Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓްރީ އޮފް ފިނޭންސް

ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި

ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދިން ފަރާތް ތަކުގެ ތެރޭގައި މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އިތުރުން، ތިން އިދާރާއެއް ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 01:09
ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ބޭރުގައި ހުންނަ އެ މިނިސްޓްރީގެ ނަން ބޯޑު.

ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ބޭރުގައި ހުންނަ އެ މިނިސްޓްރީގެ ނަން ބޯޑު.

ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ ބާޒާރަށް ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ދަށުން މިދުއަމް ސައުދު ހުށަހެޅި އާރުޓީއައިގެ ސުވާލުގައި ބުނެފައި ވަނީ، ސުކޫކު ދެއްކުމަށް ފަހު އެ މަސައްކަތުގައި އުޅުނު މީހުންނާއި، އެހީވި މީހުން ނުވަތަ ކުންފުނި ތަކަށް ހަނދާނީ ލިޔުން ނުވަތަ ސެޓްފިކެޓު ނުވަތަ އެ ބާވަތުގެ އެއްވެސް އެއްޗެއް ދީފައިވާ ނަމަ، އެ ދެވުނު ފަރާތްތައް ހިއްސާކޮށް ދިނުމަށް އެދޭ ކަމަށެވެ. 

އެ ސުވާލަށް ޖަވާބު ދެމުން ފިނޭންސް މިނިސްޓްރީ އިން ވަނީ، ސުކޫކު ދެއްކުމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހަނދާނީ ލިޔުން އެރުވުނު ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކޮށްފައި އެވެ. 

އޭގެ ތެރޭގައި ހިމެނޭ އިދާރާ ތަކަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. 

މީގެ އިތުރުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަޙުމަދު ނަސީރު އާއި، ފިނޭންސް މިނިސްޓްރީގެ އެކައުންޓެންޓް ޖެނަރަލް މުޙައްމަދު އާޒާދު އާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސެއިން ޝާމް އާދަމް އާއި، ސްޓޭޓް މިނިސްޓަރު ޙަސަން މިރާސް އާއި، ޑެޕިއުޓީ މިނިސްޓަރު އަޙުމަދު ސާއިދު މުސްތަފާ އާއި، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޤާޒިޔާ ފަތުހީ އަދި ފިނޭންސް މިނިސްޓްރީގެ ލީގަލް ކައުންސެލް އަލްއުސްތާޛް އާދަމް މިޤްދާދު އެވެ. 

ސުކޫކު ދެއްކުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ހަނދާނީ ލިޔުން ދޭން ޖެހުނު ސަބަބެއް ފިނޭންސް މިނިސްޓްރީ އިން ހާމަ ކޮށްފައި ނުވެ އެވެ. އަދި ސުކޫކު ދެއްކުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ތަކަކަށް ހަނދާނީ ލިޔުން ދިނުމުން ގިނަ ބައެއްގެ ކަންބޮޑުވުން ވެސް ވަނީ ފާޅު ކޮށްފައި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްސުކޫކް ބޮންޑް

އިތުރަށް ކިޔާލަން

03 މެއި 2026

ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު

03 މެއި 2026
ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު
20 އެޕްރީލު 2026

އިންޑިއާ އަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ!

20 އެޕްރީލު 2026
އިންޑިއާ އަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ!
23 ސެޕްޓެމްބަރު 2025

500 މިލިއަން ޑޮލަރުގެ ސްކޫކު ޑިފޯލްޓްވުމުގެ ފުރުސަތު އެބައޮތް: ރައީސް ނަޝީދު

23 ސެޕްޓެމްބަރު 2025
500 މިލިއަން ޑޮލަރުގެ ސްކޫކު ޑިފޯލްޓްވުމުގެ ފުރުސަތު އެބައޮތް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު