Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ހުށަހެޅި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

އީ ޖީން ކެރޯލަށް ޖިންސީ ގޯނާކޮށް، އަބުރު ނަގާލި ކަމަށް ސާބިތުވެ 5 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ކުރި ހުކުމް ބާތިލްކުރަން ޑޮނަލްޑް ޓްރަމްޕް ހުށަހެޅި މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި. ޓްރަމްޕްގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކުރީ ޝަރީއަތުގައި ބޭނުންކުރި ބައެއް ހެކިތަކަކީ މައްސަލައާ ނުގުޅޭ ހެކިތަކެއް ކަމަށް ބުނެ. ނަމަވެސް، ދަށު ކޯޓުތަކުގެ ނިންމުންތަކަށް ތާއީދުކޮށް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަތުމަށް އިންކާރުކޮށްފައި. މި ނިންމުމާ ގުޅިގެން، ކެރޯލަށް ބަދަލު ދިނުމަށް ކުރި ހުކުމް ދެމިއޮންނާނެ.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 16:34
ނިއުޔޯކް ސިޓީގެ ކޯޓުން މައްސަލައިގެ އަޑުއެހުމަކަށް ފަހު އީ. ޖީން ކެރޯލް ނުކުންނަނީ.

ނިއުޔޯކް ސިޓީގެ ކޯޓުން މައްސަލައިގެ އަޑުއެހުމަކަށް ފަހު އީ. ޖީން ކެރޯލް ނުކުންނަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ޖޫރީން ނިންމާފައިވާ ނިންމުން ބާތިލްކުރުމަށް އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.

މެގަޒިން ކޮލަމިސްޓެއްގެ ގޮތުގައި މަސައްކަތްކުރި އީ ޖީން ކެރޯލަށް ޖިންސީ ގޯނާކޮށް، އޭނާގެ އަބުރު ނަގާލި ކަމަށް ސާބިތުވެ، ކެރޯލަށް 5 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ޖޫރީން ކުރި ހުކުމް ބާތިލްކުރުމަށް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އިންކާރުކޮށްފަ އެވެ.

މިދިޔަ 2023 ވަނަ އަހަރު ޖޫރީން އިއްވި ހުކުމަށް ދަށު ކޯޓަކުން ތާއީދުކޮށްފައި ވަނިކޮށް، ޓްރަމްޕްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކޮށްލީ މިދިޔަ ހޯމަ ދުވަހުއެވެ.

އެލް (Elle) މެގަޒިންގެ ކުރީގެ ކޮލަމިސްޓް ކެރޯލާއި ޓްރަމްޕާ ދެމެދު ގާނޫނީ ހަނގުރާމަ ފެށުނީ، 1996 ވަނަ އަހަރު މެންހަޓަންގެ ޑިޕާޓްމަންޓް ސްޓޯރެއްގެ ޗޭންޖިން ރޫމެއްގެ ތެރޭގައި ޓްރަމްޕް އޭނާ ރޭޕްކުރި ކަމަށް ބުނެ 2019 ވަނަ އަހަރު ކެރޯލް ޝާއިއުކުރި ފޮތަކާ ގުޅިގެންނެވެ.

ޓްރަމްޕްގެ މައްޗަށް 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައި މައްސަލައަކީ، 2022 ވަނަ އަހަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކެރޯލްގެ ތުހުމަތުތަކަކީ "އޮޅުވާލުމެއް" ކަމަށާއި އެއީ "މަކަރެއް" ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަތަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

އެ ޕޯސްޓުގައި ޓްރަމްޕް އިތުރަށް ވިދާޅުވެފައިވަނީ "މި އަންހެންމީހާއަކީ އަހަރެން ގަޔާވާ ކަހަލަ ސިފަތަކެއް ހުރި މީހެއް ނޫން" ކަމަށެވެ.

މި މައްސަލަ ކެރޯލް ހުށަހެޅީ މެންހަޓަންގެ ފެޑަރަލް ކޯޓަށެވެ. އެ މައްސަލަ ބެލުމަށްފަހު 2023 ވަނަ އަހަރު ޖޫރީން ނިންމީ ޓްރަމްޕް ކެރޯލަށް ޖިންސީ ގޯނާކޮށް، އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި 5 މިލިއަން ޑޮލަރު ދިނުމަށް ޖޫރީން ހުކުމްކުރި އެވެ.

ޓްރަމްޕްގެ ވަކީލުން ބުނަމުންދިޔައީ މި ހުކުމް އައީ "މައްސަލައާ ނުގުޅޭ" ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އޭގެ ތެރޭގައި މީގެ އެތައް އަހަރެއް ކުރިން ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރި އިތުރު ދެ އަންހެނެއްގެ ހެކިބަސް ނެގުން ހިމެނޭ ކަމަށް ވަކީލުން ފާހަގަކުރި އެވެ.

މެންހަޓަންގައި ހުންނަ އެމެރިކާގެ ސާކިޓް ކޯޓް އޮފް އެޕީލްސްއިން 2024 ވަނަ އަހަރު މި ހުކުމަށް ތާއީދުކުރި އެވެ. އެ ކޯޓުން ނިންމީ ހެކިތަކުން އެނގެން އޮތް ގޮތުގައި ޓްރަމްޕްގެ ފަރާތުން ފެނިފައިވަނީ ކެރޯލްގެ ތުހުމަތުތަކާ ދިމާވާ ފަދަ "ތަކުރާރުވަމުންދާ، އާދަޔާ ހިލާފު" އަމަލުތަކެއް ކަމަށެވެ.

ޓްރަމްޕްގެ ވަކީލުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، އެތައް އަހަރެއްވީ، ކަށަވަރުނުވާ އަދި މި މައްސަލައާ ގުޅުމެއް ނެތް ތުހުމަތުތަކެއްގެ ހެކިބަސް ޖޫރީންނަށް އިއްވުމަށް ފަނޑިޔާރު ހުއްދަ ދިނީ ގޯސްކޮށް ކަމަށާއި، އެއީ ހެކި ބަލައިގަތުމާ ބެހޭ ފެޑަރަލް ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށެވެ.

ކެރޯލްގެ ވަކީލުން ވަނީ މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފަ އެވެ. އެ ވަކީލުން ބުނީ އެހެން އަންހެނުންގެ ހެކިބަހަކީ މި މައްސަލައާ ގުޅުންހުރި ހެކިތަކެއް ކަމަށާއި، ފަނޑިޔާރު ލުވިސް ކެޕްލަންގެ ނިންމެވުންތަކަކީ އެމެރިކާގެ އެހެން ފަނޑިޔާރުންވެސް އަމަލުކުރާ އުސޫލުތަކާ އެއްގޮތް ނިންމެވުންތަކެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވަނީ، ޓްރަމްޕްގެ ސިޔާސީ މަސައްކަތްޕުޅުތަކާ ގުޅުންހުރި މުހިންމު ބޮޑެތި މައްސަލަތަކެއްގައި އެ ކޯޓުން ގޮތްތަކެއް ނިންމަމުންދާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު ޓްރަމްޕް ފުރަތަމަ ފަހަރަށް ކެރޯލްގެ ތުހުމަތުތައް ދޮގުކުރި މައްސަލައިގައި ކުރި އަބުރުގެ ދައުވާގައި، އިތުރު 83.3 މިލިއަން ޑޮލަރު ކެރޯލަށް ދިނުމަށް ޖޫރީން ވަނީ ހުކުމްކޮށްފަ އެވެ. ޓްރަމްޕްގެ ފަރާތުން އެ މައްސަލަވެސް އިސްތިއުނާފް ކުރަމުންދާއިރު، އެ މައްސަލަ އަދި ސުޕްރީމް ކޯޓާ ހަމައަކަށް ނުދެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްއީ ޖީން ކެރޯލްޖިންސީ ފުރައްސާރައެމެރިކާ

އިތުރަށް ކިޔާލަން

29 ޖޫން 2026

އެމެރިކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

29 ޖޫން 2026
އެމެރިކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
26 ޖޫން 2026

ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟

26 ޖޫން 2026
ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

25 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި
25 ޖޫން 2026

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

25 ޖޫން 2026
ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
24 ޖޫން 2026

ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖޫން 2026
ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
24 ޖޫން 2026

ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"

24 ޖޫން 2026
ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"
24 ޖޫން 2026

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟

24 ޖޫން 2026
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟
24 ޖޫން 2026

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު