Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޓީއެލް

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

ހދ. އަތޮޅު ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެމުންދިޔަ އާރްޓީއެލް ފެރީގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން، ބަލިމީހުންނާއި އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ. ފެރީތައް ހުއްޓުމުން ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާއިރު، ޓިކެޓަށް ދެއްކި ފައިސާ ރިފަންޑް ނުކޮށްދޭ ކަމުގެ ތުހުމަތާއެކު، މި މައްސަލައަށް ހައްލެއް ހޯދުމަށް އެމްޑީޕީން ބާއްވާ އިހުތިޖާޖުތަކުގައި ބައިވެރިވުމަށް އޭނާ ވަނީ ގޮވާލައްވާފަ. ސަރުކާރުން ގަސްތުގައި މި ހިދުމަތް ހުއްޓާލާފައިވާ ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މަގުމައްޗަށް ނުކުންނަންޖެހޭ ކަމަށްވެސް ރާއީ ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 16 ޖޫން 2026 | އަންގާރަ 13:58
 އެމްޑީޕީ ގަައުމީ މަޖިލީހުގެ މެމްބަރ މުހައްމަދު ރާއީ، ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.

އެމްޑީޕީ ގަައުމީ މަޖިލީހުގެ މެމްބަރ މުހައްމަދު ރާއީ، ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަށް ބޮޑު އުއްމީދަކާއެކު ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށާއި، ބުރާސްފަތި ދުވަހު އެމްޑީޕީން ބާއްވާ އިހުތިޖާޖުގެ ތެރެއިން މިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ރާއީ މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރާއީ ވިދާޅުވީ ހދ. އަތޮޅުގައި ދެމުންދިޔަ އާރްޓީއެލްގެ ހިދުމަތް މިހާރު މުޅިން ހުއްޓިފައިވާ ކަމަށެވެ. ކުރިން ކޮންމެ ރަށަކަށް ދުވާލަކު ދެ ދަތުރު ކުރާއިރު، ބޮލަކަށް ގާތްގަނޑަކަށް 50 ރުފިޔާ ނަގާ ކަމަށާއި، ހެނދުނު ފެރީން ޖާގަ ނުލިބިދާނެތީ ބައެއް ފަރާތްތަކުން ހަވީރުގެ ފެރީއަށް ވެސް ޓިކެޓް ނަގާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިގޮތަށް ޓިކެޓް ނެގުމަށް ކޮންމެ މީހަކު ގާތްގަނޑަކަށް 100 އެއްހާ ރުފިޔާ ހަރަދުކުރާއިރު، މުޅި ބޮޑު ތިލަދުންމަތިން ކޮންމެ ދުވަހަކު އެމްޓީސީސީ އަށް ގާތްގަނޑަކަށް 150،000 ރުފިޔާ ލިބޭ ކަމަށް ރާއީ ވިދާޅުވި އެވެ. ނަމަވެސް މިހާރު ދަތުރުތައް ނުކުރާ ކަމަށާއި، ދަތުރު ނުކުރި ނަމަވެސް ޓިކެޓަށް ފައިސާ ދެއްކި ފަރާތްތަކަށް އެ ފައިސާ ރިފަންޑް ނުކޮށްދޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ފެރީގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަލިއަޅުވާލައްވަމުން ރާއީ ވިދާޅުވީ، މަކުނުދޫ، ނޭކުރެންދޫ އަދި ކުމުންދޫ ފަދަ ރަށްރަށުން ގަވާއިދުން ޑައިލަސިސް ހަދަންޖެހޭ ބަލިމީހުން ކުޅުދުއްފުއްޓަށް ނުދެވި ތިބެންޖެހޭ ކަމަށެވެ. މި ބަލިމީހުން މިހާރު ދަތުރުކުރަން ޖެހެނީ 3،000 އެއްހާ ރުފިޔާ ދީފައި ލޯންޗް ކުއްޔަށް ހިފައިގެން ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އާރްޓީއެލްގެ ދަތުރުތައް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގަ ވަރަށް އުއްމީދާ އެކު ފެށިކަމެއް އާރްޓީއެލް އަކީ. ހދ އަތޮޅުގަ އާރްޓީއެލް ގެ ހިދުމަތް ހުއްޓިއްޖެ. މީގެ ކުރިން ރަށަކަށް ދުވާލަކު 2 ދަތުރު ކުރޭ. ބޮލަކަށް 50 ވަރަކަށް ރުފިޔާ އެބަ ނަގާ. ހެނދުނު ނުދެވިދާނެތީ ބައެއް ފަރާތްތަކުން ހަވީރުގެ ފެރީ އަށް ވެސް ޓިކެޓް ނަގާ، އެއީ 30 ރުފިޔާ. ޖުމްލަ 100 ވަރަކަށް ރުފިއާ އެބަ ހަރަދު ކުރޭ. މުޅި ބޮޑު ތިލަދުންމަތިން ގާތްގަނޑަކަށް 150،000 ރުފިޔާ ކޮންމެ ދުވަހަކު އެމްޓީސީސީ އަށް އެބަދޭ. އެކަމަކު ދަތުރެއް ނުކުރޭ، ދަތުރު ނުކުރާ ތާނގަ ނަގާ ތިކެޓަކަށް ރިފަންޑެއް ނުދޭ. އެ 30 ރުފިޔާ ، 50 ރުފިޔާ އަނބުރާ ޓިކެޓް ނެގި ފަރާތްތަކަކަށް ނުދޭ. މަކުނުދޫ، ނޭކުރެންދޫ، ކުމުންދޫ ގަ ގަވާއިދުން ޑައިލަސިސްގެ ހިދުމަތް ހޯދަންޖެހޭ ބޭފުޅުން އެބަތިބި ކުޅުދުއްފުއްޓަށް ނުދެވިފަ. 3000 ވަރަކަށް ރުފިޔާ އަށް ލޯންޗް ކުއްޔަށް ހިފައިގެން ދަނީ. މުޅި ރާއްޖޭގަ ހުރިހާ ދިމާއެއްގަ އާރްޓީއެލް ފެރީގެ ދަތުރުތައް ހުރީ ހުއްޓިފަ.   
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ރާއީ

މީގެ އިތުރުން ރާއީ ވިދާޅުވީ އެމްޓީސީސީން މިހާރު އިސްކަންދެނީ ފުޓްސަލް ދަނޑު އެޅުން ފަދަ އެހެނިހެން މަސައްކަތްތަކަށް ކަމަށާއި، ފެރީގެ ދަތުރުތައް ހުއްޓާލާފައިވަނީ ސަރުކާރުގެ މަތީ ފަންތިން އަންގައިގެން ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ކޮންމެ އަތޮޅެއްގައި ދުއްވަން ހަ ފެރީ އެމްޓީސީސީން ހަމަޖައްސާފައި އޮތް ނަމަވެސް، މިހާރު ހދ. އަތޮޅުގައި ވެސް ރަނގަޅަށް ދުވާ ދެ ފެރީ ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި ރާއްޖޭގައި ވެސް މިހާރު އޮޕަރޭޓް ކުރެވޭ ހާލަތުގައި ހުރީ ކިތައް ފެރީކަން ނޭނގޭ ކަމަށާއި، ނިސްބަތުން ބަލާއިރު އަތޮޅަކަށް އެންމެ ފެރީއެއް ވެސް ނެތް ކަމަށް ރާއީ ފާހަގަކުރެއްވި އެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން މުޅި ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ އިހުތިޖާޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، މި އިހުތިޖާޖުގެ ތެރެއިން އާރްޓީއެލްގެ މައްސަލަ ކޮޅެއްގައި ޖައްސަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހު ނުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަމަޖެހިގެން ނިދާލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، މުޒާހަރާތައް ފަށަންޖެހޭނީ އެ ވިސްނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއާރްޓީއެލް މުހައްމަދު ރާއީއެމްޓީސީސީމުޒާހަރާ-އިހުތިޖާޖު

އިތުރަށް ކިޔާލަން

16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
16 ޖޫން 2026

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

16 ޖޫން 2026
ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ
15 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

15 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
15 ޖޫން 2026

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

15 ޖޫން 2026
އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ
15 ޖޫން 2026

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު