Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

އިޓަލީން ބުނީ އެ ގައުމުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ލޮޖިސްޓިކަލް ކަންކަމަށް ކަމަށާއި، ސީދާ ހަމަލާދިނުމުގައި އެ ގައުމުން ބައިވެރިނުވާނެ ކަމަށް. މި މައްސަލަ ފެންމަތިވެފައިވަނީ ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް ދޭ އެއްބާރުލުން ކުޑަކަމަށް ބުނެ ރައީސް ޓްރަމްޕް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 17:03
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ (މެދުގައި) އަދި އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ (ކަނާތްފަރާތުގައި) ބެލްޖިއަމްގެ ބްރަސަލްސްގައި.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ (މެދުގައި) އަދި އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ (ކަނާތްފަރާތުގައި) ބެލްޖިއަމްގެ ބްރަސަލްސްގައި. | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި އިޓަލީން ބައިވެރިވާ މިންވަރަށް ތައުރީފުކުރައްވައި، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ދެއްކެވި ވާހަކަތައް އިޓަލީގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނޭޓޯގެ ވެރިޔާ ވިދާޅުވީ، އީރާނުގެ ސަރުކާރު ވައްޓާލުމަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކަށް ވިލާތުގެ ގައުމުތަކުން "ބޮޑު" އެއްބާރުލުމެއް ދެމުންދާ ކަމަށެވެ.

ރުޓާ ވިދާޅުވި ގޮތުގައި "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް އެއްބާރުލުން ދިނުމުގެ ގޮތުން ވިލާތުގެ އަސްކަރީ މަރުކަޒުތަކުން އެމެރިކާއިން ކުރި 4،000 އާއި 5،000 އާ ދެމެދުގެ އަސްކަރީ ދަތުރުތަކުގެ ތެރެއިން 500 ދަތުރަކީ ހަމައެކަނި އިޓަލީގެ ހިއްސާއެވެ.

މިކަމާ ގުޅިގެން އިޓަލީގެ އަސްކަރިއްޔާއިން ބުދަ ދުވަހު ބުނީ، އެ ގައުމުގެ ދައުރަކީ ހަމައެކަނި "ޓެކްނިކަލް އަދި ލޮޖިސްޓިކަލް، ނޮން-ކައިނެޓިކް" (ސީދާ ހަމަލާދިނުމުގައި ބައިވެރިނުވާ) ހަރަކާތްތަކެއް ކަމަށެވެ. އަދި އެއީ އިޓަލީގެ ގާނޫނުއަސާސީއާއި، އެ ގައުމުގެ އަސްކަރީ މަރުކަޒުތައް އެމެރިކާއަށް ބޭނުންކުރެވޭނެ ގޮތާ މެދު ޕާލަމަންޓުން ފާސްކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް ކުރިއަށްދާ ކަންކަން ކަމަށްވެސް ބުނެފައިވެއެވެ.

އިޓަލީގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، "އޮޕަރޭޝަން އެޕިކް ފިއުރީ" އާ އެއްވެސް ގުޅުމެއް ނެތް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް، ހުއްދަދެވިފައިވާ އުދުހުންތަކުގެ ބާވަތްތައް އޮޅުވާލައްވައި، މުޅިން ދޮގު މެސެޖެއް ލިބޭ ފަދަ ގޮތަކަށް ވާހަކަދެއްކެވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ.

ރުޓާގެ މި އިންޓަވިއުއަކީ، އެމެރިކާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުގެ ވިލާތުގެ މެންބަރުންނަށް އަމާޒުކޮށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިއުންތަކުން ދިފާއުވުމަށް ދެއްވި އިންޓަވިއުއެއް ކަމަށް ބެލެވެއެވެ. ބުދަ ދުވަހު ވައިޓް ހައުސްގައި ނޭޓޯގެ ވެރިޔާއާ ބައްދަލުކުރައްވައި ޓްރަމްޕް ވަނީ، އެމެރިކާއަށް ވަފާތެރިކަން ކުޑަވުމުގެ ސަބަބުން "މާޔޫސްވެފައިވާ" ގައުމުތަކުގެ ލިސްޓުގައި އިޓަލީ ހިމަނުއްވާފައެވެ.

ރުޓާ އަންނަނީ ތަކުރާރުކޮށް ޓްރަމްޕަށް ވަރަށް ބޮޑަށް ސަނާ ކިޔަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ އެމެރިކާގެ ރައީސަށް "ޑެޑީ" ގެ ނަމުންވެސް މުޚާތަބު ކުރައްވާފައެވެ.

އިޓަލީ ސަރުކާރުން މިކަން އާންމުކޮށް ސާފުކޮށްދީފައި މިވަނީ، ޓްރަމްޕާއި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ދެމެދު އުފެދުނު ދެބަސްވުމަކަށް ފަހުގައެވެ. ފަރަންސޭސިވިލާތުގައި ދާދިފަހުން ބޭއްވި ޖީ7 ސަމިޓުގެ ތެރެއިން ޓްރަމްޕާއެކު ފޮޓޯއެއް ނެގުމަށް މެލޯނީ "އާދޭސްކުރެއްވި" ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަ މެލޯނީ ވަނީ ދޮގުކުރައްވާފައެވެ. މެލޯނީ ވިދާޅުވީ ޓްރަމްޕާ ގާތް ގުޅުމެއް ބޭއްވުމުން އޭނާއަށް ސިޔާސީ އެއްވެސް ފައިދާއެއް ނުލިބޭ ކަމަށާއި، އޭނާގެ މަގުބޫލުކަން ބިނާވެފައިވަނީ ހަމައެކަނި އިޓަލީގެ ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލުކަމުގެ މައްޗަށް ކަމަށެވެ.

މި ހަފުތާގައި އެމެރިކާގެ ސެނެޓުން ވަނީ 48 ވޯޓަށް ވުރެ 50 ވޯޓުގެ އަޣުލަބިއްޔަތުން، އީރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތަކުން އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ. މި މަހުގެ ކުރީކޮޅު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވެސް މި ގަރާރު ފާސްކޮށްފައިވީ ނަމަވެސް، މިއީ ރަމްޒީ ނިންމުމެއްގެ ގޮތުގައި ބެލެވެނީ، ރައީސްގެ ބާރުތައް ހަނިކުރުމަށް ކުރާ މިފަދަ މަސައްކަތްތައް ވީޓޯ ކުރުމުގެ ބާރު ރައީސަށް އޮންނާތީއެވެ.

އެމެރިކާގެ ގާނޫނުއަސާސީ ބުނާގޮތުން ކޮންމެ ހަނގުރާމައެއް ފެށުމުގެ ކުރިން ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ސީދާ ގޮތެއްގައި ކޮންގްރެސްއިން އެފަދަ ހުއްދައެއް ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ގާނޫނު ހަދާ މަޖިލީހުން އާންމުކޮށް ނެރެނީ "އޯތޮރައިޒޭޝަން ފޯ ޔޫސް އޮފް މިލިޓަރީ ފޯސް" (އަސްކަރީ ބާރު ބޭނުންކުރުމުގެ ހުއްދަ) އެވެ. މީގެ ސަބަބުން އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި ސަރުކާރަށް ފުޅާ ދާއިރާއެއްގައި ބާރުތައް ލިބިގެންދެއެވެ.

އީރާން-އެމެރިކާމާކް ރުޓާއިޓަލީނޭޓޯޑޮނަލްޑް ޓްރަމްޕްޖިއޯޖިއާ މެލޯނީ

އިތުރަށް ކިޔާލަން

25 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ފީ ނެގުމުގެ މައްސަލައިގައި އެމެރިކާ އާ އީރާން ބޮޑު އަރާރުމަކަށް

25 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ފީ ނެގުމުގެ މައްސަލައިގައި އެމެރިކާ އާ އީރާން ބޮޑު އަރާރުމަކަށް
25 ޖޫން 2026

ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ

25 ޖޫން 2026
ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ
25 ޖޫން 2026

ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް

25 ޖޫން 2026
ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް
25 ޖޫން 2026

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

25 ޖޫން 2026
ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު