Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި

ރަޝިޔާގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ތެލުގެ ދަތިކަން ކުރިމަތިވެފައިވާއިރު، މިއީ ސުލްހައަށް މަގުފަހިކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ޔޫކްރެއިންއިން ބުނޭ. މި ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް މިސައިލް ހަމަލާތަކެއް ދީފައި.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 11:48
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައި

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައި | އެކްސް

ޔޫކްރެއިންގެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިޔާގެ ތެޔޮ ސަޕްލައިއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ރަޝިޔާގެ ކްރަސްނޯޑާ އަދި ޔަރޮސްލާވް ސަރަހައްދުގައި ހުރި ދެ ތެޔޮ ރިފައިނަރީއަކަށް ރޭގަނޑުގެ ވަގުތެއްގައި ހަމަލާދީފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިންގެ ޑްރޯންތަކުން ރަޝިޔާގެ ދެ ތެޔޮ ރިފައިނަރީއަކަށް ރޭގަނޑު ދިން ހަމަލާތަކަށްފަހު، ރަޝިޔާއަށް ދޭ މިފަދަ ހަމަލާތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ޔޫކްރެއިންއިން ރަޝިޔާގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ބައެއް ސަރަހައްދުތަކުން ތެލުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު، އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަޝިޔާގެ ދެކުނުގެ ކްރަސްނޯޑާ ސަރަހައްދާއި ޔަރޮސްލާވް ސަރަހައްދުގައި ހުރި ތެޔޮ ރިފައިނަރީތަކުގައި ވަނީ އަލިފާން ރޯވެފަ އެވެ.

"މި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ރަޝިޔާއަށް އޮތް ގާބިލުކަން ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން ކުރިއަށްގެންދާ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްދާނެ. ދުރު ރާސްތާގެ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ހަނގުރާމަވެރި މެޝިނަރީއަށް ބޭނުންވާ ވަސީލަތްތައް މަދުވެ، މިއީ ސުލްހައާ ދިމާލަށް އެޅޭ އިތުރު ފިޔަވަޅެއް،" ޔޫކްރެއިންގެ ރައީސް ވިދާޅުވި އެވެ.

ކްރަސްނޯޑާގެ ގަވަރުނަރު ވެނިއަމިން ކޮންޑްރަޓިއޭވް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ހުންނަ ރިފައިނަރީގައި އަލިފާން ރޯވެފައިވާއިރު، ކައިރީގައި އޮތް އަވަށަކުން އެކަކު މަރުވެ، އިތުރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.

މީގެ އިތުރުން، ރަޝިޔާއިން ވެސް ވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި މަދުވެގެން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާތައް ދީފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް ބާރުއެޅުމުގެ ގޮތުން 40 ދުވަހުގެ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމެވުމަށްފަހު، ރަޝިޔާގެ ލީޑަރު ވްލަޑިމީރް ޕޫޓިން "ޔޫކްރެއިން އިން ބޭރުވުމަށާއި" "ސުލްހައަށްޓަކައި އެ ފިޔަވަޅު އެޅުމަށް" ރައީސް ޒެލެންސްކީ ގޮވާލައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި، 40 ދުވަހުގެ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އޭނާ ނިންމެވީ ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސްގެ އިސްވެރިޔާއާ މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މަސްދަރު: ރޮއިޓާސް

ޔޫކްރެއިން-ރަޝިޔާވުލޮޑިމިއަރ ޒެލެންސްކީވްލަޑިމިއަރ ޕުޓިން

އިތުރަށް ކިޔާލަން

26 ޖޫން 2026

ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް

26 ޖޫން 2026
ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް
25 ޖޫން 2026

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

25 ޖޫން 2026
ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި
21 ޖޫން 2026

ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ

21 ޖޫން 2026
ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ
18 ޖޫން 2026

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

18 ޖޫން 2026
ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި
16 ޖޫން 2026

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

16 ޖޫން 2026
ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި
15 ޖޫން 2026

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް
18 ފެބުރުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ
16 ފެބުރުއަރީ 2026

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް
05 ފެބުރުއަރީ 2026

ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި

05 ފެބުރުއަރީ 2026
ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި
05 ފެބުރުއަރީ 2026

ޔޫކްރެއިނުގެ 55،000 ސިފައިން ހަނގުރާމައިގައި މަރުވެއްޖެ: ޒެލެންސްކީ

05 ފެބުރުއަރީ 2026
ޔޫކްރެއިނުގެ 55،000 ސިފައިން ހަނގުރާމައިގައި މަރުވެއްޖެ: ޒެލެންސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު