Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު-ސޫރިޔާ

ސޫރިޔާއަށް އިސްރާއީލުން ދޭ ހަމަލާތައް ތުރުކީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

އިސްރާއީލުން ސޫރިޔާގެ ގުނައިތުރާ އާއި ދަރާ އަށް ދެމުންދާ ހަމަލާތަކަކީ އެ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ތުރުކީވިލާތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގާ، އާންމު ރައްޔިތުންގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އަމަލުތަކެއް ކަމަށް

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 14:27
ތުރުކީގެ ގައުމީ ދިދަ

ތުރުކީގެ ގައުމީ ދިދަ | ގެޓީ އިމޭޖަސް

އިސްރާއީލުން ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކަށް ވަދެގަނެ، ދެމުންދާ ހަމަލާތައް ތުރުކީވިލާތުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ. ގޯލާން ހައިޓްސް ކައިރީގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން މަޖުބޫރުވެފަ އެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޫރިޔާގެ ގުނައިތުރާ އަދި ދަރާ އަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ސޫރިޔާގެ ސިޔާދަތާއި، އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، މި ހަމަލާތަކަކީ ސޫރިޔާގެ ރައްޔިތުންގެ ފުރާނައާއި މުދަލަށް ގެއްލުންދީ، އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ދިރިއުޅުން އިތުރަށް ދަތިކުރުވާ އަމަލުތަކެއް ކަމަށް ތުރުކީން ބުނެފައިވެ އެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް އިސްރާއީލުން ހިންގަމުންދާ އަމަލުތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލް-ސީރިއާތުރުކީގޯލާން ހައިޓްސް

އިތުރަށް ކިޔާލަން

29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
17 މާރިޗު 2026

އީރާން ފުނޑާލެވިއްޖެ ނަމަ އިޒްރޭލުގެ މެނޫ ގައި ދެން އޮތީ ތުރުކީވިލާތްބާ؟

17 މާރިޗު 2026
އީރާން ފުނޑާލެވިއްޖެ ނަމަ އިޒްރޭލުގެ މެނޫ ގައި ދެން އޮތީ ތުރުކީވިލާތްބާ؟
08 މާރިޗު 2026

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް
04 ފެބުރުއަރީ 2026

އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

04 ފެބުރުއަރީ 2026
އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން
03 ފެބުރުއަރީ 2026

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

03 ފެބުރުއަރީ 2026
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި
03 ފެބުރުއަރީ 2026

އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

03 ފެބުރުއަރީ 2026
އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް
30 ޖެނުއަރީ 2026

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

30 ޖެނުއަރީ 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި
27 ޖެނުއަރީ 2026

ތުރުކީ ވިލާތުން ރަސްމީ މަރުހަބާ ދަންނަވަމުން ދަނިކޮށް އަރިއަޅާލައިގެން ނައިޖީރިއާގެ ރައީސް ބިންމައްޗަށް ވެއްޓިއްޖެ

27 ޖެނުއަރީ 2026
ތުރުކީ ވިލާތުން ރަސްމީ މަރުހަބާ ދަންނަވަމުން ދަނިކޮށް އަރިއަޅާލައިގެން ނައިޖީރިއާގެ ރައީސް ބިންމައްޗަށް ވެއްޓިއްޖެ
24 ޖެނުއަރީ 2026

އިޒްރޭލުން ބަލަނީ އީރާން އަށް ހަމަލާ ދޭނެ ފުރުސަތަކަށް: ތުރުކީގެ ފޮރިން މިނިސްޓަރު

24 ޖެނުއަރީ 2026
އިޒްރޭލުން ބަލަނީ އީރާން އަށް ހަމަލާ ދޭނެ ފުރުސަތަކަށް: ތުރުކީގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު