Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

ތުރުކީގެ ފޮރިން މިނިސްޓަރު ފިދާން ވިދާޅުވީ، އީރާންގެ ވެރިކަން ބަދަލު ކުރުމުގެ ބޭނުމުގައި އެ ޤައުމުގެ ތެރޭގައި ފިތުނަ އުފައްދައި، ދާޚިލީ ހަނގުރާމައެއް ފެށުމަށް ކުރާ ކޮންމެ މަސައްކަތަކީ ތާރީޚީ ގޮތުން ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 08:05
ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން | ގެޓީ އިމޭޖަސް

އީރާންގެ ދާޚިލީ މަސްލަހަތު ނަގާލައި، އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށުމަށް ކުރަމުންދާ މަސައްކަތްތަޚާ ދެކޮޅަށް ތުރުކީ އިން ވަރުގަދަ އިންޒާރެއް ދީފި އެވެ. 

ތުރުކީގެ އިސްތަމްބޫލުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މި އިންޒާރު ދެއްވާފައި ވަނީ، އެ ޤައުމުގެ ފޮރިން މިނިސްޓަރު ހަކަން ފިދާން އެވެ. 

ތުރުކީގެ ފޮރިން މިނިސްޓަރު ފިދާން ވިދާޅުވީ، އީރާންގެ ވެރިކަން ބަދަލު ކުރުމުގެ ބޭނުމުގައި އެ ޤައުމުގެ ތެރޭގައި ފިތުނަ އުފައްދައި، ދާޚިލީ ހަނގުރާމައެއް ފެށުމަށް ކުރާ ކޮންމެ މަސައްކަތަކީ ތާރީޚީ ގޮތުން ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަަމަށެވެ. އަދި އީރާންގައި އުޅޭ ތަފާތު ނަސްލުތަކާއި، ދީނީ ގުރޫޕު ތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަމުގެ ބޭނުން ހިފައިގެން އެ ޤައުމު ހަލާކު ކޮށްލުމަށް ރާވާ އެއްވެސް ރޭވުމަކަށް ތުރުކީ އިން ތާއީދު ނުކުރާނެ ކަމަށް އޭނަ ވިދާޅުވި އެވެ. އެއާ އެކު، މިއީ ކުރިމަތި ވެދާނެ އެންމެ ނުރައްކާތެރި ޙާލަތު ކަމަށް ފިދާން ފާހަގަ ކުރެއްވި އެވެ. 

ތުރުކީ އިން މިފަދަ އިންޒާރެއް ދީފައި މި ވަނީ، އީރާންގެ އެތެރެއަށް ވަދެ ގަތުމަށްޓަކައި ކުރުދީ ހަނގުރާމަ ވެރިންނަަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފައިވާ ވަގުތެއްގަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަދަ ހަމަލާ އަކަށް ތާއީދު ކުރައްވާފައިވާ ކަމަށް ވެސް ރިޕޯޓު ތަކުގައި ފާހަގަ ކޮށްފައިވާ ވަގުތެއްގަ އެވެ. ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީކޭކޭއާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ހަނގުރާމަ ކުރަމުންދާ ތުރުކީ އިން މިފަދަ ކޮންމެ ޙަރަކާތަކާ މެދު ނުހަނު ކަންބޮޑުވެ އެވެ. 

އެ މައްސަލައާ ގުޅޭ ގޮތުން ފިދާން ވިދާޅުވީ، އޭނާ ބުދަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެމެރިކާ އިން އެފަދަ ކަމެއްގައި ބައިވެރި ނުވާ ކަމަށާއި، އެފަދަ ނިޔަތެއް ނެތް ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް ފިދާން ހާމަ ކުރެއްވި އެވެ. ނަމަވެސް، އިޒްރޭލް އިން ސަަރަހައްދޫ ކުރުދީ ގުރޫޕު ތަކެއް ބޭނުން ކޮށްގެން މަަސްލަހަތު ނަގާލުމުގެ އިސްތިރާތީޖީއެއް ގެންގުޅޭ ކަމަށް ފިދާން ވަނީ ތުހުމަތު ކުރައްވައިފަ އެވެ. 

އީރާންގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތް ތަކަށް އިންޒާރު ދެއްވަމުން ފިދާން ވިދާޅުވީ، މިފަދަ ކަމެއްގެ ސަބަބުން އީރާންގެ ކުށެއް ނެތް އެތައް ރައްޔިތުންނެއް މަރުވެ، އެތައް މިލިއަން ބަޔަކު ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޤައުމު ތަކަށް ހިޖުރަ ކުރަން ޖެހޭނެ ކަމަށެވެ. އަދި ސަރަހައްދީ ކުރުދީ ލީޑަރުން މިފަދަ ތާރީޚީ ގޯހެއް ނުހެއްދެވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އިރާގާއި ސީރިއާ އަށް ފަހު، އީރާންގައި ދިގު މުއްދަތަކަށް ހަނގުރާމަ އާއި ހަމަނުޖެހުން އޮތުމަކީ އެއްވެސް ޤައުމެއްގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް ވެސް ފިދާން ވިދާޅުވި އެވެ. އީރާންގެ އެތެރޭގައި އުފެދޭ ކޮންމެ ކަމެއްގެ އަސަރު މުޅި ސަރަހައްދަށް ފެތުރިގެން ދާނެ ކަމަށާއި، ތުރުކީ އިން މަސައްކަތް ކުރަނީ އެފަދަ ޙާލަތެއް މެދުވެރިވިޔަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މަސްދަރު: އޭއެފްޕީ

އީރާންތުރުކީހަކަން ފިދާންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާއީރާން-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ޚަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ޚަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

08 މާރިޗު 2026
އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ

އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ

08 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު