Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ހަމައެކަނި ނިއުކްލިއާ މައްސަލަ އަށް ފޯކަސްކުރުމަށް އީރާނުން ދަނީ ބާރުއަޅަމުން. މި ބައްދަލުވުމުގައި އެމެރިކާގެ އިސް މަންދޫބުންނާއި އީރާނުގެ ފޮރިން މިނިސްޓަރު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އީރާނުގެ ދިފާއީ ގާބިލުކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 01:36
ތެހެރާންގެ މެދުތެރޭގައި ހުންނަ ނޭޝަނަލް އޯގަނައިޒޭޝަން އޮފް އެޑިއުކޭޝަނަލް ޓެސްޓިން އިމާރާތުގެ ފާރުގައި ކުރަހާފައިވާ "ޑައުން ވިތް ދަ ޔޫއެސްއޭ" މިއުރަލް ކައިރިން، ކަރީމް ޚާން ޒަންދު ބްރިޖް މަތިން އުޅަނދުފަހަރު ދަތުރުކުރަނީ - ޖޫން 13, 2025.

ތެހެރާންގެ މެދުތެރޭގައި ހުންނަ ނޭޝަނަލް އޯގަނައިޒޭޝަން އޮފް އެޑިއުކޭޝަނަލް ޓެސްޓިން އިމާރާތުގެ ފާރުގައި ކުރަހާފައިވާ "ޑައުން ވިތް ދަ ޔޫއެސްއޭ" މިއުރަލް ކައިރިން، ކަރީމް ޚާން ޒަންދު ބްރިޖް މަތިން އުޅަނދުފަހަރު ދަތުރުކުރަނީ - ޖޫން 13, 2025. | ގެޓީ އިމޭޖަސް

މި ހަފުތާގައި އެމެރިކާއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ތުރުކީގެ ބަދަލުގައި އޮމާންގައި ބޭއްވުމަށާއި، އެ ބައްދަލުވުމުގައި ހަމައެކަނި ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި ވާހަކަދެއްކުމަށް އީރާނުން ޝަރުތުކުރަމުންދާ ކަމަށް ސަރަހައްދީ މަސްދަރަކުން އަންގާރަ ދުވަހު ބުނެފި އެވެ.

އީރާނުގެ މި ހުށަހެޅުންތަކާ ގުޅިގެން، ކުރިން ރޭވިފައިވާ ގޮތަށް މި ބައްދަލުވުން ކުރިއަށްދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ ހުކުރު ދުވަހު އިސްތަންބޫލްގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި މަޝްވަރާތައް ބާއްވާ ތަނާއި އެޖެންޑާ ބަދަލުކުރުމަށް އީރާނުން މަސައްކަތް ފަށާފައި މިވަނީ، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި މަސްރަހު ނުތަނަވަސްވެފައި ވަނިކޮށެވެ.

ދެ ގައުމުގެ މެދުގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް ވައިގެ ހަމަލާދޭނެ ކަމުގެ އިންޒާރުތައް ބަދަލުކުރަމުންދާއިރު، މިކަން ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތުމުން، ސަރަހައްދީ ބާރުތަކުން ދަނީ މި މައްސަލައަށް ހައްލެއް ހޯދުމަށް ބާރުއަޅަމުންނެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހު ބުނި ގޮތުގައި، އަރަބި ކަނޑުގައި އޮތް އެމެރިކާގެ "އަބްރަހަމް ލިންކަން" މަތިންދާބޯޓު އުފުލާ މަނަވަރާ "ނުރައްކާތެރި" ގޮތަކަށް ކައިރިވި އީރާނުގެ ޑްރޯނެއް އެމެރިކާ ސިފައިން ވަނީ ބަޑިޖަހައި ވައްޓާލާފައެވެ. ރޮއިޓާސް އިން އެންމެ ފުރަތަމަ ރިޕޯޓުކުރި މި ހާދިސާ ހިނގާފައިވަނީ މަސްރަހު އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

"އެމީހުން ބޭނުންވަނީ މަޝްވަރާތަކުގެ ފޯމެޓާއި އޭގެ ދާއިރާ ބަދަލުކުރަން،" އީރާނުގެ ހުށަހެޅުންތަކުގެ މައުލޫމާތު އެނގޭ ސަރަހައްދީ ޑިޕްލޮމެޓަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާ އިން ބެލިސްޓިކް މިސައިލްގެ މައްސަލަ އާއި ސަރަހައްދީ ގައުމުތަކުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ ވާހަކަ މަޝްވަރާގައި ހިމަނަން ބޭނުންވި ނަމަވެސް، އީރާނުން ބޭނުންވަނީ ހަމައެކަނި ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން އެމެރިކާ އާ އެކު ވާހަކަދެއްކުމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް އަންގާރަ ދުވަހު ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނާއެކު ބާއްވާ މަޝްވަރާތައް އަދިވެސް އޮތީ މި ހަފުތާގެ ފަހުކޮޅު ބާއްވާ ގޮތަށް ތާވަލުކުރެވިފައި ކަމަށެވެ.

މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން އަންގާރަ ދުވަހު ބުނި ގޮތުގައި، މި މަޝްވަރާތަކުގައި ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރާއި، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްގެ އިތުރުން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ސަރަހައްދީ އެހެން ބައެއް ގައުމުތަކުގެ ވަޒީރުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.

އީރާނުގެ ޑިޕްލޮމެޓިކް މަސްދަރަކުން މީގެ ކުރިން ބުނެފައިވަނީ، މި މަޝްވަރާތަކާ މެދު ތެހެރާނުން މާ ބޮޑު އުންމީދެއް ނުކުރާ ކަމަށާއި ނަމަވެސް މާ ބޮޑަށް މާޔޫސް ވެސް ނުވާ ކަމަށެވެ. އަދި އިސްލާމީ ޖުމްހޫރިއްޔާގެ ދިފާއީ ގާބިލުކަމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށާއި، ކޮންމެ ފަދަ ހާލަތަކަށް ވެސް އީރާން އޮތީ ތައްޔާރަށް ކަމަށް އެ މަސްދަރުން ބުންޏެވެ.

"އެމެރިކާ އިން ވެސް ސީރިއަސް، ނަތީޖާ އެއް ނެރެވޭނެ ފަދަ މަޝްވަރާތަކެއް ކުރަން ގަސްދުކުރޭތޯ ނުވަތަ ނޫންތޯ އަދި ފެންނާނެ،" އެ މަސްދަރުން ބުންޏެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާތުރުކީޖަރެޑް ކުޝްނަރއައްބާސް އަރަގްޗީއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި

އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި

03 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

03 ފެބުރުއަރީ 2026
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

03 ފެބުރުއަރީ 2026
"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި

"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި

03 ފެބުރުއަރީ 2026
އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު