Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮފީސް

މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް

3 ޖޫން 2026 | ބުދަ 07:10

ރައީސް އޮފީހުން މިއަހަރު ކުރަން ރާވާފައިވާ ކަންކަމަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކޮށް، އެ އޮފީހުގެ މެއިންޓެނަންސާއި، އޭސީ ސިސްޓަމްތަކާއި، ފަރުނީޗަރު ހޯދުމަށް ބޮޑެތި ހޭދަތަކެއް ކުރުމަށް ވަނީ ނިންމާފައި. ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު ކުންފުނިތަކުން މުވައްޒަފުން ވަކިކޮށް މަޝްރޫއުތައް ހުއްޓެމުންދާ ދަނޑިވަޅެއްގައި، ރައީސް އޮފީހުގެ ޚަރަދުތައް މިހާ ބޮޑުވުމުން އާންމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައި. އެހެންކަމުން، މިނިވަން ދުވަހުގެ ޖަލްސާއާއި އޮފީސް ޒީނަތްތެރިކުރުމަށް ކުރާ މިފަދަ ބޮޑެތި ޚަރަދުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2026 | ބުދަ 07:10
ރައީސް އޮފީސް ބިލްޑިން

ރައީސް އޮފީސް ބިލްޑިން | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް  ޖުމުލަ 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭކަމަށް އެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އެހެން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދައުލަތުގެ މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަ ކުރަންޖެހޭ މައުލޫމާތުގެ ތެރެއިން އާންމުކުރި މައުލޫމާތުގައެވެ. އެގޮތުން ރައީސް އޮފީހުން ވަނީ މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް ދާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ ތަފްސީލު އާންމުކޮށްފައެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 15،395،382 (ފަނަރަ މިލިއަން ތިންލައްކަ ނުވަދިހަ ފަސްހާސް، ތިންސަތޭކަ އައްޑިހަ ދެ) ރުފިޔާ ޚަރަދުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އޭގެ ތެރެއިން ބައެއް ޚަރަދުތަކަށް ބަލާއިރު، ރައީސް އޮފީހުގެ މެއިންޓެނަންސް ޚަރަދުގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ހިމަނާފައިވެއެވެ. އަދި 2 ކޮމްޕިއުޓަރ ނެޓްވަރކް ކޯރ-ސުވިޗް ހޯދުމަށް 1.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، 2 އެއާކޯން ސިސްޓަމް ހޯދުމަށް 1.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

މީގެ އިތުރުން، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށްވެސް ދެ މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހިމަނާފައިވެއެވެ.

ބައެއް އިތުރު ޚަރަދުތަކަށް ބަލާއިރު، 5 އެގްޒެކެޓިވް ގޮނޑިސެޓާއި މޭޒު ސެޓަށްވެސް 120،000 ރުފިޔާ ދާނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި  މީޓިންގ ރޫމްގެ 50 ގޮނޑިއަށް 200،000 ރުފިޔާ ހިމަނާފައިވެއެވެ. ރައީސް އޮފީހަށް މިއަހަރަށް ބޭނުންވާ ކަރޕެޓު އަދި ވޯލްޕޭޕަރ ހޯދުމަށްވެސް 500،000 ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

މިއީ ރައީސް އޮފީހުން ކުރަން ނިންމާފައިވާ ބައެއް ކަންކަމަށް އަންދާޒާ ކޮށްފައިވާ ޚަރަދުތަކެވެ.

މިއީ ޚަރަދު ކުޑަކުރަން ދައުލަތުގެ ކުންފުނިތަކުން މުވައްޒަފުން މަދުކޮށް، މަޝްރޫއުތައް ހުއްޓެމުންދާ ދަނޑިވަޅަކަށްވާއިރު، ވީހާވެސް ޚަރަދު ކުޑަކުރަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އެތައް ބަޔަކު ވަޒީފާއިން ވަކިކުރެވި، ބައެއް މަޝްރޫއުތައް ވެސް މެދުކަނޑާލައި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚަރަދު މިހާ ބޮޑުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫއެމެރިކާގެ މިނިވަންދުވަސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޖޫން 2026

މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

03 ޖޫން 2026
މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!
01 ޖޫން 2026

އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް

01 ޖޫން 2026
 އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް
31 މެއި 2026

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން

31 މެއި 2026
ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން
28 މެއި 2026

ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި

28 މެއި 2026
ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި
23 މެއި 2026

ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

23 މެއި 2026
ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު
23 މެއި 2026

އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

23 މެއި 2026
އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ
21 މެއި 2026

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

21 މެއި 2026
ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި
20 މެއި 2026

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

20 މެއި 2026
ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!
19 މެއި 2026

ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު

19 މެއި 2026
ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު
19 މެއި 2026

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!

19 މެއި 2026
ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް