Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިޒްރޭލް

އިޒްރޭލުން ބަލަނީ އީރާން އަށް ހަމަލާ ދޭނެ ފުރުސަތަކަށް: ތުރުކީގެ ފޮރިން މިނިސްޓަރު

24 ޖެނުއަރީ 2026 | ހޮނިހިރު 05:31

ފިދާން ވިދާޅުވީ، އެންމެ ފަހުން އީރާން އަށް ކުރެއްވި ދަތުރުފުޅުގައި އީރާންގެ އޮފިޝަލުންނާ ސީދާ މަޝްވަރާ ކުރެވުނު ކަމަށާއި، ކަންބޮޑުވުންތައް ވެސް ހިއްސާ ކުރައްވާފައިވާ ކަމަށް. ޚާއްސަކޮށް އީރާންގެ ރަޙުމަތްތެރިޔެއްގެ ހައިސިއްޔަތުން މައުލޫމާތު ފޯރުކޮށްދީފައި ވާނެ ކަމަށާއި، ރަޙުމަތްތެރިން ވާހަކަ ދައްކާނީ ހަގީގަތަށް ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖެނުއަރީ 2026 | ހޮނިހިރު 05:31
ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން | ރޮއިޓަސް

އީރާން އަށް ހަމަލާ ދޭނެ ފުރުސަތެއް ހޯދުމަށް އިޒްރޭލުން މަސައްކަތް ކުރަމުން އަންނަ ނިޝާންތައް ފެންނަމުންދާ ކަމަށާއި، އެފަދަ ހަމަލާ އަކީ މުޅި ސަރަހައްދުގެ އިސްތިޤުލާލަށް ނުރައްކާ ވާނެ ކަމެއް ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އެންޓީވީ އަށް ހުކުރު ދުވަހު ދެއްވި އިންޓަވިޔުއެއްގައި ފިދާން ވިދާޅުވީ، އީރާން އަށް ހަމަލާ ދޭނެ ފުރުސަތެއް އިޒްރޭލުން ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް، ހަމަލާ ދިނުމުގެ ބަދަލުގައި އެހެން މަގެއް އިޒްރޭލުން ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަމުގައި އެމެރިކާ އާއި އިޒްރޭލު ހިމެނޭތޯ ސުވާލު ކުރުމުން، ފިދާން ވިދާޅުވެފައި ވަނީ ޚާއްސަކޮށް އިޒްރޭލުން ދަނީ އެފަދަ ފުރުސަތެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. 

އިތުރަށް ފިދާން ވިދާޅުވީ، އެންމެ ފަހުން އީރާން އަށް ކުރެއްވި ދަތުރުފުޅުގައި އީރާންގެ އޮފިޝަލުންނާ ސީދާ މަޝްވަރާ ކުރެވުނު ކަމަށާއި، ކަންބޮޑުވުންތައް ވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. ޚާއްސަކޮށް އީރާންގެ ރަޙުމަތްތެރިޔެއްގެ ހައިސިއްޔަތުން މައުލޫމާތު ފޯރުކޮށްދީފައި ވާނެ ކަމަށާއި، ރަޙުމަތްތެރިން ވާހަކަ ދައްކާނީ ހަގީގަތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ފިދާންއާ ހަވާލާދީ އެ ވާހަކަ ރިޕޯޓު ކޮށްފައި ވަނީ ތުރުކީގެ ޓުޑޭ ނޫހުންނެވެ. 

ތުރުކީގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ، އީރާންގެ ރައީސް މައްސޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާ ތަކުގައި، ބޭރު އެއްވެސް ޤައުމަކުން އީރާން އާ ދެކޮޅަށް ހިންގާ ޙަރަކާތްތަކާ ތުރުކީ އިން ދެކޮޅު ހަދާނެ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. އެ ޤައުމުގެ ސުލްޙަ އާއި ސަލާމަތަށް ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަން ކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

އީރާންގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ، ދުޝްމަނުންގެ ފަރާތުން އީރާން އަށް ދެވޭ ކޮންމެ ހަމަލާ އަކީ، އެ ޤައުމާ ދެކޮޅަށް ހިންގާ ފުރިހަމަ ހަނގުރާމައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. މިއީ އެމެރިކާ އާއި އީރާންގެ އިސްވެރިންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރަމުން އަަންނަ ދަނޑިވަޅެއްގައި ދައްކަވާފައިވާ ވާހަކަ އެކެވެ. 

މީގެ އިތުރުން އީރާންގެ ސިޔާދަތާ ދެކޮޅަށް، އެމެރިކާ އިން ހަމަ ނުޖެހުން ހިންގައިފި ނަމަ އެކަމުގެ ރައްދު ދޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އީރާންގެ ލަޝްކަރު އޮތީ އެންމެ ގޯސް ޙާލަތަށް ވެސް ތައްޔާރަށް ކަމަށާއި، އީރާން އޮތީ ހުރިހާ ކަމަކަށް އިސްކަން ދީގެން ކަމަށް ވިދާޅުވެފައިވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްހަކަން ފިދާންތުރުކީމަސްޢޫދު ޕެޒެޝްކިއަންރަޖަބް ތައްޔިބް އުރުދުޣާންއެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ

23 ޖެނުއަރީ 2026
އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ
22 ޖެނުއަރީ 2026

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު

22 ޖެނުއަރީ 2026
މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު
21 ޖެނުއަރީ 2026

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ
21 ޖެނުއަރީ 2026

އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި

21 ޖެނުއަރީ 2026
އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި
20 ޖެނުއަރީ 2026

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

20 ޖެނުއަރީ 2026
ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް
20 ޖެނުއަރީ 2026

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ
19 ޖެނުއަރީ 2026

ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

19 ޖެނުއަރީ 2026
އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން
18 ޖެނުއަރީ 2026

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

18 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު
17 ޖެނުއަރީ 2026

ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

17 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް