Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތެލުގެ އަގު

ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖޫން 2026 | ބުދަ 07:59

ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވާފައި މިވަނީ، އިންތިޚާބާ ދިމާކޮށް ތެލުގެ އަގު ބޮޑުވުމުގެ ޝަކުވާ އާންމުންގެ މެދުގައި އިތުރުވެފައިވާ ދަނޑިވަޅެއްގައި. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސާފުނުކުރާ ތެލުގެ އަގު 23 އިންސައްތަ ދަށަށް ދިޔައިރު، ޕެޓްރޯލްގެ އަގު ހެޔޮވެފައިވަނީ އެންމެ 14 އިންސައްތައަށް.

މަރިޔަމް އުހާމަތު
މަރިޔަމް އުހާމަތު | 24 ޖޫން 2026 | ބުދަ 07:59
2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު، އެމެރިކާގެ އިލިނޯއީ ސްޓޭޓްގެ ޝިކާގޯގައި ހުންނަ ފިއުލް ސްޓޭޝަނެއްގައި ޕެޓްރޯލްގެ އަގުތައް ދައްކައިދޭ ބޯޑެއް ބަހައްޓާފައި.

2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު، އެމެރިކާގެ އިލިނޯއީ ސްޓޭޓްގެ ޝިކާގޯގައި ހުންނަ ފިއުލް ސްޓޭޝަނެއްގައި ޕެޓްރޯލްގެ އަގުތައް ދައްކައިދޭ ބޯޑެއް ބަހައްޓާފައި. | ގެޓީ އިމޭޖަސް

ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތުކުރައްވައިފިއެވެ.

ވަކި ކުންފުންޏެއްގެ ނަން ހާމަނުކުރައްވާ ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑެތި ތެޔޮ ކުންފުނިތަކުން ތެޔޮ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް، އެ ނިސްބަތުން ޕަންޕުތަކުން ވިއްކާ އަގު ހެޔޮނުކުރާ ކަމަށެވެ. އަދި ތެލުގެ އަގުތައް ވަރަށް ބާރަށް ދަށަށް ދާއިރު، ކުންފުނިތަކުން ދަނީ ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލަ ވަގުތުން ތަހުގީގު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރައްވާފައިވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

މި ހަފުތާގެ ކުރީކޮޅު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކުރެވުނު ސުލްހައިގެ ސަބަބުން، ޕެޓްރޯލްގެ އަގު ވަނީ ދަށަށް ގޮސްފައެވެ. މިއީ އެމެރިކާގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.

އެހެންނަމަވެސް، ޕެޓްރޯލްގެ އަގު ދަށަށް ދިޔަ މިންވަރު ކުޑަކަމަށާއި، އެއީ ސާފުނުކުރާ ތެލުގެ އަގު ދަށަށް ދިޔަ ނިސްބަތާ އަޅާބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، މިހާރު ފެންނަމުންދާ މިންވަރަށްވުރެ މާ ބާރު ދުވެއްޔެއްގައި ޕެޓްރޯލްގެ އަގުތައް ދަށަށް ދާންޖެހޭނެ ކަމަށެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ރައީސް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ޝަކުވާތައް އިތުރުވެފައިވާ ވަގުތެއްގައެވެ.

"ގޭސްބަޑީ" ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބުދަ ދުވަހުގެ ހެނދުނާ ހަމައަށް އެމެރިކާގައި ޕެޓްރޯލް ގެލަނެއްގެ އެވްރެޖް އަގު ހުރީ 3.906 ޑޮލަރުގައެވެ. މިއީ މޭ މަހު އަގުތައް އެންމެ މައްޗަށް ދިޔަ މިންވަރާ އަޅާބަލާއިރު 14 އިންސައްތައިގެ ދަށްވުމެކެވެ.

މީގެ ބަދަލުގައި، ހަމަ އެ މުއްދަތުގެ ތެރޭގައި ސާފުނުކުރާ ތެލުގެ އަގު ވަނީ 23 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ އެމެރިކާއާއި އީރާނާ ދެމެދު ވަގުތީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވި، ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅިގެން އައި ބަދަލެކެވެ. މާރިޗު މަހު އަގުތައް އެންމެ މައްޗަށް ދިޔަ ދުވަސްވަރާ އަޅާބަލާއިރު، އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް 40 އިންސައްތަ ދަށަށް ގޮސްފައެވެ.

އީރާނުގެ ހަމަނުޖެހުންތައް ފެށުމުގެ އެއް މަސް ކުރިން، ޖެނުއަރީ މަހު ޕެޓްރޯލް ގެލަނެއްގެ އަގު ހުރީ 2.764 ޑޮލަރުގައެވެ. އެހެންކަމުން މިހާރުގެ އަގުތައް އަދިވެސް ހުރީ އެއަށްވުރެ މާ މަތީގައެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްއެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

24 ޖޫން 2026

ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"

24 ޖޫން 2026
ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"
24 ޖޫން 2026

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟

24 ޖޫން 2026
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟
24 ޖޫން 2026

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް
23 ޖޫން 2026

އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން އެއްބަސްވެއްޖެ

23 ޖޫން 2026
އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން އެއްބަސްވެއްޖެ
23 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި

23 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި
23 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫނުކުރާނެ ކަމަށް ބުނެފި

23 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫނުކުރާނެ ކަމަށް ބުނެފި
23 ޖޫން 2026

ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

23 ޖޫން 2026
ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
22 ޖޫން 2026

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026
އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި
22 ޖޫން 2026

ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި

22 ޖޫން 2026
ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި
21 ޖޫން 2026

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

21 ޖޫން 2026
ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް