Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

އީރާނުގެ ރައްޔިތުންނަށް ތާއީދުކޮށް ތުރުކީގެ އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކުރިމަތީގައި ބޭއްވި މި މުޒާހަރާގައި، އެމެރިކާގެ ރައީސާއި އިސްރާއީލުގެ ބޮޑުވަޒީރުގެ ފޮޓޯތަކުގައި ވަނީ ހުޅުޖަހާފައެވެ. އެމެރިކާއިން އީރާނާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލި މި ހަރަކާތާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރި ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. މި މުޒާހަރާއަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ އަމަލުތަކާމެދު އާންމު ރައްޔިތުންގެ ނުރުހުން އޮތް މިންވަރު ހާމަވެގެންދިޔަ ކަމެކެވެ.

ޖިނާ
ޖިނާ, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 03:32
އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޖެނެރަލްގެ ކުރިމަތީ ގައި ކުރި މުޒާހަރާގެ ތެރެއިން

އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޖެނެރަލްގެ ކުރިމަތީ ގައި ކުރި މުޒާހަރާގެ ތެރެއިން | ރޮއިޓާސް

އެމެރިކާއާއި އީރާނާ ދެމެދު އޮތް ގުޅުން ގޯސްވެ، މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޖެނެރަލްގެ ކުރިމަތީގައި އެމެރިކާއާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ.

އީރާނުގެ ރައްޔިތުންނަށް ތާއީދުކޮށް ބޭއްވި މި މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތަކެއްގައި ހުޅުޖަހައި އަންދާލާފައެވެ. މި ހަރަކާތަކީ އެމެރިކާއިން އީރާނާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ހަރަކާތެކެވެ.

Your browser does not support the video tag.
އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޖެނެރަލްގެ ބޭރުގައި މުޒާހަރާގެ ބައިވެރިން އެމެރިކާގެ ރައީސް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕޯސްޓަރު ތައް އަންދާލަނީ

މި މުޒާހަރާ ކުރިއަށްދިޔަ ވަގުތު ބައިވެރިން ވަނީ އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ޝިއާރުތައް އުފުލައި، އީރާނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްފައެވެ. މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން އަމަލުކުރަމުންދާ ގޮތާމެދު މުޒާހަރާގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ފަހަކަށް އައިސް އެމެރިކާއާއި އީރާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނީ، އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އަސްކަރީ ގޮތުން ކުރިމަތިލުންތަކެއް ހިނގައިފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްތަންބޫލްގައި ބޭއްވި މި މުޒާހަރާއަކީ އެ ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އެމެރިކާގެ ސިޔާސަތުތަކާ މެދު އޮތް ނުރުހުން ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

މި މުޒާހަރާއާ ގުޅިގެން އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ހިނގިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެމެރިކާ-އީރާންއިސްތަންބޫލްރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫއިޒްރޭލްތުރުކީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

02 ފެބުރުއަރީ 2026
ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ
02 ފެބުރުއަރީ 2026

ޚާމަނާއީގެ އިންޒާރާ އެކު، ޓްރަމްޕް ވިދާޅުވީ އީރާންއާ އެކު އެއްބަސްވުމަކަށް އުންމީދު ކުރައްވާ ކަމަށް

02 ފެބުރުއަރީ 2026
ޚާމަނާއީގެ އިންޒާރާ އެކު، ޓްރަމްޕް ވިދާޅުވީ އީރާންއާ އެކު އެއްބަސްވުމަކަށް އުންމީދު ކުރައްވާ ކަމަށް
01 ފެބުރުއަރީ 2026

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

01 ފެބުރުއަރީ 2026
އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި
01 ފެބުރުއަރީ 2026

އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

01 ފެބުރުއަރީ 2026
އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ
01 ފެބުރުއަރީ 2026

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު