Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް އޮފީސް މާލީ ބަޔާން

ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި

ރައީސް ޑރ. މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ބޮޑު ބައެއް އަމިއްލަ ފަރާތަކުން ސްޕޮންސާ ކުރި ކަމަށް ކުރިން ވިދާޅުވި ނަމަވެސް، ރައީސް އޮފީހުގެ މާލީ ބަޔާނުގައި އެފަދަ އެހީއެއްގެ ތަފުސީލު ހިމަނާފައި ނުވާތީ ސުވާލުތަކެއް އުފެދިއްޖެ. މި ދަތުރުފުޅަށް ސަރުކާރުން ހަރަދުވީ އެންމެ ދޮޅު ލައްކައެއްހާ ރުފިޔާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ތިންވަނަ ފަރާތެއްގެ އެހީ ލިބިފައިނުވާ ކަމަށް ބަޔާނުގައި ބުނުމުން ދައުލަތުގެ މާލީ ހާމަކަން ބޮޑު މިންވަރާ މެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން. އެހީތެރިކަން ފޯރުކޮށްދިން ފަރާތާއި އެކަމުގެ އުސޫލުތައް ހާމަކުރުމަށް ސަރުކާރުން ވަނީ އިންކާރުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 3 ޖޫން 2026 | ބުދަ 14:45
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ އެއްވެސް ތަފުސީލެއް ހާމަނުކޮށް، ރައީސް އޮފީހުގެ މާލީ ބަޔާން އާންމުކޮށްފި އެވެ.

މި ދަތުރުފުޅުގެ ބޮޑު ބައެއް ހަމަޖެއްސީ އަމިއްލަ ފަރާތަކުން ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވީ ނަމަވެސް، އަންގާރަ ދުވަހު އާންމުކުރި މާލީ ބަޔާނުގައި އޭގެ ތަފްސީލެއް ބަޔާންކޮށްފައެއް ނުވެ އެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ނެރުނު މާލީ ބަޔާނުގައި ބުނެފައިވަނީ އެ އޮފީހުގެ "ލާބަ އާއި މަންފާ އަށް" ތިން ވަނަ ފަރާތަކުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށެވެ. މިއީ ރައީސް މުއިއްޒު މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކާ ފުށުއަރާ ކަމަކަށް ވާތީ، އެ ދަތުރުފުޅަށް ހަރަދު ކުރި އަމިއްލަ ފަރާތަކީ ކޮބައިތޯ ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު ވަނީ އެކަމަށް ކޮމެންޓެއް ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވީ 10 އޭޕްރީލް 2025 ގައި ގެނެސްދެއްވި ޕޮޑްކާސްޓެއްގަ އެވެ. އެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އެ ދަތުރުފުޅަށް ސަރުކާރުން މާ ބޮޑު ހަރަދެއް ނުކުރާ ކަމަށާއި، ދަތުރުގެ ގާތްގަނޑަކަށް ހުރިހާ ކަމެއް ހަމަޖެއްސީ ޕްރައިވެޓް ސެކްޓާ ސްޕޮންސާޝިޕްގެ ދަށުން ކަމަށެވެ. އަދި އެއީ ކުރިން ވެސް ރޭވިފައި އޮތް ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެ ދުވަހު ވިދާޅުވި ގޮތުގައި އެ ދަތުރުފުޅަށް ސަރުކާރުން ހަރަދުވީ އެންމެ ދޮޅު ލައްކައެއްހާ ރުފިޔާ އެވެ. އެއީ ހަމައެކަނި އެމަނިކުފާނުގެ ޓިކެޓަށް ދިޔަ ފައިސާ ކަމަށާއި، ދަތުރުގައި ބައިވެރިވި އެހެން ހުރިހާ އެންމެންގެ ޓިކެޓާއި، ހުރުމާއި، ޖުމުލަ ހުރިހާ ހަރަދެއް ހަމަޖެއްސީ އަމިއްލަ ފަރާތަކުން ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެ އިސްތިހާރު ކުރުމަށް ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ވެވުނު އެއްބަސްވުން އިފުތިތާހު ކުރެއްވުމަށް ކުރެއްވި މި ދަތުރުފުޅަށް ރައީސް އޮފީހުން ހަރަދު ކުރީ 153,689 ރުފިޔާ ކަމަށް އެ އޮފީހުގެ ލިޔުންތަކުން ދައްކަ އެވެ.

މި ދަތުރުފުޅަށް އަމިއްލަ ކުންފުންޏަކުން ހަރަދު ކުރީ ކޮން އުސޫލަކުން ނުވަތަ ކޮން އެއްބަސްވުމެއްގެ ދަށުން ކަމެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ކުންފުންޏަކާއި ސަރުކާރާ ދެމެދު އޮތް ގުޅުމަކީ ކޮބައިކަމެއް ވެސް ސާފެއް ނޫނެވެ. މީގެ އިތުރުން، އެ ބުނާ އަމިއްލަ ފަރާތަކުން ދަތުރަށް ހަރަދު ކުރި ފައިސާގެ ޖުމުލަ އަދަދު ވެސް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުތައް ހާމަކުރުމަކީ މި ސަރުކާރުގެ ވައުދަކަށް ވީ ނަމަވެސް، މި ދަތުރުފުޅުގައި އަމިއްލަ ފަރާތަކުން ކުރި ބޮޑު ހަރަދުގެ ތަފުސީލު މާލީ ބަޔާނުގައި ނުހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލީ ކަންކަމުގައި ހާމަކަން ބޮޑު މިންވަރާ މެދު ކުރެވޭ ސުވާލުތައް ވަނީ އިތުރުވެފަ އެވެ.

އިނގިރޭސިވިލާތްރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް

މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް

03 ޖޫން 2026
މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

03 ޖޫން 2026
ބޮޑު ވަޒީރު ސްޓާމާގެ ފޯނުގައި އަމިއްލަ އަށް މެސެޖު ފޮހެވޭ ގޮތަށް ހައްދަވާފައިވާ ކަމަށް ހާމަ ކޮށްފި

ބޮޑު ވަޒީރު ސްޓާމާގެ ފޯނުގައި އަމިއްލަ އަށް މެސެޖު ފޮހެވޭ ގޮތަށް ހައްދަވާފައިވާ ކަމަށް ހާމަ ކޮށްފި

03 ޖޫން 2026
 އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް

އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް

01 ޖޫން 2026
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި

01 ޖޫން 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު