Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިއްރު ޗެޓް ތަހުގީގު

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

25 ޖޫން 2026 | ބުރާސްފަތި 08:14

ޔޫރަޕްގެ އިސް ލީޑަރުންތަކެއް ހިމެނޭ ސިއްރު ގްރޫޕް ޗެޓެއްގެ މެސެޖުތައް ހާމަކުރަން ޔޫރަޕިއަން ކޮމިޝަނުން އިންކާރުކުރުމާ ގުޅިގެން، އީޔޫގެ އޮމްބަޑްސްމަން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. "ވޮޝިންގޓަން ގްރޫޕް" ގެ ނަމުން ނަންދެވިފައިވާ މި ގްރޫޕްގައި ލީޑަރުން މަޝްވަރާކުރައްވަނީ ޔޫކްރެއިން ހަނގުރާމައާއި އެމެރިކާގެ ސިޔާސަތުތަކާ ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނޭ.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 08:14
2026 ވަނަ އަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހު ޔެރެވަންގައި ބޭއްވި ޔޫރަޕިއަން ޕޮލިޓިކަލް ކޮމިއުނިޓީ (އީ.ޕީ.ސީ) ގެ އަށްވަނަ ސަމިޓުގައި، ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރުސުލާ ވޮން ޑަރ ލަޔަން އާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބައިވެރިވެވަޑައިގަންނަވަނީ.

2026 ވަނަ އަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހު ޔެރެވަންގައި ބޭއްވި ޔޫރަޕިއަން ޕޮލިޓިކަލް ކޮމިއުނިޓީ (އީ.ޕީ.ސީ) ގެ އަށްވަނަ ސަމިޓުގައި، ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރުސުލާ ވޮން ޑަރ ލަޔަން އާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބައިވެރިވެވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަ ލޭޔަން އާއި ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީގެ އިތުރުން ޔޫރަޕްގެ ބައެއް އިސް ލީޑަރުން ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން، އީޔޫގެ ވޮޗްޑޮގުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ނެދަލޭންޑްސްގެ ނޫހެއް ކަމަށްވާ "ފޮލޯ ދަ މަނީ" (އެފްޓީއެމް) އިންނެވެ.

މި ތަހުގީގު ފަށާފައިވަނީ، ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް އާއި، ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން އާއި، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ އިތުރުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ހިމެނިވަޑައިގަންނަވާ ކަމަށް ބުނާ މި ސިއްރު ގްރޫޕް ޗެޓްގެ މެސެޖުތައް ހާމަކުރުމަށް ޔޫރަޕިއަން ކޮމިޝަނުން އިންކާރު ކުރުމާ ގުޅިގެން އެފްޓީއެމް އިން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. ކޮމިޝަނުން ބުނެފައިވަނީ މި މެސެޖުތައް ހާމަކޮށްފިނަމަ، ބޭރުގެ ގައުމުތަކާއެކު އީޔޫއިން ބާއްވާ ގުޅުންތަކަށް ބުރޫއަރާފާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި ކޮމިޝަނަށް ފޮނުއްވި ސިޓީއަކާ ހަވާލާދީ އެ ނޫހުން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫރަޕިއަން އޮމްބަޑްސްމަން ޓެރޭސާ އަންޖީނިއޯ ވަނީ މި މެސެޖުތައް ހާމަނުކުރަން ނިންމި ނިންމުމާ ގުޅިގެން ތަހުގީގެއް މިހާރު ފައްޓަވާފައެވެ.

އަންޖީނިއޯ ވިދާޅުވި ގޮތުގައި، މި ތަހުގީގުގައި ބަލާނީ މެސެޖުތައް ދޫކުރުމަށް އިންކާރު ކުރިއިރު، އީޔޫގެ ދެފުށް ފެންނަ އުސޫލުތަކަށް ކޮމިޝަނުން އަމަލުކޮށްފައިވޭތޯއެވެ. އަދި ޖުލައި މަހުގެ މެދުތެރޭގައި ކޮމިޝަންގެ މަންދޫބުންނާ ބައްދަލުކުރުމަށް އެދިވަޑައިގެންފައިވާ ކަމަށްވެސް އެފްޓީއެމް އިން ރިޕޯޓްކޮށްފައިވެއެވެ.

"ވޮޝިންގޓަން ގްރޫޕް" ގެ ނަމުން ނަންދެވިފައިވާ މި ގްރޫޕް ޗެޓާ ބެހޭ މައުލޫމާތު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު "ޕޮލިޓިކޯ" ނޫހުންނެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން ގެއްލުންވެދާނެ ކަމަށް ބެލެވޭ ކަންކަމާ ގުޅޭގޮތުން މި ގްރޫޕްގައި ލީޑަރުން މަޝްވަރާ ކުރައްވައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ގްރޫޕް އެންމެ ފުރަތަމަ އުފެއްދީ ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެންނެވެ.

މި މައްސަލައަކީ އުރުސުލާ ވޮން ޑަ ލޭޔަން އާއި ޔޫރަޕިއަން ކޮމިޝަނުން ރަސްމީ ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާ ގޮތާ މެދު އުފެދިފައިވާ ގިނަ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުގެ މައްސަލައެވެ.

މިދިޔަ އަހަރު އީޔޫގެ ޖެނެރަލް ކޯޓުން ވަނީ، ކޮވިޑް-19 ގެ ވެކްސިން ކޮންޓްރެކްޓްތަކާ ގުޅޭގޮތުން ވޮން ޑަ ލޭޔަން އާއި ފައިޒާ ކުންފުނީގެ ސީއީއޯ އަލްބަރޓް ބޯލާ ބަދަލުކުރެއްވި މެސެޖުތައް ހޯދުމަށް ނިއުޔޯކް ޓައިމްސް އިން ހުށަހެޅި މައްސަލަ ކޮމިޝަނުން ބެލެހެއްޓީ ރަނގަޅަށް ނޫން ކަމަށް ނިންމާފައެވެ. އޭގެ ފަހުން ކޮމިޝަނުން ވަނީ ރެކޯޑްތައް ބެލެހެއްޓުމުގެ އުސޫލުތައް މުރާޖައާ ކުރާނެ ކަމަށް ވައުދުވެފައެވެ.

މީގެ އިތުރުން، ދެކުނު އެމެރިކާގެ މާކޯސޫރް ގްރޫޕާއެކު އީޔޫއިން ހަދަން އުޅޭ ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ފަރަންސޭސި ރައީސް މެކްރޮން ފޮނުއްވި މެސެޖެއް ފޮހެލާފައިވާތީ، މި މަހުގެ ކުރީކޮޅު އަންޖީނިއޯ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ މެސެޖު ހޯދަން އެދުމުން، ކޮމިޝަނުން ބުނެފައިވަނީ އެ މެސެޖަކީ އަމިއްލައަށް ފޮހެވޭ ގޮތަށް އިންނަ (އޮޓޯ-ޑިލީޓް) މެސެޖެއް ކަމުން އެ ފޮހެވިފައިވާ ކަމަށެވެ.

އެފްޓީއެމް އިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އޮމްބަޑްސްމަން ނިންމެވީ އެ މެސެޖު ފޮހެލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި މެސެޖުތައް ހިމެނޭހެން ރަސްމީ މުއާމަލާތްތައް ރައްކާތެރިކޮށް އާކައިވް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އަންޖީނިއޯ ވަނީ ކޮމިޝަނަށް ގޮވާލައްވާފައެވެ.

އުރްސުލާ ވޮން ޑަރ ލެޔަންވުލޮޑިމިއަރ ޒެލެންސްކީޔޫރަޕިއަން ކޮމިޝަން ޔޫކްރެއިންޑޮނަލްޑް ޓްރަމްޕްޓެރޭސާ އަންޖީނިއޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
24 ޖޫން 2026

ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖޫން 2026
ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
24 ޖޫން 2026

ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"

24 ޖޫން 2026
ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"
24 ޖޫން 2026

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟

24 ޖޫން 2026
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟
24 ޖޫން 2026

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް
22 ޖޫން 2026

ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި

22 ޖޫން 2026
ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި
21 ޖޫން 2026

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

21 ޖޫން 2026
ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ
21 ޖޫން 2026

ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ

21 ޖޫން 2026
ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ
21 ޖޫން 2026

ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް

21 ޖޫން 2026
ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް
20 ޖޫން 2026

ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި

20 ޖޫން 2026
ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް