Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީ-އީރާން

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

އަރަގްޗީ ތުރުކީގެ ފޮރިން މިނިސްޓަރާއި އެ ގައުމުގެ ރައީސް އާ ބައްދަލުކުރައްވާނެ. އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ ދެކޮޅު ކަމަށް ބުނެ ތުރުކީން ތަކުރާރުކޮށް އަޑުއުފުލަމުންދާއިރު، ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތުރުކީން ހުށަހަޅާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 10:25
އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތުގެ އިސްތަންބޫލަށް ވަޑައިގަތުމުން، އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން އޭނާއަށް ހޫނު މަރުހަބާއެއް ދަންނެވި.

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތުގެ އިސްތަންބޫލަށް ވަޑައިގަތުމުން، އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން އޭނާއަށް ހޫނު މަރުހަބާއެއް ދަންނެވި. | އައި އާރް އެން އޭ

އެމެރިކާ އިން އީރާނަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ތުރުކީން މެދުވެރިއެއްގެ ދައުރު އަދާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފިއެވެ.

އަރަގްޗީގެ މި ދަތުރުފުޅުގައި ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން އާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ އިތުރުން، އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ވެސް ބައްދަލުކުރައްވާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި މަޝްވަރާތައް ކުރިއަށްދާނެ ސީދާ ގަޑިއެއް އަދި ސާފުނުވި ނަމަވެސް، ދެ ގައުމުގެ ފޮރިން މިނިސްޓަރުން ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ހުކުރު ދުވަހު މެންދުރުފަހު ބާއްވާނެ ކަމަށް ތުރުކީގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އަރަގްޗީ ހުކުރު ދުވަހު ތުރުކީ އަށް މި ވަޑައިގެންނެވީ، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް ނާޅާ ފަރުޖެހޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. އެމެރިކާ އިން ހަމަލާ އެއް ދީފިނަމަ، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށާއި މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ މީގެ ކުރިން ދީފަ އެވެ.

މި މަހުގެ ކުރީކޮޅު އީރާނުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ވިދާޅުވެ، އީރާނަށް އަސްކަރީ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާތާ މިހާރު ހަފުތާތަކެއް ވަނީ ވެފަ އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަމަލާދޭ ގްރޫޕެއް މިދިޔަ ހޯމަ ދުވަހުން ފެށިގެން މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، "ބޭނުން ޖެހިއްޖެ ހާލަތެއްގައި" އީރާނަށް ހަމަލާދިނުމަށް އެ ގައުމު އޮތީ "ތައްޔާރަށް އަދި ފުރިހަމަ ގާބިލުކަމާއެކު" ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.

އީރާނަށް ދީފައިވާ ވަގުތު "ހުސްވަމުންދާ" ކަމަށް މީގެ ކުރިން ވިދާޅުވި ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ ޓްރަމްޕް ވަނީ ކޮންމެވެސް ވަރަކަށް ރޫހު ބަދަލުކުރައްވާފަ އެވެ. އެގޮތުން "އީރާނޭ ކިޔާ ތަނަކަށް އަހަރެމެންގެ އަސްކަރީ ގްރޫޕެއް މިހާރު އެދަނީ ދަތުރުކުރަމުން، އުންމީދަކީ އެ ގްރޫޕުގެ ބޭނުން ހިފަން ނުޖެހުން" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ ދެކޮޅު ކަމަށް ބުނެ ތުރުކީން ތަކުރާރުކޮށް އަޑުއުފުލަމުންދާއިރު، ހުކުރު ދުވަހު އަރަގްޗީ އާ އެކު ބާއްވާ މަޝްވަރާތަކުގައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތުރުކީން ހުށަހަޅާނެ ކަމަށް ބެލެ އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންތުރުކީއައްބާސް އަރަގްޗީރައީސް ޑޮނަލްޑް ޓްރަމްޕްހަކަން ފިދާންރަޖަބް ތައްޔިބް އުރުދުޣާންތުރުކީ-އީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

30 ޖެނުއަރީ 2026
ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026
"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026
ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

30 ޖެނުއަރީ 2026
އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު