Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އުރުގުއޭ ބަލިކޮށް ސްޕެއިން އަށް އެއް ވަނަ، ކޭޕް ވާޑް ވެސް ދެ ވަނަ ބުރަށް

މިއާ އެކު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެން އެއް ވަނައިގައި ދެ ވަނަ ބުރަށް ދިޔައީ ސްޕެއިން. ތިން މެޗުން ތިން ޕޮއިންޓު ހޯދި ކޭޕް ވާޑް އަށް ވެސް ދެ ވަނަ ބުރުން ޖާގަ ލިބުނުއިރު، މިއީ އެ ޓީމަށް ތާރީޚީ ކާމިޔާބެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2026 | ހޮނިހިރު 05:26
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެޗްގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްޕެއިން އިން ގުރޫޕުގެ އެއް ވަނަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ސްޕެއިން އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގައި އެވެ.

މެޗު ފަށައިގެން ސްޕެއިން އިން ރަނގަޅަށް ކުޅެ ލަނޑު ޖަހަން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސްޕެއިން އަށް ޖަހައިދިނީ އަލެކްސް ބައޭނާ އެވެ. އެއީ މާކޮސް ލޮރެންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

މި ގުރޫޕުގައި ކޭޕް ވާޑް އާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ގުރޫޕް ސްޓޭޖުގައި ކޭޕް ވާޑްގެ ތިން މެޗު ވެސް އެއްވަރުވެފައިވާއިރު، ސައުދީގެ ދެ މެޗު އެއްވަރުވެ އަދި އަނެއް މެޗުން ވަނީ ބަލިވެފައި އެވެ.

މިއާ އެކު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެން އެއް ވަނައިގައި ދެ ވަނަ ބުރަށް ދިޔައީ ސްޕެއިން އެވެ. ތިން މެޗުން ތިން ޕޮއިންޓު ހޯދި ކޭޕް ވާޑް އަށް ވެސް ދެ ވަނަ ބުރުން ޖާގަ ލިބުނުއިރު، މިއީ އެ ޓީމަށް ތާރީޚީ ކާމިޔާބެކެވެ. މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ނުލިބި އުރުގުއޭ ވަނީ ކަޓައިފަ އެވެ.

ފީފާ ވާރލްޑް ކަޕް 2026ސްޕެއިން ފުޓުބޯޅަ ޓީމުއުރުގުއޭ ޤައުމީ ފުޓުބޯޅަ ޓީމުސައުދީ އަރަބިއްޔާ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

26 ޖޫން 2026

ޓިއުނީޝިއާ ބަލިކޮށް ނެދަލެންޑްސް އަށް އެއް ވަނަ، ޖަޕާން އާއި ސްވިޑެން ވެސް އަނެއް ބުރަށް

26 ޖޫން 2026
ޓިއުނީޝިއާ ބަލިކޮށް ނެދަލެންޑްސް އަށް އެއް ވަނަ، ޖަޕާން އާއި ސްވިޑެން ވެސް އަނެއް ބުރަށް
26 ޖޫން 2026

އެކުއެޑޯ އަތުން ޖަރުމަނު ބަލިވިއިރު، އައިވަރީ ކޯސްޓަަށް ތާރީޚާ ކާމިޔާބެއް

26 ޖޫން 2026
އެކުއެޑޯ އަތުން ޖަރުމަނު ބަލިވިއިރު، އައިވަރީ ކޯސްޓަަށް ތާރީޚާ ކާމިޔާބެއް
25 ޖޫން 2026

މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ

25 ޖޫން 2026
މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ
25 ޖޫން 2026

ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް

25 ޖޫން 2026
ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި

25 ޖޫން 2026
ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި
25 ޖޫން 2026

ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް

25 ޖޫން 2026
ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް
25 ޖޫން 2026

ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް

25 ޖޫން 2026
ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް
24 ޖޫން 2026

39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް

24 ޖޫން 2026
39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު