Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާދަމް ނަސީރު

އައު މަޤާމުގެ މަސައްކަތް ފެއްޓެވިތާ އިރުކޮޅެއްގެ ތެރޭގައި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ޚާއްސަ މުޝީރުގެ މަޤާމަށް އާދަމް ނަސީރު އައްޔަނުކުރެއްވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެމަނިކުފާނު ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައި. މިނިސްޓަރު ފެންވަރުގެ މި މަޤާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖޫން 2026 | އަންގާރަ 10:41
އާދަމް ނަސީރު އިބްރާހިމް

އާދަމް ނަސީރު އިބްރާހިމް | ރައީސް އޮފީސް

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން އިސްތިއުފާދެއްވި އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނު ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. 

"ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ޚާއްސަ މުޝީރު" ގެ މަޤާމުގެ މަސައްކަތް އާދަމް ނަސީރު ފައްޓަވާފައިވަނީ އަންގާރަ ދުވަހު އެވެ. އަދި މިއީ އަލަށް އުފެއްދި މަޤާމެއް ކަމަށާއި، މިއީ މިނިސްޓަރުން ފެންވަރުގެ މަޤާމެއްކަމަށްވެސް ރާއްޖެއެމްވީން ސުވާލު ކުރުމުން ތަރުޖަމާނު ކަށަވަރު ކޮށްދެއްވި އެވެ.

Advertisement - newsAdvertisement

ތަރުޖަމާނު ވިދާޅުވީ، ރައީސް އޮފީހުން މި މަޤާމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރައްވާނެކަމަށެވެ.

އެހެންނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ތަރުޖަމާނު އެކްސް މެދުވެރިކޮށް އިއުލާނު ކުރެއްވީ އާދަމް ނަސީރު މުޝީރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ސަބަބެއް އެމަނިކުފާނު ވިދާޅުނުވާކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ. 

މި ދަނޑިވަޅަކީ ސަރުކާރުގެ "ސައިޒް" ކުޑަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް، ފެންނަމުންދަނީ އައު މަޤާމުތައް އުފައްދައި، އެކި މަޤާމުތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނުކުރަމުންދާތަނެވެ. އަދި އިންތިޚާބާ ދިމާކޮށް ރަށްރަށުން ފެނަކަ ފަދަ ކުންފުނިތަކަށް ނެގި އާންމު ރައްޔިތުން ގެންދަނީ އެކި ސަބަބުތައް ދައްކައި ވަޒީފާއިން ވަކިކުރަމުންނެވެ.

އާދަމް ނަސީރުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާފެނަކަ

އިތުރަށް ކިޔާލަން

09 ޖޫން 2026

ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!

09 ޖޫން 2026
 ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!
06 ޖޫން 2026

ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު

06 ޖޫން 2026
ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު
03 ޖޫން 2026

ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި

03 ޖޫން 2026
ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި
03 ޖޫން 2026

މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް

03 ޖޫން 2026
މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް
03 ޖޫން 2026

މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

03 ޖޫން 2026
މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު