Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނޑޫ ލިމިޓްކޮށް ވިއްކުން

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

އެސްޓީއޯގެ ކާޑު ގުދަނުގެ އިންވެންޓްރީ ބެލުމަށް ވަކި ވަގުތުތަކެއްގައި ގުދަން ބަންދުކުރުމާ ގުޅިގެން، ބާޒާރުގައި ހަނޑޫ ލިބުމަށް ދަތިތަކެއް ކުރިމަތިވެ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީވިލާތާއެކު ސަރުކާރުން އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، އަމަލީ ގޮތުން އެކަން އަދި ފެންނާކަށް ނެތް. މި މައްސަލައާ ގުޅިގެން ރާއްޖޭގެ ކާނާގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާއިރު، އެސްޓީއޯއިން ބުނަނީ މަސައްކަތް ނިމުމުން އާންމު އުސޫލުން ހަނޑޫ ދޫކުރަން ފަށާނެ ކަމަށް.

މަޚްތޫމް
މަޚްތޫމް | 6 މެއި 2026 | ބުދަ 14:48
އެސްޓިއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުމުގައި - ފައިލް

އެސްޓިއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުމުގައި - ފައިލް | ރާއްޖެއެމްވީ

ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރާ ހަނޑޫ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސްޓޮކުން މަދުވެ، ހަނޑޫ ދޫކުރުން ލިމިޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިކަމާ ގުޅިގެން މާލޭގެ ބައެއް ފިހާރަތަކުން މިހާރު ހަނޑޫ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އާންމުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯގެ ކާޑު ގުދަން އާންމުކޮށް ބަންދުކުރާ ގަޑިއަށްވުރެ އަވަހަށް މިހާރު ދަނީ ބަންދުކުރަމުންނެވެ. ވޭތުވެދިޔަ ދެ ދުވަހު ހަނޑޫ ގަންނަން ދިޔަ ފަރާތްތަކަށް ހަނޑޫ ވިއްކާފައި ވަނީ ވަކި މިންވަރަކަށް ލިމިޓްކޮށްގެންނެވެ. ގުދަނުގައި ތިބި މުވައްޒަފުންނާ ހަވާލާދީ ހަނޑޫ ގަންނަން ދިޔަ ބައެއް މީހުން ބުނީ، ހަނޑޫ ވިއްކަނީ ލިމިޓްކޮށްގެން ކަމަށާއި ގުދަން ހުޅުވާފައި ބަހައްޓަނީ ވެސް ވަކި ވަގުތުތަކެއްގައި ކަމަށެވެ.

މި މައްސަލައިގެ އަސަރު މާލޭގެ ބާޒާރަށް ވެސް ވަނީ ކުރަން ފަށާފަ އެވެ. މާލޭގެ ބައެއް ފިހާރަތަކުން ބުނާ ގޮތުގައި އެސްޓީއޯގެ ކާޑު ގުދަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ހަނޑޫ ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި ސްޓޮކް މަދުވުމުގެ ސަބަބުން އެސްޓީއޯ އިން ހަނޑޫ ވިއްކަނީ ލިމިޓްކޮށްގެން ކަމަށް ވެސް ފިހާރަތަކުން ފާހަގަކުރެ އެވެ.

މިކަމާ ގުޅިގެން އެސްޓީއޯ އިން ބުނީ، ވޭތުވެދިޔަ ދެ ދުވަހު ވަކި ވަގުތުތަކެއްގައި ގުދަން ބަންދުކުރަން ޖެހުނީ އިންވެންޓްރީ ގުނުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އާންމުކޮށް ހުޅުވާފައި ހުންނަ ގަޑިތަކުގައި ގުދަން ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ނިމޭނެ ދުވަހެއް އެސްޓީއޯ އިން ނުބުނެ އެވެ.

އެސްޓީއޯގެ ހަނޑޫ ސްޓޮކަށް ބާރުބޮޑުވެފައިވާއިރު، ތުރުކީވިލާތުން ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން އެކަން އަދި ފެންނާކަށް ނެތެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ތުރުކީން ކާޑު ގެނައުމަށް ސަރުކާރުން އޯޑަރު ކުރި ޝިޕްމަންޓް ނުލިބުމުގެ ސަބަބުން، ސަރުކާރުން ހިލޭ ބަހާފައި ވަނީ އިންޑިއާ އާއި ލަންކާއިން އެތެރެކޮށްފައިވާ ކާޑުގެ ބާވަތްތަކެވެ.

ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރޯސާވުން ހުއްޓާލުމުގެ ގޮތުން ތުރުކީވިލާތާއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވެ. އެ ދުވަހު ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެއް އަހަރު ދުވަހަށް ވާވަރަށް އަދި އިތުރު 10 އިންސައްތައާއެކު ތުރުކީން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، އެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ ހަނޑުލުގެ ދަތިކަމާއެކު، ކާޑުގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

އެސްޓީއޯރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުތުރުކީމާލެހަނޑޫ

އިތުރަށް ކިޔާލަން

06 މެއި 2026

އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން

06 މެއި 2026
އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން
06 މެއި 2026

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

06 މެއި 2026
ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި
06 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

06 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ
06 މެއި 2026

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ
05 މެއި 2026

ބޮޑުތަކުރުފާނު މަގުން ފުލުހުންގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެއްޖެ

05 މެއި 2026
ބޮޑުތަކުރުފާނު މަގުން ފުލުހުންގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު