Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ-ތުރުކީ

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

ސަރަޙައްދީ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ތުރުކީގެ ރައީސް ސައުދީއަށް ކުރައްވާ މި ދަތުރުފުޅުގައި އީރާނާއި އެމެރިކާގެ ގުޅުން ރަނގަޅުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރައްވާނެ ކަމަށް ބެލެވޭ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައިވޭ.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 17:37
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ސައުދީ އަރަބިއްޔާގެ ރިޔާޟަށް ވަޑައިގަތުން.

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ސައުދީ އަރަބިއްޔާގެ ރިޔާޟަށް ވަޑައިގަތުން. | އެސް.ޕީ.އޭ

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަންގާރަ ދުވަހު ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް އުރުދުޣާން، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި، އަލްޔަމާމާ ގަނޑުވަރުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތުރުކީގެ ރައީސް ސައުދީ އަރަބިއްޔާ އަށް މި ކުރައްވާ ދަތުރުފުޅަކީ، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޔަމަނާއި ސޫރިޔާގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއެކު ސަރަޙައްދީ މަސްރަޙު ގޯސްވަމުންދާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތެހެރާނަށް އިންޒާރު ދެއްވާފައިވާތީ، އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އެމެރިކާ އާއި އީރާނުގެ އިތުރުން ސަރަޙައްދީ ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ބާއްވާ މަޝްވަރާތަކަށް ތުރުކީވިލާތުން މެދުވެރިއެއްގެ ދައުރު އަދާކުރާނެ ކަމަށް ބެލެވެއެވެ.

ސައުދީ އަރަބިއްޔާ އާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން، ރައީސް އުރުދުޣާންގެ ދަތުރުފުޅުގެ ތެރޭގައި ބާއްވާ "ސައުދީ-ތުރުކީ އިންވެސްޓްމަންޓް ފޯރަމް" އިން ވެސް ރަނގަޅަށް ހާމަވެގެންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ އެކި ދާއިރާތަކުން އިޤްތިޞާދީ އަދި އިންވެސްޓްމަންޓް ގުޅުންތައް ވަރުގަދަކުރުމާއި، ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުން ދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމުގެ އިތުރުން، ސައުދީ އަރަބިއްޔާގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަތުމެވެ.

ރަޖަބް ތައްޔިބް އުރުދުޣާންމުޙައްމަދު ބިން ސަލްމާންތުރުކީއެމެރިކާ-ސައުދީ އަރަބިއްޔާއީރާން-އެމެރިކާސައުދީ-ތުރުކީ އިންވެސްޓްމަންޓް ފޯރަމްސައުދީ-ތުރުކީ

ކޮމެންޓް

އިތުރަށް ކިޔާލަން

"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި

"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި

03 ފެބުރުއަރީ 2026
އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

03 ފެބުރުއަރީ 2026
އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

03 ފެބުރުއަރީ 2026
އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

02 ފެބުރުއަރީ 2026
ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު