކޮށްފައިވެ އެވެ. އެ މުބާރާތުގައި މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ދީނީ ސަބަބުތަކަށްޓަކައި ލޯގޯ ނެތް އެވޯޑެއް ގަބޫލުކުރި އިރު، ބްރެޒިލްގެ ތަރި އެސްޓެވާއޯ އަކީ އޭރު އުމުރު ހަމަނުވާ ކުޅުންތެރިއަކަށް ވުމުން އޭނާ އަށް ވެސް ދިނީ ސްޕޮންސަރުގެ ލޯގޯ ނެތް ޓްރޮފީ އެކެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތް ތަކުގައި ބަނގުރާ ސްޕޮންސަރުންގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައި އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ ގޯލު ކީޕަރު މުހައްމަދު އެލް ޝެނާވީ ވަނީ ބަނގުރާ ކުންފުންޏަކުން ސްޕޮންސަރު ކޮށްފައިވާތީ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ ހަވާލުވާން އިންކާރު ކޮށްފައި އެވެ.

މިޝެލޮބް އަލްޓްރާ އަކީ އަދިވެސް މި އެވޯޑުގެ ރަސްމީ ސްޕޮންސަރު ކަމުގައި ވިޔަސް، ފީފާގެ މި އައު ސިޔާސަތުގެ ސަބަބުން ކުޅުންތެރިންގެ އަމިއްލަ ގަބޫލު ކުރުންތަކާއި، ދީނީ އަގުތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކާމިޔާބީ ފާހަގަ ކުރުމުގެ ފުރުސަތު މިވަނީ ފަހިވެފައި އެވެ.

ފީފާ ވޯލްޑް ކަޕް 2026ފީފާ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

އެންމެ ފަހުން ގޮތް ދޫކުރައްވައި، ފީފާގެ ނިންމުންތައް މިނިވަން ރިވިއުއަކަށް އިންފަންޓީނޯ ހުށަހަޅުއްވައިފި

22 ސެޕްޓެމްބަރު 2026
އެންމެ ފަހުން ގޮތް ދޫކުރައްވައި، ފީފާގެ ނިންމުންތައް މިނިވަން ރިވިއުއަކަށް އިންފަންޓީނޯ ހުށަހަޅުއްވައިފި
19 ސެޕްޓެމްބަރު 2026

ފީފާގެ ރިޒާވް ފަންޑުގައި ހުރި ފައިސާ އިން، ކޮންމެ ޤައުމަކަށް މެދުވެގެން 10 މިލިއަން ޑޮލަރު ދިނުމަށް ޔުއެފާ އާއި ކޮންކާކަފް އިން ގޮވާލައިފި

19 ސެޕްޓެމްބަރު 2026
ފީފާގެ ރިޒާވް ފަންޑުގައި ހުރި ފައިސާ އިން، ކޮންމެ ޤައުމަކަށް މެދުވެގެން 10 މިލިއަން ޑޮލަރު ދިނުމަށް ޔުއެފާ އާއި ކޮންކާކަފް އިން ގޮވާލައިފި
15 ސެޕްޓެމްބަރު 2026

ފީފާގެ ނިންމުންތަކުގެ އުސޫލުތަކަށް އިސްލާހު ގެނައުމަށް ފިފްޕްރޯ އިން ގޮވާލައިފި

15 ސެޕްޓެމްބަރު 2026
ފީފާގެ ނިންމުންތަކުގެ އުސޫލުތަކަށް އިސްލާހު ގެނައުމަށް ފިފްޕްރޯ އިން ގޮވާލައިފި
12 ސެޕްޓެމްބަރު 2026

2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ބާއްވާނެ ޤައުމެއް ކަނޑައެޅުމުގެ ބަހުސް ހޫނުވެ، މޮރޮކޯގެ ބޮޑުވަޒީރުގެ ނުރުހުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އަށް

12 ސެޕްޓެމްބަރު 2026
2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ބާއްވާނެ ޤައުމެއް ކަނޑައެޅުމުގެ ބަހުސް ހޫނުވެ، މޮރޮކޯގެ ބޮޑުވަޒީރުގެ ނުރުހުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އަށް
12 ސެޕްޓެމްބަރު 2026

އިންފަންޓީނޯ އަށް ދީފައިވާ ތާާއީދު އަނބުރާ ގެންދަން ފްރާންސް އިން ވެސް ނިންމައިފި

12 ސެޕްޓެމްބަރު 2026
އިންފަންޓީނޯ އަށް ދީފައިވާ ތާާއީދު އަނބުރާ ގެންދަން ފްރާންސް އިން ވެސް ނިންމައިފި
08 ސެޕްޓެމްބަރު 2026

ބަލޮގަންގެ ރަތް ކާޑު މައާފު ކުރި މައްސަލައިގައި، ބެލްޖިއަމް އިން އިންފަންޓީނޯ އަށް ތާއީދު ނުކުރަން ނިންމައިފި

08 ސެޕްޓެމްބަރު 2026
ބަލޮގަންގެ ރަތް ކާޑު މައާފު ކުރި މައްސަލައިގައި، ބެލްޖިއަމް އިން އިންފަންޓީނޯ އަށް ތާއީދު ނުކުރަން ނިންމައިފި
08 ސެޕްޓެމްބަރު 2026

އިންފަންޓީނޯ ހުންނެވީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެ

08 ސެޕްޓެމްބަރު 2026
އިންފަންޓީނޯ ހުންނެވީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެ
03 ސެޕްޓެމްބަރު 2026

ފީފާގެ ރައީސް ކަމުން އިންފަންޓީނޯ އިސްތިއުފާާ ދޭން ޖެހޭ: ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ

03 ސެޕްޓެމްބަރު 2026
ފީފާގެ ރައީސް ކަމުން އިންފަންޓީނޯ އިސްތިއުފާާ ދޭން ޖެހޭ: ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ
03 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް

03 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް
27 އޯގަސްޓު 2026

ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

27 އޯގަސްޓު 2026
ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް