Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފުރަތަމަ ފަހަރަށް މިޞްރު ދެ ވަނަ ބުރަށް، ނިއުޒިލެންޑު ބަލިކޮށް ބެލްޖިއަމް އަށް ގުރޫޕުގެ އެއް ވަނަ

ބެލްޖިއަމް އިން ދެ ވަނަ ބުރުގެ ޖާގަ ހޯދީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އެއް ވަނައިގައި. ދެ ވަނަ އަށް ދިޔަ މިޞްރަށް ތިން މެޗުން ލިބެނީ ފަސް ޕޮއިންޓު. މިއީ މިޞްރުން އެ ޤައުމުގެ ތާރީޚުގައި ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖު ފަހަނަ އަޅައި ދިޔަ ފުރަތަމަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2026 | ހޮނިހިރު 05:53
މެޗުގައި ލަނޑު ޖެހުމަށް ފަހު މިޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު މިޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ޖީގައި އީރާންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، މިޞްރުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މިޞްރުންނެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި މިޞްރަށް ލީޑު ނަގައިދިނީ މުހައްމަދު ސަބޭރު އެވެ. އޭގެ ފަހުން ވެސް މިޞްރަށް ވަނީ ލީޑު ފުޅާ ކުރާނެ ފުރުސަތު ލިބިފައި އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ރަނުގެ ފުރުސަތުގައި އީރާންގެ މަހުދީ ތަރޭމީ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ރަމީ ރެޒައީން ވަނީ ލަނޑު ޖަހައި އީރާން އަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ.

މި ގުރޫޕުގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމް އިން ކާމިޔާބު ކޮށްފައި ވަނީ 5-1 އިންނެވެ. މެޗުގައ ބެލްޖިއަމްގެ ލަނޑުތައް ޖެހީ ލިއާންޑްރޯ ޓްރޮސާޑް އާއި، ކެވިން ޑި ބްރޭނާ އާއި، ރޮމެލޫ ލުކާކޫ އަދި އަލެކްސިސް ސަލަމޭކާ އެވެ. މެޗުގައި ޓްރޮސާޑް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގައި ނިއުޒިލެންޑުގެ ހަމައެކަނި ލަނޑު ޖެހީ އެލިޖާ ޖަސްޓް އެވެ.

މިއާ އެކު ބެލްޖިއަމް އިން ދެ ވަނަ ބުރުގެ ޖާގަ ހޯދީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އެއް ވަނައިގައި އެވެ. ދެ ވަނަ އަށް ދިޔަ މިޞްރަށް ތިން މެޗުން ލިބެނީ ފަސް ޕޮއިންޓެވެ. މިއީ މިޞްރުން އެ ޤައުމުގެ ތާރީޚުގައި ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖު ފަހަނަ އަޅައި ދިޔަ ފުރަތަމަ ފަހަރެވެ. ތިން ވަނަ އަށް ދިޔަ އީރާާން އަށް ދެ ވަނަ ބުރުގެ ޖާާގަ އޮތީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމު ތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ފީފާ ވާރލްޑް ކަޕް 2026މިޞްރުގެ ޤައުމީ ފުޓުބޯޅަ ޓީމުއީރާން ޤައުމީ ފުޓުބޯޅަ ޓީމުބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމުނިއުޒިލެންޑް ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

27 ޖޫން 2026

އުރުގުއޭ ބަލިކޮށް ސްޕެއިން އަށް އެއް ވަނަ، ކޭޕް ވާޑް ވެސް ދެ ވަނަ ބުރަށް

27 ޖޫން 2026
އުރުގުއޭ ބަލިކޮށް ސްޕެއިން އަށް އެއް ވަނަ، ކޭޕް ވާޑް ވެސް ދެ ވަނަ ބުރަށް
26 ޖޫން 2026

ޓިއުނީޝިއާ ބަލިކޮށް ނެދަލެންޑްސް އަށް އެއް ވަނަ، ޖަޕާން އާއި ސްވިޑެން ވެސް އަނެއް ބުރަށް

26 ޖޫން 2026
ޓިއުނީޝިއާ ބަލިކޮށް ނެދަލެންޑްސް އަށް އެއް ވަނަ، ޖަޕާން އާއި ސްވިޑެން ވެސް އަނެއް ބުރަށް
26 ޖޫން 2026

އެކުއެޑޯ އަތުން ޖަރުމަނު ބަލިވިއިރު، އައިވަރީ ކޯސްޓަަށް ތާރީޚާ ކާމިޔާބެއް

26 ޖޫން 2026
އެކުއެޑޯ އަތުން ޖަރުމަނު ބަލިވިއިރު، އައިވަރީ ކޯސްޓަަށް ތާރީޚާ ކާމިޔާބެއް
25 ޖޫން 2026

މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ

25 ޖޫން 2026
މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ
25 ޖޫން 2026

ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް

25 ޖޫން 2026
ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި

25 ޖޫން 2026
ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި
25 ޖޫން 2026

ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް

25 ޖޫން 2026
ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް
25 ޖޫން 2026

ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް

25 ޖޫން 2026
ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު