Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

އެމެރިކާގެ ފެޑަރަލް ރިޒާވްގެ ގަވަރުނަރު ލީސާ ކުކް މަގާމުން ވަކިކުރުމަށް ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިޖުރާއީ ފުރުސަތުތައް ފުރިހަމައަށް ދީފައިނުވާތީ، އެ ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައި. ފެޑަރަލް ރިޒާވްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ގަވަރުނަރަކު މަގާމުން ވަކިކުރެވޭނީ ގާނޫނީ ގޮތުން ވަރުގަދަ ސަބަބެއް އޮވެގެން ކަމަށްވާތީ، މި ނިންމުމަކީ މަރުކަޒީ ބޭންކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލޭ.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 14:53
އެމެރިކާގެ މަރުކަޒީ ބޭންކު، ފެޑަރަލް ރިޒާވްގެ ގަވަރުނަރު ލީސާ ކުކް

އެމެރިކާގެ މަރުކަޒީ ބޭންކު، ފެޑަރަލް ރިޒާވްގެ ގަވަރުނަރު ލީސާ ކުކް | ގެޓީ އިމޭޖަސް

އެމެރިކާގެ މަރުކަޒީ ބޭންކު، ފެޑަރަލް ރިޒާވްގެ ގަވަރުނަރު ލީސާ ކުކް މަގާމުން ވަކިކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ. ކޯޓުގެ މި ނިންމުމަކީ ފެޑަރަލް ރިޒާވްގެ މިނިވަންކަން ދެމެހެއްޓުމަށް ނިންމި ނިންމުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

އެމެރިކާގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެގުނު ވޯޓުން، 5 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ގަވަރުނަރު ލީސާ ކުކް މަގާމުން ވަކިކުރުމުގައި އޭނާއަށް ލިބިދޭންޖެހޭ "ޑިއު ޕްރޮސެސް" ނުވަތަ އިޖުރާއީ ފުރުސަތުތައް ޓްރަމްޕްގެ ސަރުކާރުން ފުރިހަމައަށް ދީފައިނުވާ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ދަށު ކޯޓަށް އަނބުރާ ފޮނުވާލާފަ އެވެ. އެހެންކަމުން، ލީސާ ކުކް މަގާމުން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވާނަމަ، އޭނާގެ މައްޗަށް ކުރެވޭ މޯގޭޖް ފްރޯޑް ނުވަތަ ރަހުނުގެ މުއާމަލާތްތަކުގައި އޮޅުވާލުންތަކެއް ގެންގުޅުނު ކަމަށް ބުނާ ތުހުމަތުތައް ދަށު ކޯޓުގައި ސާބިތުކޮށްދޭން ޖެހޭނެ އެވެ. އަދި މި މަރުހަލާގައި އެ ތުހުމަތުތަކުން ދިފާއުވުމުގެ ފުރުސަތު ލީސާ ކުކްއަށް ލިބިގެންދާނެ އެވެ.

ލީސާ ކުކް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. ފެޑަރަލް ރިޒާވްގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ މަރުކަޒީ ބޭންކުގެ މައްޗަށް ޓްރަމްޕްގެ ނުފޫޒު ފޯރުވުމަށްޓަކައި ދައްކާ ބަހަނާއެކެވެ.

އެމެރިކާގެ ގާނޫނު ބުނާގޮތުން، ރައީސަކަށް ފެޑަރަލް ރިޒާވްގެ ގަވަރުނަރަކު މަގާމުން ވަކިކުރެވޭނީ އެކަށީގެންވާ ވަރުގަދަ ސަބަބެއް އޮވެގެން އެކަންޏެވެ.

މި ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވަނީ ސިޔާސީ ނުފޫޒުން ބޭންކު ސަލާމަތްކުރުމަށާއި، ކުރު މުއްދަތުގެ ސިޔާސީ ފައިދާއަށްވުރެ ބޮޑަށް، ދިގު މުއްދަތުގެ އިގްތިސާދީ ލަނޑުދަނޑިތަކަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވާލުމުގެ ފުރުސަތު ދިނުމަށެވެ.

މިދިޔަ ޖެނުއަރީ މަހު ކޯޓުގައި ވަކާލާތު ކުރައްވަމުން ލީސާ ކުކްގެ ވަކީލު ޕޯލް ކްލެމެންޓް ވިދާޅުވީ، ސަރުކާރުން އޭނާ މަގާމުން ވަކިކުރަން އުޅޭ ގޮތުގެ ސަބަބުން، ފެޑަރަލް ރިޒާވް ހިމާޔަތްކުރުމަށް ކޮންގްރެސްއިން ހަދާފައިވާ ގާނޫނުތަކަކީ "ޖޯކަކަށް" ވެގެންދާނެ ކަމަށެވެ.

ރައީސް ޓްރަމްޕް، ލީސާ ކުކް މަގާމުން ވަކިކުރައްވާނެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކުރެއްވީ މިދިޔަ އޯގަސްޓް މަހު އެވެ. 

ވައިޓް ހައުސްގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވި ސޮލިސިޓަރ ޖެނެރަލް ޖޯން ސޯޔާ ޖެނުއަރީ މަހު ވިދާޅުވީ، ޓްރަމްޕް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަކީ އެކަމަށް ޖަވާބުދާރީވުމަށް ލިބުނު އެކަށީގެންވާ ނޯޓިސްއެއް ކަމަށެވެ. އަދި މަގާމުން ވަކިކުރާނެ ސަބަބެއް އޮތްތޯ ނިންމުމުގައި ކޯޓުތަކުން ރައީސްގެ ނިންމެވުމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

ލީސާ ކުކްޑޮނަލްޑް ޓްރަމްޕްފެޑެރަލް ރިޒާވްއެމެރިކާ

އިތުރަށް ކިޔާލަން

27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
26 ޖޫން 2026

ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟

26 ޖޫން 2026
ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

25 ޖޫން 2026
ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
24 ޖޫން 2026

ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖޫން 2026
ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
24 ޖޫން 2026

ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"

24 ޖޫން 2026
ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"
24 ޖޫން 2026

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟

24 ޖޫން 2026
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟
24 ޖޫން 2026

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް
22 ޖޫން 2026

އެމެރިކާގެ ޒަމާނީ އިގްތިސާދު ބައްޓަންކުރެއްވި މޭސްތިރިޔާ އެލަން ގްރީންސްޕޭން އަވަހާރަވެއްޖެ

22 ޖޫން 2026
އެމެރިކާގެ ޒަމާނީ އިގްތިސާދު ބައްޓަންކުރެއްވި މޭސްތިރިޔާ އެލަން ގްރީންސްޕޭން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު