Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

އެމެރިކާގައި ކުރިއަށްދާ ވޯލްޑް ކަޕްގައި އީރާނު ޓީމަށް ދަތުރުފަތުރުގެ ގިނަ ހުރަސްތަކަކާއި ވިސާގެ ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެ ގައުމުން އަމަލުކުރީ ބޭއިންސާފުން ކަމަށް ބުނެ ކޯޗު އާމިރު ގަލޭނޯއީ ކަންބޮޑުވުން ފާޅުކޮށްފި. މި ދަތިތަކާއެކުވެސް އީރާނުން ދެއްކި ކުޅުމަށް ކޯޗު ތައުރީފުކުރިއިރު، މުބާރާތް ބާއްވާ ގައުމުތަކުން ޓީމުތަކާ މެދު މިފަދަ ގޮތަކަށް އަމަލުކުރުން ހުއްޓުވުމަށް އޭނާ ވަނީ ފީފާއަށް ގޮވާލާފައި.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 16:58
ވޮޝިންގޓަންގެ ސިއާޓްލް ސްޓޭޑިއަމްގައި ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ގްރޫޕް ޖީގެ މެޗުގައި، މިސްރާއި އީރާން ބައްދަލުކުރި މެޗު ފެށުމަށް އީރާންގެ ޖާޒީ ނަންބަރު 23، ރާމިން ރެޒައިއާން ތައްޔާރުވަނީ.

ވޮޝިންގޓަންގެ ސިއާޓްލް ސްޓޭޑިއަމްގައި ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ގްރޫޕް ޖީގެ މެޗުގައި، މިސްރާއި އީރާން ބައްދަލުކުރި މެޗު ފެށުމަށް އީރާންގެ ޖާޒީ ނަންބަރު 23، ރާމިން ރެޒައިއާން ތައްޔާރުވަނީ. | ގެޓީ އިމޭޖަސް

ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާއިން އީރާނާ މެދު އަމަލުކުރީ "އިންސާފުވެރިކޮށް ނޫން" ކަމަށް ބުނެ، ކުރިމަގުގައި މިފަދަ ކަންކަމަށް ފީފާއިން ވަނުމަށް އީރާނުގެ ކޯޗު އާމިރު ގަލޭނޯއީ ގޮވާލައިފި އެވެ.

އީރާނުން މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރަމުންދަނީ އެމެރިކާ އަދި އިސްރާއީލާއެކު އެ ގައުމުން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ.

މުބާރާތް ފެށުމުގެ ކުރިން އީރާނުގެ ވޯލްޑް ކަޕް ޓްރެއިނިންގ ބޭސް އެމެރިކާގެ އެރިޒޯނާ އިން މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކޮށްފައިވާއިރު، މުބާރާތުގެ މުޅި މުއްދަތުގައި އެ ޓީމަށް ދަތުރުފަތުރުގެ ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހުނެވެ.

ލޮސް އެންޖެލިސްގައި ކުޅުނު ފުރަތަމަ ދެ މެޗަށް އީރާނުގެ ސްކޮޑަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބުނީ ވިސާގެ އުސޫލުތަކުގެ ދަށުން މެޗު އޮތް ދުވަހުގެ ކުރީ ދުވަހު އެވެ. އަދި މެޗު ނިމޭ ދުވަހު އެ ގައުމުން ފުރައިގެން ދާން ޖެހޭ ގޮތަށްވެސް ވަނީ ޝަރުތުކޮށްފަ އެވެ.

ގްރޫޕް ޖީގެ ފަހު މެޗުގައި މިސްރާ ވާދަކޮށް 1-1 އިން އެއްވަރުވުމާ ގުޅިގެން، މުބާރާތުގެ ގަދަ 32 ޓީމުގެ ތެރެއަށް ވަނުމަށް އީރާނުން ކުރަމުންދާ އުންމީދުތައް މިހާރު އޮތީ ނާޒުކު ފަށެއްގެ މަތީގަ އެވެ.

ސިއާޓްލްގައި ކުޅުނު މެޗަށް ދަތުރުފަތުރުގެ ހުރަސްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީ، މެޗުގެ ދެ ދުވަސް ކުރިން އެ ސިޓީއަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް، މެޗަށްފަހު އެނބުރި ޓިޖުއާނާއަށް ދާން އެ ޓީމަށް މަޖުބޫރުވި އެވެ.

ކޯޗު ގަލޭނޯއީ ބުނީ، އޭނާގެ ކުޅުންތެރިންނާއި މުޅި ޓީމާ މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި މުބާރާތް ބާއްވާ ގައުމުން އީރާނާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން ކަމަށާއި، މި ޒުވާން ކުޅުންތެރިން ދެއްކި ހިތްވަރު ތާރީޚުގައި ލިޔަންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި ހުރިހާ ދަތިތަކަކާ އެކުވެސް ރަނގަޅު ކުޅުމެއް ދެއްކިފައިވާ ކަމަށާއި، މުޅި ދުނިޔެ މިއަދު އީރާނުގެ ރައްޔިތުންނާއި އެ ގައުމުގެ ޓީމާ މެދު ފަޚުރުވެރިވާ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

މީގެ އިތުރުން ގަލޭނޯއީ ވަނީ، ކުރިމަގުގައި ބާއްވާ ވޯލްޑް ކަޕްތަކުގައި މުބާރާތް ބާއްވާ ގައުމުތަކުން ކުޅުންތެރިންނާއި ޓީމުތަކާ މެދު މިފަދަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ނުދިނުމަށް ފީފާއަށް ގޮވާލާފަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައިވަނީ، އީރާނަށް ވޯލްޑް ކަޕްގައި ވާދަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ފީފާއިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ.

މުބާރާތް ފެށުމުގެ ކުރިން އިންފަންޓީނޯ ވިދާޅުވީ، އީރާނަށް ވޯލްޑް ކަޕަށް އައުމަކީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް، އެ ގައުމަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި ކަމަށެވެ.

އަދި ފީފާއަށް ކޮންޓްރޯލް ނުކުރެވޭނެ ފަދަ މިފަދަ ދަތި ހާލަތެއްގައި، އީރާނަށް މުބާރާތުގައި ބައިވެރިވެ ކުޅެވޭނެކަން ކަށަވަރުކޮށްދެވޭނީ އެހެން ކާކަށްތޯވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު އެއްވަރުވުމުން، އިންފަންޓީނޯ ވަނީ އީރާނުގެ ޑްރެސިންގ ރޫމަށް ޒިޔާރަތްކުރައްވާފަ އެވެ.

މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޝޯޖާ ޚަލީލްޒާދާ ކާމިޔާބުކުރި ލަނޑާއެކު، އީރާނަށް މުބާރާތުގެ ނޮކައުޓް ބުރަށް އޮޓޮމެޓިކުން ދިއުމުގެ ފުރުސަތު ލިބުނު ކަމަށް ހީވި އެވެ.

ދަނޑުގައި ތިބި އީރާނުގެ ސަޕޯޓަރުން އެ ލަނޑާއެކު އުފާފާޅުކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމައި އެ ލަނޑު ބަލައިނުގަތެވެ.

މިކަމާ ގުޅިގެން ގަލޭނޯއީ ބުނީ، މީގެ ކުރިން އޭނާއަށް ހީވެފައި އޮތީ އީރާނަކީ ހަމައެކަނި ނުފޫޒު ފޯރުވައިގެން ދަތިކުރާ ޓީމެއް ކަމަށެވެ. ނަމަވެސް މި ތިން މެޗަށްފަހު، އެ ޓީމުގެ ނަސީބުވެސް ވަރަށް ދެރަކަން ފާހަގަކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ތިން ގްރޫޕެއްގެ މެޗުތައް އަދި ނުނިމި އޮތްއިރު، ތިންވަނައަށް ދާ ޓީމުތަކުގެ ތަރުތީބުން އީރާނު މިހާރު އޮތީ ހަވަނައިގަ އެވެ. މުބާރާތުގައި ކުރިއަށްދާނީ މިފަދަ ޓީމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އަށް ޓީމެވެ.

އީރާނު ޓީމުގެ ކެޕްޓަން މަހްދީ ތާރޭމީ ވަނީ މި މުބާރާތުގެ އިންތިޒާމުތަކަކީ "ލޮޖިސްޓިކަލް ކާރިސާއެއް" ގެ ގޮތުގައި ސިފަކޮށްފަ އެވެ.

އޭނާ އިތުރަށް ބުނީ، އަބަދު ޓިޖުއާނާއަށް ދަތުރުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މެކްސިކޯގެ ރައްޔިތުންނާއި ޓިޖުއާނާ ދެކެ ލޯބިވާ ކަމަށާއި އެއީ ވަރަށް ހިތްތިރި ބައެއް ނަމަވެސް، ޕްރޮފެޝަނަލް މުބާރާތެއްގައި ޕްރޮފެޝަނަލް ކުޅުންތެރިންނާ މެދު މިގޮތަށް އަމަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މަސްދަރު: ބީބީސީ

ވޯލްޑް ކަޕްއީރާން-އެމެރިކާފީފާޖިއާނީ އިންފަންޓީނޯމެހްދީ ތަރޭމީ

އިތުރަށް ކިޔާލަން

27 ޖޫން 2026

ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް

27 ޖޫން 2026
ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް
27 ޖޫން 2026

ޓިޕް ދޭންޖެހޭލެއް ގިނަކަމުން ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިޔަ ސަޕޯޓަރުން ފޫހިވެއްޖެ

27 ޖޫން 2026
ޓިޕް ދޭންޖެހޭލެއް ގިނަކަމުން ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިޔަ ސަޕޯޓަރުން ފޫހިވެއްޖެ
27 ޖޫން 2026

މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި

27 ޖޫން 2026
މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި
27 ޖޫން 2026

ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖޫން 2026
ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި
27 ޖޫން 2026

އުރުގުއޭ މުބާރާތުން ކެޓުން - "ވިހަ" މީހެއް ކަމަށް އަމިއްލަ އަށް ސިފަކުރި ހެޑް ކޯޗު ބުނީ މި މާޔޫސްކަމުގެ ޒިންމާ އުފުލަނީ އޭނާ ކަމަށް

27 ޖޫން 2026
އުރުގުއޭ މުބާރާތުން ކެޓުން - "ވިހަ" މީހެއް ކަމަށް އަމިއްލަ އަށް ސިފަކުރި ހެޑް ކޯޗު ބުނީ މި މާޔޫސްކަމުގެ ޒިންމާ އުފުލަނީ އޭނާ ކަމަށް
27 ޖޫން 2026

އުރުދުން އާޖެންޓިނާ މެޗުގައި މެސީ ފުރަތަމަ އިންނާނީ ބެންޗުގައި: ކޯޗު

27 ޖޫން 2026
އުރުދުން އާޖެންޓިނާ މެޗުގައި މެސީ ފުރަތަމަ އިންނާނީ ބެންޗުގައި: ކޯޗު
27 ޖޫން 2026

އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

27 ޖޫން 2026
އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި
27 ޖޫން 2026

އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި

27 ޖޫން 2026
އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި
26 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި

26 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި
26 ޖޫން 2026

ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި

26 ޖޫން 2026
ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު